Roadha Mihaaru
ވެލިގާގެ "އާ ފެށުމަކަށް" އެއް ލައްކަ ރުފިޔާ

ވެލިގާ ހާޑުވެއާގެ "އާ ފެށުމަކަށް" އޮތީ އެއް ލައްކަ ރުފިޔާގެ ވައުޗަރެއް

20 ޑިސެމްބަރ 2020

ވެލިގާ ހާޑްވެއާ އާއި ބްލަންކްގެ ފިހާރަތަކުން އާ އަހަރާ ދިމާކޮށް ކުރިއަށް ގެންދާ "އާ ފެށުމަކަށް" ޕްރޮމޯޝަންގެ އެއް ވަނަ އިނާމަށް އެއް ލައްކަ ރުފިޔާގެ ވައުޗަރެއް ހުށައަޅައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ވެލިގާ ހާޑްވެއާ އާއި ބްލަންކްގެ ފިހާރަތަކުން އާ އަހަރާ ދިމާކޮށް ކުރިއަށް ގެންދާ "އާ ފެށުމަކަށް" ޕްރޮމޯޝަންގެ އެއް ވަނަ އިނާމަށް އެއް ލައްކަ ރުފިޔާގެ ވައުޗަރެއް ހުށައަޅައިފި އެވެ.

މި ޕްރޮމޯޝަނުގައި އަގު ބޮޑު އެ ވައުޗަރުގެ ނަސީބުވެރިޔަކަށް ވުމުގެ ފުރުސަތު ލިބޭނީ ވެލިގާ ހާޑްވެއާ އާއި ބްލަންކްގެ ފިހާރަތަކުން ކުރާ ކޮންމެ ވިޔަފާރިއަކުން ލިބޭ ކޫޕާނާއި ކޮންމެ 100 ރުފިޔާގެ ވިޔަފާރިއަކުން ލިބޭ ކޫޕާންތަކުންނެވެ.

އެއް ވަނަ އިނާމަށް ލިބޭ އެއް ލައްކަ ރުފިޔާގެ ވައުޗާ ބޭނުން ކޮށްގެން ވެލިގާގެ ކޮންމެ ފިހާރައަކުން ވެސް އެ އަދަދަށް ވިޔަފާރި ކުރެވޭނެ އެވެ.

މި ހާއްސަ ޕްރޮމޯޝަންގައި ކަސްޓަމަރުންގެ ނަސީބު ހުރި މިންވަރު އެހާ ހިސާބަކުން އަދި ނުނިމެ އެވެ. ވެލިގާއިން ބުނީ 1،000 ރުފިޔާއިން މަތީގެ ވިޔަފާރިކުރާ ފަރާތްތަކަށް "ނަސީބުގެ ބުރު" އަނބުރާލައިގެން ވަގުތުން އެތައް އިނާމެއް ހޯދުމުގެ ފުރުސަތު ވެސް އޮތް ކަމަށެވެ. އެގޮތުން ލިބޭ އިނާމުތަކުގެ ތެރޭގައި ކަށިގަނޑު ސެޓް، ޕަވާ ބޭންކް، އެކްޝަން ކެމެރާ ފަދަ އެތައް އެއްޗެއް ހިމެނެ އެވެ.

ވެލިގާ ހާޑްވެއާގެ އެސިސްޓެންޓް ޖެނެރަލް މެނޭޖާ އިރުފާއު އަބްދުﷲ ވިދާޅުވީ "'އާ ފެށުމަކަށް' ނަމުގައި މި ޕްރޮމޯޝަން ކުރިއަށް ގެންދިޔުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ މިއީ އެންމެންނަށް ވެސް ތަފާތު ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު އަހަރަކަށް ވުމެވެ. އަދި އަނެއް ބޭނުމަކީ ހުއްޓުން އަރާފައި ހުރި މަސައްކަތްތަކަށް އާ ފެށުމެއް ހޯދައިދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

ވެލިގާ ހާޑްވެއާ އިން އަލަށް ފެށި ޕްރޮމޯޝަންގެ "ނަސީބު ބުރު" ބޭނުންކޮށްގެން ވެސް އިނާމު ހޯދޭ

ވެލިގާ ހާޑްވެއާ އިން އަލަށް ފެށި ޕްރޮމޯޝަންގެ "ނަސީބު ބުރު" ބޭނުންކޮށްގެން ވެސް އިނާމު ހޯދޭ

"އަޅުގަނޑުމެންގެ ފިހާރަތަކުން ލިބޭނެ ގޭގެ މުށި ބަދަލުކޮށްލާ، ކޮޓަރި ރީތިކޮށްލާ، ބަދިގެ ހަދާލާ، ފަހާނާ އާކޮށްލުން ކަހަލަ ކަންކަން ކުރުމަށް ބޭނުންވާ ވަރަށް ގިނަ ސާމާނު. ނަސީބުވެރި ފަރާތަކަށް އަޅުގަނޑުމެން މި ހޯދައިދެނީ މިކަހަލަ މަސައްކަތްތައް ނިންމާލެވޭނެ ފުރުސަތެއް،" އެއް ވަނަ އިނާމުގެ ވައުޗާ ބޭނުންކޮށްގެން ކުރެވިދާނެ ބައެއް ކަންކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އިރުފާާއު ވިދާޅުވި އެވެ.

"އާ ފެށުމަކަށް" ޕްރޮމޯޝަން އިއްޔެ ފެށި އިރު ޖެނުއަރީ މަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.

ކުރިއަށް އޮތް 2021 ގައި ވެސް ވެލިގާ ހާޑްވެއާ އާއި ބްލަންކްގެ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުކުރަން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ވަނީ ރާވައިފަ އެވެ.