ކޮވިޑް-19އާ ގުޅިގެން ސުމަކަށް ދިޔަ ރާއްޖޭގެ ޓޫރިޒަމް ދިރި، މިހާރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދުވާލަކު އަންނަ ޓޫރިސްޓުންގެ އަދަދު 4،000 ހުރަސްކޮށްފި އެވެ.
15 ޑިސެމްބަރ 2020
ކޮވިޑް-19އާ ގުޅިގެން ސުމަކަށް ދިޔަ ރާއްޖޭގެ ޓޫރިޒަމް ދިރި، މިހާރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދުވާލަކު އަންނަ ޓޫރިސްޓުންގެ އަދަދު 4،000 ހުރަސްކޮށްފި އެވެ.
ވީއައިއޭގެ ދަތުރުތައް މިދިޔަ ހަފްތާއެއްހާ ދުވަހު 15 ޕަސެންޓަށް އިތުރުވެ، ރާއްޖެ އަންނަ ދަތުރުވެރިންގެ ނިސްބަތް ވަނީ 32 ޕަސެންޓް މައްޗަށް ގޮސްފަ އެވެ. މިހާރު މި އޮތީ ކޮވިޑްގެ ކުރިން ރާއްޖޭގެ ޓޫރިޒަމް އޮތް ހާލަށް އަޅާފައި ކަމަށް، ދާއިރާގެ މީހުން ބުނެ އެވެ.
މި އަހަރުގެ ފެބްރުއަރީގެ ފަހުން ފުރަތަމަ ފަހަރަށް ދުވާލަކު އައި ދަަތުރުވެރިންގެ އަދަދު 4،100 އަށް އެރީ މިދިޔަ ހޮނިިހިރު ދުވަހު އެވެ. ކުރިއަށް އޮތީ ވެސް އެހާ ބިޒީ ދުވަސްތަކެއް ކަމަށް، ޓޫރިޒަމް ދާއިރާގެ ފަރާތްތަކުން ލަފާކުރެ އެވެ.
ރާއްޖޭގައި މިހާރު ހުޅުވާފައިވާ ގިނަ ރިސޯޓުތައް މި މަހު ފަހު ހަފްތާއިން ޖެނުއަރީ މަހުގެ ނިޔަލަށް އުޅެނީ ފުލްކޮށެވެ. އެހެންކަމުން ކުރިއަށް އޮތީ އެއާލައިންތަކުގެ ދަތުރުތަކާއި އަންނަ ޓޫރިސްޓުންގެ ރެކޯޑް އަދަދުތައް ފެންނާނެ ދުވަސްތަކެއް ކަމަށް ލަފާކުރެވެ އެވެ.
ކޮވިޑްގެ ހާލަތުގެ ކުރިން އެއާޕޯޓްގެ އެންމެ ބާރު ބޮޑު ދުވަސްތަކުގައި އަންނަނީ 4،000-5،000އާ ދެމެދުގެ އަދަދެއްގެ ދަތުރުވެރިންނެވެ.
ބެލެވޭ ގޮތުގައި މި އަހަރު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ބައި މިލިއަނަށް، މި ހަފުތާގައި އަަރާނެ އެވެ.
ނުވަ ލައްކަ ޓޫރިސްޓުން، އެންމެ ގިނައީ ޗައިނާ މީހުން
އެއާޕޯޓު ބިޒީވުމުން އަލުން ދަތުރުތައް ވެސް ނުފެށިފައި!
މި އަހަރު އަދި ކޮވިޑަށް ޕޮޒިޓިވްވީ 160 ޓޫރިސްޓުން
ރާއްޖެއަށް އެންމެ ގިނަ ބަޔަކު އައީ އެމިރޭޓްސް އިން
540،000 ޓޫރިސްޓުން ގެނައުމުގެ ޓާގެޓް ހާސިލްވެއްޖެ
ޓޫރިސްޓުންގެ ނެގެޓިވް ޓެސްޓު އޮތްތޯ ބަލަން ފަށައިފި
ހަތަރު މަހަށް ފަހު ރާއްޖޭގެ ބޯޑަރު ހުޅުވާލައިފި
"ނިއު ނޯމަލް" އަށް އެއާޕޯޓް ތައްޔާރު: އެމްއޭސީއެލް
މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދު ދަށްވެއްޖެ
ކޮވިޑުގެ ކުރީގެ ހާލަތަށް ޓޫރިޒަމް ރުޖޫއަވެއްޖެ