ޓޫރިޒަމަށް ތަރައްގީކުރަން އުޅެ އެކަން ކާމިޔާބު ނުވި ލ. ތުނބުރި، އެންމެ ފަހުން ދަނޑުވެރިކަމުގެ މަސައްކަތަށް ކުއްޔަށް ދޫކޮށްފި އެވެ.
21 ފެބުރުއަރީ 2023
ޓޫރިޒަމަށް ތަރައްގީކުރަން އުޅެ އެކަން ކާމިޔާބު ނުވި ލ. ތުނބުރި، އެންމެ ފަހުން ދަނޑުވެރިކަމުގެ މަސައްކަތަށް ކުއްޔަށް ދޫކޮށްފި އެވެ.
ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ނަސްރުﷲ ހަސަން "މިހާރު" އަށް މިއަދު ވިދާޅުވީ ދަނޑުވެރިކަމާ ގުޅޭ މަސައްކަތް ކުރުމަށް ހޯކްސް ކުންފުންޏަށް ނޮވެމްބަރު 21، 2022 ގައި ދިނީ ވާދަވެރި ބިޑިންއަކުން ކަމަށެވެ.
ތުނބުރި ހިމެނޭ ގޮތަށް ފަސް ރަށެއްގައި ދަނޑުވެރިކަން ކުރުމަށް މިނިސްޓްރީން އިއުލާނުކުރީ 2021 ވަނަ އަހަރު އެވެ.
ނަސްރުﷲ ވިދާޅުވީ 18 ހެކްޓަރުގެ އެ ރަށް 21 އަހަރަށް ކުއްޔަށް ދިނީ އަކަފޫޓަކަށް 10 ލާރިއަށް ކަމަށެވެ. މި ރޭޓުން ބަލައިފި ނަމަ ކުއްޔަކީ 12,908.81ރ. އެވެ.
އެ އަތޮޅު ކައުންސިލްގެ ރައީސް އިސްމާއިލް އަލީ ވިދާޅުވި ގޮތުގައި ތުނބުރީގައި ދަނޑުވެރިކަމާ ގުޅޭ މަސައްކަތް ކުރުމަށް އިކޮނޮމިކް ކައުންސިލުން ނިންމުމުން ފިޝަރީޒް މިނިސްޓްރީން އެ ކަމުގައި ކައުންސިލްގެ ލަފައަކަށް އެދުނު ކަމަށެވެ.
އެކަމުގައި އެއްވެސް އިއުތިރާޒެއް ނެތް ކަމަށް އެންގުމުން އެ ރަށް ކުއްޔަށް ދޭން ނިންމީ އެވެ.
ތުނބުރިއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަރުކާރުގެ ގެސްޓްހައުސް މަޝްރޫއު ނުވަތަ އިންޓަގްރޭޓެޑް ރިސޯޓު މަޝްރޫއު ހިންގަން އެންމެ ފުރަތަމަ ނިންމި ރަށެވެ. އެކަމަކު، އެމްއައިޓީޑީސީން ހިންގަން އުޅުނު މަޝްރޫއު ފަހުން ބަދަލުކުރީ ބަރެސްދޫއަށެވެ. އޭގެ ފަހުން ތުނބުރީގައި ވެސް އެއްވެސް މަސައްކަތެއް ނުކުރެ އެވެ.
އިސްމާއިލް ވިދާޅުވީ އެ ރަށްރަށުގައި ޓޫރިޒަމް ކުރި ނޭރުމަކީ މައްސަލައެއް ކަމަށެވެ. އެކަމަކު، އެ ރަށުގައި މަސައްކަތްކޮށް އާމްދަނީ ގޮތް ހެދުމަކީ ރަނގަޅު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ފަޅުރަށްތައް ކުއްޔަށް ދިނުން މަޑުޖައްސާލައިފި
ކެރެލާއިން ރާއްޖެއަށް 5،000 ރުއް ގެނެސްފި
ގަސްތަކަށް ޖެހޭ "ކަޅުކޫޑި ބަލި" އެންމެ ގިނައީ އުތުރުގައި
"ދިވެހި އަލަ" ނެތިދަނީ، ހައްލު އެފްރިކާއިން؟
ކާށިހުޅުދޫ އަތުލި މައްސަލާގައި ބަދަލު ދޭކަށް ނުޖެހުނު
ބ. މާއްޑޫ ދަނޑުވެރިކަމަށް ދޫނުކުރަން ނިންމައިފި
އާބަން ގާޑެނިން ޕްރޮގްރާމް އައިލެންޑާސް އިން ފަށައިފި
ދަނޑުވެރިކަމަށް ދޭ ރަށްތަކުގެ ޕްރީބިޑް މީޓިން ބާއްވަނީ
މާލޭގައި އާބަން ގާޑެނިން ކުރިއަށް ގެންދަން ތައްޔާރުވަނީ
ދަނޑުވެރިކަން ނުކުރާ ރަށްތައް އަތުލަން ހުށަހަޅައިފި