Roadha Mihaaru

އާދިލް، ޓްރާންސްޕޯޓުން ހެލްތު މިނިސްޓްރީ އަށް

ރައްޔިތުން އެދޭ އަވަސްމިނުގައި ޚިދުމަތް ދިނުމުގެ ފުރުސަތު ޓްރާންސްޕޯޓް މިނިސްޓްރީން ލިބިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، ސްޓޭޓް މިނިސްޓަރު އަހްމަދު އާދިލް އެ މިނިސްޓްރީ ދޫކުރައްވައި ހެލްތު މިނިސްޓްރީ އަށް ބަދަލުވެވަަޑައިގެންފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އާދިލް ހެލްތު މިނިސްޓްރީ އަށް ބަދަލުކުރެއްވީ ވެސް ސްޓޭޓް މިނިސްޓަރު ފެންވަރުގަ އެވެ. ރަސްމީކޮށް ހެލްތު މިނިސްޓްރީ އަށް ނުކުމެވަޑައިގަންނަވަން ފެއްޓެވީ މިދިޔަ މަހުގެ ތެރޭގަ އެވެ.

އޭގެ ކުރިން، ވެންޓިލޭޓަރު މައްސަލައިގައި ހެލްތު މިނިސްޓްރީގެ ދެ ނައިބުން ސަސްޕެންޑްކުރުމާ އެކު ރައީސް އޮފީހުން އެދިގެން އޭރު މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާ އެކު އެ މިނިސްޓްރީގައި އާދިލް މަސައްކަތް ކުރެއްވި އެވެ.

އާދިލް މިއަދު ވިދާޅުވީ، ރައްޔިތުންގެ ތަކުލީފުތަކަށް ރަނގަޅު ބަދަލެއް ގެންނަން އެކަށީގެންވާ ފުރުސަތު ޓްރާންސްޕޯޓު މިނިސްޓްރީގައި ލިބިވަޑައިނުގަންނަވާ ކަމަށެވެ. އެކަމަކު، ހެލްތު މިނިސްޓްރީގައި މިހާރު ހުންނެވި މިނިސްޓަރު އަހުމަދު ނަސީމާ އެކު މަސައްކަތް ކުރައްވަން ފުރުސަތު ލިބިވަޑައިގަތުމަކީ އުފަލެއް ކަމަށް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި، އާދިލް ޓްރާންސްޕޯޓްގައި މަސައްކަތް ކުރެއްވިއިރު މިނިސްޓަރު އައިޝަތު ނަހުލާއާ ދެމެދު ހިޔާލުތަފާތުވުން ބޮޑެވެ.

އާދިލްއާ އެކު ހެލްތު މިނިސްޓްރީގައި މިހާރު ތިއްބަވަނީ ތިން ސްޓޭޓް މިނިސްޓަރުންނެވެ.