މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ ތެރެއިން 160 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
05 ފެބުރުއަރީ 2021
މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ ތެރެއިން 160 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ބުދަ ދުވަހާ ހަމަޔަށް އައި ޓޫރިސްޓުންގެ ނިސްބަތުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 0.09 ޕަސެންޓު މީހުންނެވެ. މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 99،397 ޓޫރިސްޓުންނެވެ. އެހެންކަމުން، މިވަގުތު އެކްޓިވް ޕޮޒިޓިވް ކޭސްތަކުގެ ތެރޭގައި ކޮވިޑް ޖެހިފައިތިބި 90 ޓޫރިސްޓުން އެބަތިއްބެވެ. މި މުއްދަތުގައި ކޮވިޑަށް ޕޮޒިޓިވްވި ޓޫރިސްޓުންގެ ތެރެއިން 70 ޓޫރިސްޓުން މިހާރު ވަނީ ބަލިން ރަނގަޅުވެފަ އެވެ.
މިދިޔަ އަހަރު ޖުލައި މަހު ބޯޑަރު ހުޅުވާލި ފަހުން ނިސްބަތުން އެންމެ ގިނަ ޓޫރިސްޓުން ކޮވިޑަށް ޕޮޒިޓިވްވީ ސެޕްޓެމްބަރު މަހު އެވެ. އެ މަހު އައި 9،000 ޓޫރިސްޓުންގެ ތެރެއިން 34 ޓޫރިސްޓުން ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ. ނަމަވެސް މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އެއް މަހެއްގައި ޕޮޒިޓިވްވެފައިވަނީ މިދިޔަ ޖެނުއަރީ މަހު އެވެ. އެމަހު 73 ޓޫރިސްޓުން ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ. މިދިޔަ މަހު ރާއްޖެއަށް 92،000 ޓޫރިސްޓުން އައިސްފައިވެ އެވެ.
މިދިޔަ އަހަރު ފެށުނު އިރު ކުރިމަތިވި ކޮވިޑް ހާލަތާ ގުޅިގެން ރާއްޖޭގެ ބޯޑަރު ހަތަރު މަހެއްހާ ދުވަހަށް ފަހު ހުޅުވި އިރު ރާއްޖެވީ އެންމެ ފުރަތަމަ ބޯޑަރު ހުޅުވައިލި އެއް ގައުމަށެވެ. މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރީ ފަސް ލައްކަ ޓޫރިސްޓުންނެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު 1.5 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ގެނައުމަށެވެ.
ނުވަ ލައްކަ ޓޫރިސްޓުން، އެންމެ ގިނައީ ޗައިނާ މީހުން
އެއާޕޯޓު ބިޒީވުމުން އަލުން ދަތުރުތައް ވެސް ނުފެށިފައި!
ރާއްޖެއަށް އެންމެ ގިނަ ބަޔަކު އައީ އެމިރޭޓްސް އިން
540،000 ޓޫރިސްޓުން ގެނައުމުގެ ޓާގެޓް ހާސިލްވެއްޖެ
ދުވާލަކު އަންނަ ޓޫރިސްޓުންގެ އަދަދު 4،000 އަށް
ޓޫރިސްޓުންގެ ނެގެޓިވް ޓެސްޓު އޮތްތޯ ބަލަން ފަށައިފި
ހަތަރު މަހަށް ފަހު ރާއްޖޭގެ ބޯޑަރު ހުޅުވާލައިފި
"ނިއު ނޯމަލް" އަށް އެއާޕޯޓް ތައްޔާރު: އެމްއޭސީއެލް
މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދު ދަށްވެއްޖެ
ކޮވިޑުގެ ކުރީގެ ހާލަތަށް ޓޫރިޒަމް ރުޖޫއަވެއްޖެ