މާސޭ (ޑިސެމްބަރު 19) - ފްރާންސް ލީގުގެ މެޗަކަށް އެ ގައުމުގެ ލާ ޕްރޮވެންސްގެ ނޫސްވެރިއަކަށް އޮލިމްޕިކް މާސޭގެ ކޯޗު އަންދްރޭ ވިލަސް ބޮއަސް އިންޒާރުދިން ކަމަށް ބުނާ މައްސަލައިގައި ނޫސްވެރިޔާ ކިބައިން އޭނާ މައާފަށް އެދިއްޖެ އެވެ.
މާސޭ (ޑިސެމްބަރު 19) - ފްރާންސް ލީގުގެ މެޗަކަށް އެ ގައުމުގެ ލާ ޕްރޮވެންސްގެ ނޫސްވެރިއަކަށް އޮލިމްޕިކް މާސޭގެ ކޯޗު އަންދްރޭ ވިލަސް ބޮއަސް އިންޒާރުދިން ކަމަށް ބުނާ މައްސަލައިގައި ނޫސްވެރިޔާ ކިބައިން އޭނާ މައާފަށް އެދިއްޖެ އެވެ.
މިދިޔަ ބުދަ ދުވަހުގެރޭ ރެނެސް އަތުން 2-1 މާސޭ ބަލިވި މެޗަށް ފަހު މާސޭ ސަރަހައްދަށް ނިސްބަތްވާ ލާ ޕްރޮވެންސްގެ ނޫސްވެރިއަކު ގައިގައި އަތްލައި އޭނާ އަށް އިންޒާރުދިން ކަމަށް މަންޒަރު ދުށް އެހެން ނޫސްވެރިން ވަނީ ރިޕޯޓްކޮށްފަ އެވެ. އެ މައްސަލައިގައި ލާ ޕްރޮވެންސް އިން ވެސް ވަނީ އެ ނޫހުގައި ވިލަސް ބޮއަސްގެ އެ އަމަލު ކުށްވެރިކޮށް ބޮޑު ރިޕޯޓެއް ޖަހައިފަ އެވެ.
ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ނޫސްވެރިޔާ އާއި ވިލަސް ބޮއަސް ދެމެދުގައި ބަހުގެ ހަމަލާ ބަދަލުކުރަމުންދިޔައިރު، ވިލަސް ބޮއަސް ވަނީ ނޫސްވެރިޔާ އަށް ހަމަލާދޭނެ މޭރުމަކުން ވާހަކަ ދައްކައިފަ އެވެ. އަދި ޕޯޗުގީސް ބަހުން ނޫސްވެރިޔާއާ ދިމާލަށް ބޭއަދަބީ ބަސްތައް ބޭނުންކޮށް ވާހަކަ ދައްކާފައިވާއިރު، ވިލަސް ބޮއަަސް ދުރުކުރީ އޭނާގެ ކޯޗިން ޓީމުގެ މެމްބަރެއް ކަމަށްވާ ރިކާޑޯ ކަވާލިއޯ އެވެ.
ކުރިން ޕޯޓޯ އާއި ޗެލްސީ އަދި ޓޮޓެންހަމަށް ކޯޗުކޮށްދިން ވިލަސް ބޮއަސް ވަނީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުުމެއްގައި އެ ނޫސްވެރިޔާ ކިބައިން މައާފަށް އެދިފަ އެވެ.
"އަހަރެން އަމިއްލަ ނަފްސާ މެދު ހިތާމަކުރާ ވަރުގެ ކަމެއް ކުރެވުނީ. އަހަންނަށް އުޅެވުނު ގޮތް ރަނގަޅެއް ނޫން. އަހަރެން އެކަމަށް މައާފަށް އެދެން،" ވިލަސް ބޮއަސް ބުންޏެވެ.
އުމުރުން 43 އަހަރުގެ ވިލަސް ބޮއަސް ބުނީ ނޫސްވެރިޔާއާ ދެމެދު އެ މައްސަލަތައް ޖެހެން މެދުވެރިވި ސަބަބާ މެދު އަދިވެސް ހިތްހަމަނުޖެހުންތަކެއް އެބަހުރި ކަމަށެވެ. ވިލަސް ބޮއަސް ބުނީ ނޫސްވެރިން އޭނާގެ މަސައްކަތަށް ފާޑުކިޔަސް މައްސަލައެއް ނެތް ކަމަށާއި އެހެން ނަމަވެސް ނޫސްވެރިކަމުގެ މިނިވަންކަމަކީ ޕްރޮފެޝަނަލް އުސޫލުން ބޭރުން ޒާތީ ގޮތުން ދިމާކޮށްލުން ކަމަށް ނުވާނެ ކަމަށެވެ.
ވިލަސް ބޮއަސްގެ އޭޖެންޓް ޕޯޗުގީސް ރޭޑިއޯ އަކަށް ދިން އިންޓަވިއުއެއްގައި ބުނީ ލާ ޕްރޮވެންސްގެ ނޫސްވެރިޔާ އަންނަނީ ވިލަސް ބޮއަސް އަށް ނިސްބަތްކޮށް ތަފާތު ހަގީގަތާ ހިލާފު ވާހަކަތަކެއް ފަތުރަމުންނެވެ. އެ ގޮތުން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން މާސޭ ކެޓުމުން ވެސް ވިލަސް ބޮއަސް ވަނީ އެއީ މާ ބޮޑު ކަމަކަށް ނުހަދާ ޕާޓީކޮށްފައި ކަމަށް ބުނެ އެ ނޫސްވެރިޔާ ވަނީ އެހެން ނޫހަކަށް މައުލޫމާތު ދީފައިވާ ކަމަށް އޭޖެންޓް އެވެ.
ބޭނުންނުވާ ކުޅުންތެރިއަކު ގެނައުމުން ކޯޗު އިސްތިއުފާދީފި
ލިޔޯންގެ ބަހަށް ގާއުކައި ކޯޗު ޒަހަމްކޮށްލައިފި
މެސީ ނުލައި ޕީއެސްޖީ އެއްވަރު، ރާމޯސް އަށް ރަތެއް
މެސީގެ ލަނޑުން ލިޔޯން ބަލިކޮށް ޕީއެސްޖީ ލީޑު ނަގައިފި
ސަޕޯޓަރުންގެ ހަމަނުޖެހުމާހެދި މާސޭއިން މެޗުކުޅެން ދެކޮޅު
ޕީއެސްޖީއާ އެކު ޕޮޗެޓީނޯ ފުރަތަމަ ތަށި އުފުލާލައިފި
ނޭމާގެ ދިފާއުގައި ޕީއެސްޖީ ތެދުވެއްޖެ
ނޭމާ ހިމެނޭ ގޮތަށް ފަސް ރަތް ކާޑު ދައްކައިފި
"ޕްރިމިއާ ލީގަށް އެނބުރި ދިއުމުގެ ވިސްނުމެއް ނެތް"
މޮނާކޯ ފޯވާޑްގެ ބޫޓު ގޮސް އެރީ ޑޮނަރުއްމާގެ މޫނަށް