Roadha Mihaaru
ޕީއެސްޖީއާ އެކު ޕޮޗެޓީނޯ ފުރަތަމަ ތަށި އުފުލާލައިފި

ޕީއެސްޖީއާ އެކު ޕޮޗެޓީނޯ ފުރަތަމަ ތަށި އުފުލާލައިފި

14 ޖެނުއަރީ 2021

ޕެރިސް (ޖެނުއަރީ 14) - ފްރެންޗް ސުޕަ ކަޕްގައި ރޭ މާސޭ އަތުން 2-1 އިން ޕީއެސްޖީ މޮޅުވި މެޗާ އެކު ދާދި ފަހުން އެޓީމާ ގުޅުނު ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ކޯޗިން ކެރިއަރުގައި ފުރަތަމަ ތަށި އުފުލާލައިފި އެވެ.

ޕެރިސް (ޖެނުއަރީ 14) - ފްރެންޗް ސުޕަ ކަޕްގައި ރޭ މާސޭ އަތުން 2-1 އިން ޕީއެސްޖީ މޮޅުވި މެޗާ އެކު ދާދި ފަހުން އެޓީމާ ގުޅުނު ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ކޯޗިން ކެރިއަރުގައި ފުރަތަމަ ތަށި އުފުލާލައިފި އެވެ.

މީގެ ކުރިން އެސްޕަންޔޯލާއި ސައުތެމްޓަން އަދި ޓޮޓެންހަމަށް ކޯޗުކޮށްދިން ޕޮޗެޓީނޯ ކޯޗިން ކެރިއަރުގައި ކުޅުނީ ދެ ފައިނަލުގަ އެވެ. ލީގު ކަޕް ފައިނަލްގައި 2015 ވަނަ އަހަރު ބަލިވިއިރު، 2019 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލުން ވީ ބައްޔެވެ. މީގެ 11 ވަރަކަށް ދުވަސްކުރިން ޕީއެސްޖީގެ ކޯޗުކަމާ ހަވާލުވި ޕޮޗެޓީނޯ ޕީއެސްޖީއާ ހަވާލުވުމުގެ އެއް ބޭނުމަކީ ވެސް ކާމިޔާބީތަކެއް ތަޖުރިބާކުރަން ބޭނުންވުމެވެ.

"މިއީ އަދި ފެށުމެއް. ޕީއެސްޖީއާ އެކު އަހަރެން ކާމިޔާބީގެ ގިނަ ތަޖުރިބާތަކެއް ކުރަން ބޭނުން. ކުޅުންތެރިއެއްގެ ގޮތުގައި ކުރި މަސައްކަތަށް ވުރެ ކޯޗެއްގެ ގޮތުގައި ބޭނުންވާ ގިނަ ކަންކަން އެބަހުރި،" ރޭގެ މެޗަށް ފަހު ޕޮޗެޓީނޯ ބުންޏެވެ.

ޕޮޗެޓީނޯ ބުނީ އޭނާ ބޭނުންވާ ގޮތަށް ފުރަތަމަ ހާފުގައި ކުޅެވުނު ކަމަށާއި އެކަމަކު ދެ ވަނަ ހާފުގައި ކޮންމެވެސް ވަރަކަށް ޕްރެޝަރު ބޮޑުވެ އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުނު ކަމަށެވެ.

ޕޮޗެޓީނޯ މެޗެއްގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ޕޮޗެޓީނޯ މެޗެއްގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީ އަށް ލީޑުނަގައިދިނީ އާޖެންޓީނާގެ ފޯވާޑް މައުރޯ އިކާޑީ އެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅަ އިކާޑީ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. މާސޭ އިން ނަތީޖާ ހަމަހަމަކުރަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ޕީއެސްޖީން ދިޔައީ އެ ހަމަލާތައް ހުއްޓުވަމުންނެވެ.

ޕީއެސްޖީން ލީޑުފުޅާކުރީ މެޗުގެ 86 ވަނަ މިނިޓްގައި ނޭމާ ކާމިޔާުބުކުރި ޕެނަލްޓީންނެވެ. މިއީ އިކާޑީ އަށް މާސޭގެ ކުޅުންތެރިން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. ޕޮޗެޓީނޯ ހަވާލުވި ފަހުން މީގެ ކުރިން ކުޅުނު ދެ މެޗުގައި އަނިޔާގެ ސަބަބުން ނޭމާ ނުކުޅެ އެވެ. ޑިސެމްބަރު މަހު ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން ނޭމާ ފާއިތުވި ހަފްތާތަކުގައި ހުރީ ކުޅުމާ ދުރުގަ އެވެ.

މެޗުގެ ފަހު މިނިޓްގައި ޑިމިޓްރީ ޕަޔެޓް ޖެހި ގޯލުން މާސޭ އަށް އުއްމީދެއް ލިބުނު ނަމަވެސް ފަހުން އިތުރު ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.