މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގައި ހިންގި އަށް މިލިއަން ރުފިޔާގެ ވައްކަމުގައި އެފްއެސްއެމްގެ އިތުރު މުވައްޒަފުންތަކެއްގެ ބައިވެރިވުން ހިމެނޭ ކަމުގެ ތުހުމަތުކޮށް ސަސްޕެންޑްކޮށްފި އެވެ.
20 ޑިސެމްބަރ 2020
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގައި ހިންގި އަށް މިލިއަން ރުފިޔާގެ ވައްކަމުގައި އެފްއެސްއެމްގެ އިތުރު މުވައްޒަފުންތަކެއްގެ ބައިވެރިވުން ހިމެނޭ ކަމުގެ ތުހުމަތުކޮށް ސަސްޕެންޑްކޮށްފި އެވެ.
ކޮވިޑް-19އާ ހެދި ޚަރަދުކުޑަކުރަން އެމްޕީއެލްގެ އޮޕަރޭޝަންސްތައް މަޑުޖައްސާލާފައި ވަނިކޮށް ހިންގި ވައްކަމުގައި ކުރިން ސަސްޕެންޑްކުރީ އެފްއެސްއެމްގެ ބައުޒަރު ދުއްވާ މީހެކެވެ.
އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ރާއްޖެ ޓީވީގައި ރޭ ވިދާޅުވީ އެމްޕީއެލްގެ ތެލުގެ ވައްކަމުގައި އެ ކުންފުނީގެ އިތުރު ފަސް މުވައްޒަފަކު ސަސްޕެންޑްކުރީ އިންޓާނަލް އޮޑިޓުން ތުހުމަތުތަކެއް ކުރެވުމުން ކަމަށެވެ. ސީނިއާ މެނޭޖްމަންޓުގެ އެއްވެސް މުވައްޒަފެއްގެ ބައިވެރިވުން އޮތް ކަމަށް މިހާތަނަށް ނުބެލެވޭ ކަމަށާއި ސަސްޕެންޑްކުރި އެންމެންނަކީ ވެސް ބައުޒަރު ދުއްވާ ޑިޕާޓްމެންޓަށް ނިސްބަތްވާ މީހުން ކަމަށް ވިދާޅުވި އެވެ.
"އޮޑިޓުން އަޅުގަނޑުމެންނަށް ފާހަގަވާ ހެކިތައް އެބަހުރި، ހުރިހާ މައުލޫމާތެއް މިދަނީ ފުލުހުންނާ ހިއްސާކުރަމުން،" ގަސަމް ވިދާޅުވި އެވެ.
އޭނާ ރޭ ވެސް ވިދާޅުވި ގޮތުގައި އެމްޕީއެލަށް ތެޔޮ ހޯދުމުގައި ކުރި ވައްކަމަކީ ޒަމާނުއްސުރެން ހިނގަމުން އައި ކަމެއް ކަމަށް ބެލެވެ އެވެ. އެކަން ފަޅާއެރީ، ކޮވިޑާ ގުޅިގެން ޚަރަދުތައް ކުޑަކޮށްފައި އޮތް ތިން މަހު އާދަޔާޚިލާފަށް ބޮޑުވުމުންކަން އޭނާ ވެސް ފާހަގަކުރެއްވި އެވެ.
ވައްކަން ފަޅާއެރީ، އޮޕަރޭޝަންސްތައް މަޑުޖައްސާފައި ވަނިކޮށް މާގިނައިން ތެޔޮ ބޭނުންކުރި ކަމަށް ރިޕޯޓްތަކުން ފެންނަން އޮތުމުން ޝައްކުވެގެން ބެލުމުން ކަމަށް އެމްޕީއެލް އިން ވެސް ވަނީ ބުނެފަ އެވެ.
ތެލުގެ ވައްކަމާ ގުޅިގެން އެމްޕީއެލް އިން ފިޔަވަޅު އެޅީ އެތަނުގެ ޕްރޮކިއުމެންޓުގެ ތިން މުވައްޒަފަކަށެވެ. އެ ވައްކަން ކުރީ ޑޮކިއުމެންޓްތައް ފޯޖު ކޮށްގެން ކަމަށާއި އެމްޕީއެލަށް ނުލިބޭ ތެލަށް ވެސް ބިލް ހަދާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. މިކަމަށް އެއް މުވައްޒަފަކު ފުރަތަމަ އެއްބަސްވި ނަމަވެސް ފަހުން ވާހަކަ ބަދަލުކޮށް، ތުހުމަތުތަކަށް ވަނީ އިންކާރުކޮށްފަ އެވެ.
މި މައްސަލައިގެ ކުރިން ވެސް އެމްޕީއެލުން ތެލުގެ ވިޔަފާރީގެ މުއާމާލާތުގައި ހިޔާނާތް ހިންގާފައިވާ ކަމުގެ ތުހުމަތުކުރި އެވެ. އެއް މައްސަލައަކީ މެރީޑިއަމުން އެމްޕީއެލަށް ތެޔޮ ސަޕްލައިކޮށްދޭ ވަރަށް ވުރެ އެތައް ގުނަ އިތުރަށް ބިލް ހަދައި އޮޅުވާލައިގެން ފައިސާ ހޯދި ކަމުގެ ތުހުމަތެވެ. އެ މައްސަލައިގައި ތުހުމަތު ކުރީ އެމްޕީއެލް އަށް މަހަކު 60،000 ލީޓަރުގެ ތެޔޮ ވިއްކަން އެއްބަސްވެފައި ވަނިކޮށް، މެރީޑިއަމުން މަހަކު 160،000 ލިޓަރުގެ ތެޔޮ ވިއްކާ ކަމަށް އެމްޕީއެލަށް ބިލް ކުރުމެވެ. މި ތުހުމަތު މެރީޑިއަމުން ދޮގުކޮށްފައި އޮތަސް އޭސީސީން ވެސް މައްސަލަ ބެލި އެވެ.
އެފްއެސްއެމްގެ މުވައްޒަފަށް ފިޔަވަޅު އަޅައިފި
2018 އިން ފެށިގެން ދިޔައީ ތެލުގެ ވައްކަން ކުރަމުން
ޚިޔާނާތުގެ ތުހުމަތުވާ ގިނަ ބަޔަކު ވަކިކުރި: ގަސަމް
އެމްޕީއެލް ތެލުގެ ބޮޑު ވައްކަން ފަޅާއެރީ ކޮވިޑާ ހެދި!
ދެ ކޮންޓޭނަރުން ކަސްޓަމްސްގައި އިތުރު ލައްގަނޑެއް!
ޕީސީއާރު ޓެސްޓް ކޮރަޕްޝަންގެ މައްސަލަ އަލުން ތަހުގީގަށް
ޕޮލްކޯގެ ސީއީއޯ އަނީސް މަގާމުން ވަކިކުރަން ހުށަހަޅައިފި
ޕޮލްކޯއިން ގެނައި 24 ވެހިކަލަށް 3.8 މިލިއަން ހޭދަކުރި
ޕޮލްކޯ އަށް އޭސީސީން ވަދެ ލިޔެކިޔުންތައް ގެންދަނީ!
ކޮރަޕްޝަނަށް ތުހުމަތުވާ ފުލުހުންގެ މަގާމާ މެދު ސުވާލެއް