ސްރީ ލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުން، ދީނީ އިސްތިސްނާ އަށް ނުބަލައި އަންދަން ނިންމި މައްސަލަ އެންމެ ބޮޑަށް ހޫނުވީ މިދިޔަ ހަފުތާގައި އެންމެ 20 ދުވަހުގެ ފިރިހެން ކުއްޖަކު އަންދާލުމާ އެކުގަ އެވެ. މިއީ އެތައް ބަޔަކަށް ލިބުނު ބޮޑު ޝޮކެކެވެ. އެތައް އަހަރެއްގެ އުންމީދަށް ފަހު ލިބުނު ދަރިފުޅުގެ މަރުން ހިތްހަލާކުވި ދެމަފިރިންނަށް ދުވަހަކު ފިލައިނުދާނެ ވޭނަކަށްވީ އެ ތުއްތު ކުއްޖާ ދުނިޔެ ދޫކޮށް ދިޔަކަމުގެ ޚަބަރު ލިބި އެކަން ގަބޫލުކުރަން ވެސް ނޭނގި ތިއްބާ އެ ކުޑަކުޑަ ހަށިގަނޑު އަންދާލައި އަޅިކޮޅު ހަވާލުކުރުމުންނެވެ.
16 ޑިސެމްބަރ 2020
ސްރީ ލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުން، ދީނީ އިސްތިސްނާ އަށް ނުބަލައި އަންދަން ނިންމި މައްސަލަ އެންމެ ބޮޑަށް ހޫނުވީ މިދިޔަ ހަފުތާގައި އެންމެ 20 ދުވަހުގެ ފިރިހެން ކުއްޖަކު އަންދާލުމާ އެކުގަ އެވެ. މިއީ އެތައް ބަޔަކަށް ލިބުނު ބޮޑު ޝޮކެކެވެ. އެތައް އަހަރެއްގެ އުންމީދަށް ފަހު ލިބުނު ދަރިފުޅުގެ މަރުން ހިތްހަލާކުވި ދެމަފިރިންނަށް ދުވަހަކު ފިލައިނުދާނެ ވޭނަކަށްވީ އެ ތުއްތު ކުއްޖާ ދުނިޔެ ދޫކޮށް ދިޔަކަމުގެ ޚަބަރު ލިބި އެކަން ގަބޫލުކުރަން ވެސް ނޭނގި ތިއްބާ އެ ކުޑަކުޑަ ހަށިގަނޑު އަންދާލައި އަޅިކޮޅު ހަވާލުކުރުމުންނެވެ.
ކުއްޖާގެ ބައްޕަ އެން.އެފް.އެމް ފަހީމް މި ވާހަކަ ދަ ހިންދޫ އަށް ހިއްސާކުރި އެވެ.
އުމުރުން 38 އަހަރުގެ ފަހީމާއި އޭނާގެ އަނބިމީހާ އަށް، ހަ އަހަރު ފަހުން ލިބުނު ދަރިފުޅާ އެކު ތިބީ އުުފަލުން ފޮޅިފަ އެވެ. އެކަމަކު އެންމެ ގާތުގައި ތިބެން ބޭނުންވި ވަގުތު ކުއްޖާ އާއިލާއާ ވަކިކޮށްލައިގެން ގެންދިޔައީ ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުންނެވެ. އަދި މި މަހުގެ 8 ވަނަ ދުވަހު، ކުއްޖާގެ އުމުރުން އެންމެ 20 ދުވަހުގައި ދަރިފުޅު ކޮވިޑްގެ ޝިކާރައަކަށްވެ ވަކިވެ ދިޔައީ އެވެ.
ދަރިފުޅު އަންދާލުމަށް ފަހު އަޅިކޮޅު ހަވާލުކުރީ، ދަރިފުޅުގެ މަރުގެ ޚަބަރު ހޮސްޕިޓަލުން ދިނުމުން ލިބުނު ކުއްލި ހިތާމައިގެ ތެރޭގައި ތިއްބަ އެވެ. މަރުވިކަން އެންގުމާ އެކު ލިބުނީ ކުއްޖާގެ އަޅިކޮޅެވެ.
"އެ އަޅިކޮޅާ ހަވާލުވާނެ ހިތްވަރެއް ނުލިބުނު. އުމުރުން އެންމެ 20 ދުވަހުގައި ދަރިފުޅު ބީވެގެން ދިއުމުން ލިބުނު ޝޮކެއްގައި ތިއްބާ، އަހަރެމެންގެ ދީނީ އުސޫލުތަކާ ވެސް ޚިލާފަށް ދަރިފުޅު އަންދާލީ. އެއީ އަހަރެމެންގެ ހިތަށް ކެތްވާ ވަރުގެ ކަމެއް ނޫން،" މި ހިސާބުން ފަހީމަށް ރޮވި ވާހަކަ ހުއްޓުނެވެ.
ދަރިފުޅު އެންމެ ފަހުން ފެނުނީ މި މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ހޮސްޕިޓަލުންނެވެ. ސަރުކާރުން ހިންގާ ކުޑަކުދިންގެ ހޮސްޕިޓަލަށް އެ ރޭ ދަރިފުޅު ގެންދިޔައީ ނޭފަތް ބެދި، ރޯގާގެ އަލާމާތް މާ ބޮޑަށް ފެންނާތީ އެވެ. އަނެއް ދުވަހު ލިބުނީ ދަރިފުޅުގެ އަޅިކޮޅެވެ.
ކޮވިޑް ޖެހޭ މީހުން އަންދަން ލަންކާ އިން ނިންމާފައިވަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކައަކާ މަތިކޮށްފަ އެވެ. ބުޑިސްޓުން އަންދާ ގޮތަށް މުސްލިމުންނާއި ކްރިސްޓިއަނުން ވެސް އަންދަމުން ދަނީ އެ މީހުންގެ ދީނީ އުސޫލުތަކާ ހިލާފަށް، މަޖުބޫރުކޮށްގެންނެވެ. ލަންކާގައި ބުނަމުން އަންނަނީ ކޮވިޑް ޖެހިގެން މަރުވާ މީހުން ވަޅުލުމުން ފެނުގެ ތެރެއަށް ކޮވިޑްގެ ވައިރަސް ދާނެ ކަމަށެވެ. އެކަަމަކު ވައިރޮލޮޖިސްޓުން ވިދާޅުވަނީ ކޮވިޑަކީ ވައިރަހަކުން ޖެހޭ ބައްޔަކަށް ވާއިރު، އިންސާނަކު މަރުވުމާ އެކު ވައިރަސް އަށް ހަށިގަނޑުގައި ދިރިނޫޅެވޭނެ ކަމަށެވެ. މިގޮތަށް ވެލީގެ ތެރެއިން ގޮސް ފެނާ އެކުވަނީ ބެކްޓީރިއާ އެވެ. ވައިރަހެއް ނޫނެވެ.
"އެ މީހުން ތަކުރާރުކޮށް ބުނީ މަރުވާތާ 24 ގަޑިއިރު ތެރޭ އަންދާލަން ޖެހޭނެ ކަމަށް،" ފަހީމް ކިޔައިދީފައިވެ އެވެ.
ސްރީ ލަންކާ އިން މާޗް މަހު ކޮވިޑް ފެނުނު އިރު ވެސް ޑަބްލިޔުއެޗްއޯ އިން ބުނަމުން އަންނަނީ ކޮވިޑްގައި މަރުވާ މީހުން ވަޅުލިޔަސް އަންދާލިޔަސް މައްސަލައެއް ނެތް ކަމަށެވެ. އެކަމަކު ލަންކާ އިން ބުނަނީ ޖެހޭނީ އަންދާލަން ކަމަށާއި ވަޅުލުމަށް ވައިރަސް އިތުރަށް ފެތުރޭނެ ކަމަށެވެ. ހަށިގަނޑުތައް އަންދާ މައްސަލަ ހޫނުވެފައި ވަނިކޮށް، މުސްލިމުންގެ ހަށިތައް ރާއްޖޭގައި ވަޅުމުގެ އިންތިޒާމެއް ހަމަޖައްސައިދޭން ލަންކާ އިން އެދުމާ އެކު ލަންކާ މީހުންގެ ރުޅި ވަނީ އިތުރަށް ގަދަވެފަ އެވެ. އެ މީހުން ބުނަމުން އަންނަނީ އުޅެ ބޮޑުވެ އެ ބިމަކަށްޓަކައި އެތައް ގުރުބާނީއެއްވި ބިމުގައި މަރުވުމުން އެ ބިމުގައި އެ މީހެއްގެ ދީނީ ހަމަތަކާ އެއްގޮތަށް ހަށިގަނޑާ މެދު އަމަލުކުރުމުގެ ހައްގު ކޮންމެ ދީނެއްގެ މީހަކަށް ވެސް އޮންނާނެ ކަމަށެވެ. އެ ހައްގު ނުދީ އެހެން ގައުމަކަށް ހަށިތައް ފޮނުވައިގެން ވަޅުލުމަކީ ވެސް ޖެއްސުމެއް ކަމަށް ލަންކާ މީހުން އަންނަނީ ބުނަމުންނެވެ.
ސްރީ ލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވި މީހެއްގެ ހަށިގަނޑު އެމްބިއުލާންސަކުން ބާލަނީ
ލަންކާގެ 21 މިލިއަނުގެ އާބާދީގެ އެންމެ 10 ޕަސެންޓް ހިއްސާކުރާ މުސްލިމުން އަންނަނީ، ކޮވިޑްގައި މަރުވުމުން އަންދާލަން ކަނޑައަޅާފައިވާ ސިޔާސަތު ބަދަލުކުރުމަށް އެދި އާދޭސްކުރަމުންނެވެ. އިސްލާމީ އުސޫލުތާ އެއްގޮތަށް ޖަނާޒާ ބޭއްވުމުގެ ފުރުސަތު ދޭން މުސްލިމުން އެދުނަސް ލަންކާ ސަރުކާރުން އެކަމަށް އެއްބަސް ނުވެ، އެންމެ ކުރިން ފެށިގެން ވެސް އަންނަނީ ހަށިގަނޑުތައް އަންދަމުންނެވެ. ސިޔާސީ އިދިކޮޅު ފަރާތްތަކާއި އެކްޓިވިސްޓުން ގުޅިގެން މި މައްސަލަ ސުޕްރީމް ކޯޓަށް ވެސް ހުށަހެޅި އެވެ. އެކަމަކު މި މަހުގެ ފުރަތަމަ ދުވަހު އެ ހުށަހެޅުން ވެސް ކޯޓުން ބޭރުކޮށްލީ އެވެ.
އެ އަޅިކޮޅާ ހަވާލުވާނެ ހިތްވަރެއް ނުލިބުނު. އުމުރުން އެންމެ 20 ދުވަހުގައި ދަރިފުޅު ބީވެގެން ދިއުމުން ލިބުނު ޝޮކެއްގައި ތިއްބާ، އަހަރެމެންގެ ދީނީ އުސޫލުތަކާ ވެސް ޚިލާފަށް ދަރިފުޅު އަންދާލީ. އެއީ އަހަރެމެންގެ ހިތަށް ކެތްވާ ވަރުގެ ކަމެއް ނޫން: ކުއްޖާގެ ބައްޕަ
ސްރީ ލަންކަން މުސްލިމް ކޮންގްރެސްގެ ލީޑަރު އަދި ގާނޫނު އަދާ މަޖިލީހުގެ އިދިކޮޅު މެންބަރެއް ކަމަށްވާ ރައޫފް ހަކީމް ވިދާޅުވީ ލަންކާގައި މިހާރު އޮތީ އަންނަ އޮތް ޖީލުތަކުން ވެސް ކަރުނައަޅާނެ ހާލަތެއް ކަމަށެވެ. ލަންކާގެ ވަރަށް ގިނަ ބަޔަކު ދެކޭ ގޮތުގައި ކޮވިޑްގައި މަރުވާ މީހުން އަންދަން މަޖުބޫރުކުރުމަކީ ލަންކާ ސަރުކާރުން ސީދާ މުސްލިމުންނަށް އަމާޒުކޮށް ހެދި އުސޫލެކެވެ. ޔުނިވާސިޓީ އޮފް ކޮލަމްބޯގެ ޑިޕާޓްމަންޓް އޮފް ސައިކޮލޮޖީގެ ޕްރޮފެސަރު ފަރްޒާނާ ހަނީފާ ދަ ހިންދޫ އަށް ވިދާޅުވީ ގޮތަބަޔަ ރާޖަޕްސަގެ ސަރުކާރުގެ އަސާސީ ސިފަތަކުގެ ތެރޭގައި މުސްލިމުންނަކީ ނުރައްކާތެރި ބައެއް ކަމަށް ދެއްކުން ހިމެނޭ ކަމަށެވެ.
"މަރުވާ މުސްލިމުން ވަޅުލުމުގެ ހައްގުން މަހުރޫމް ކުރުމަކީ ސަރުކާރުގެ މި ބުނި ސިޔާސަތުގެ ބައެއް،" "މިހާ ބާރުގަދަ އަދި ޒިންމާތައް އޮތް ސަރުކާރަކަށް މި ނޫން ގޮތަކަށް ކަންތައް ކުރަން ނުފެނުމަކީ ދެރަ ކަމެއް،" ދަ ހިންދޫ އަށް ޕްރޮފެސަރު ވިދާޅުވެފައިވެ އެވެ.
ތުއްތު ކުއްޖާ އަންދާލި މައްސަލާގައި އައި ރުޅީގައި މުސްލިމުންނާއި އެހެން ދީންތަކުގެ މީހުން ވެސް ވަނީ ގަބުރުސްތާނު ބޭރު ގޭޓު ދަގަނޑުތަކުގައި ހުދު ފޮތި އައްސައި، އަންދާލާ މީހުންގެ އާއިލާތަކާ އެކު ތިބިކަން އަންގައިދިނުމުގެ ހިމޭން ހަޅުތާލެއް ފަށައިފަ އެވެ. އެކަމަކު މި އެއްސި ފޮތިތައް ވެސް ފުލުހުން ވަނީ ނަގައިފަ އެވެ.
ކުއްޖާގެ ބައްޕަ ބުނީ ރިކްޝޯ ދުއްވައިގެން ލިބޭ ކުޑަ ފައިސާކޮޅުން ދިރިއުޅުމުގެ ޚަރަދުތައް ކިރިޔާ ހަމަޖެހޭ ވަރު ވެގެން އުޅުނަސް ހަ އަހަރު ފަހުން ލިބުނު ދަރިފުޅާ އެކު ލިބުނީ ބޮޑު އުފަލެއް ކަމަށެވެ. އެކަމަކު އެ އުފާ، ބަޔާން ނުވެވޭހާ ބޮޑު ހިތާމައަކަށް ބަދަލުވުން ދަރިފުޅުގެ ވާހަކަ ދައްކަން ފަސޭހަ ނޫން ކަމަށް ބުންޏެވެ. އެކަމަކު އޭނާ ހުރީ އޭނާގެ ދަރިފުޅަށް ވީ ގޮތް އެހެން މީހެއްގެ ދަރިއަކަށް ވިޔަ ނުދިނުމުގެ ވެސް އަޒުމުގަ އެވެ.
އިސްލާމް ދީނަށް ފުރައްސާރަކުރި ލަންކާގެ ހާމުދުރު ޖަލަށް
ލަންކާ/މެލޭޝިއާގައި ދިވެއްސާއި އިސްލާމް އަލުން ފަށަނީ
ގުރްއާން އަންދާއިރު އދ. ހަނު އޮންނަނީ ކީއްވެ؟
ލަންކާ ސްކޫލްތަކުން އިސްލާމް ފޮތްތައް ނަގައިފި
ލަންކާ މުސްލިމުންގެ ޖަނާޒާ ރާއްޖޭގައި: އެހީވުމެއްތަ؟
ރޯދަ ހިފުމުން ލިބޭ ނަފްސާނީ ސިއްހަތުގެ ފައިދާ ހޯދަމާ
އަންހެނުން ފަނޑިޔާރުކަން ކުރުމަކީ މަނާ ކަމެއްތަ؟
ވީ ކޮންމެ ތަނެއްގައި މާތް ﷲ އަށް ތަގުވާވެރިވުން
ވީ ކޮންމެ ތަނެއްގައި މާތް ﷲ އަށް ތަގުވާވެރިވުން
ރޯދަމަހާއެކު، ނަފުސު ކޮންޓްރޯލްކޮށް، މީހާ ތަރުތީބުވޭ