Roadha Mihaaru
ވެލިގާއަށް 10 އަހަރު ފުރުމާ ގުޅިގެން ޕްރޮމޯޝަނެއް

ވެެލިގާގެ 10 ވަނަ އަހަރީ ދުވަހާ ގުޅިގެން ޚާއްސަ ޕްރޮމޯޝަނެއް

07 އެޕްރީލް 2018

ވެލިގާ ހާޑްވެއާ އަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި 100،000ރ. ގެ އަގުހުރި އިނާމާއި ޑިސްކައުންޓް ލިބޭ ޚާއްސަ ޕްރޮމޯޝަނެއް އެ ފިހާރަ އިން މިއަދު ފަށައިފި އެވެ.

ވެލިގާ ހާޑްވެއާ އަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި 100،000ރ. ގެ އަގުހުރި އިނާމާއި ޑިސްކައުންޓް ލިބޭ ޚާއްސަ ޕްރޮމޯޝަނެއް އެ ފިހާރަ އިން މިއަދު ފަށައިފި އެވެ.

"ދިހައެއްވީ ޕްރޮމޯޝަން" ގެ ނަމުގައި އަންނަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި، ތަފާތު ޕްރޮޑަކްޓްތަކުން 25 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ދިނުމުގެ އިތުރުން ކުރާ ކޮންމެ ވިޔަފާރި އަކަށް ކޫޕަނެއް ލިބޭނެ އެވެ. އަދި 100ރ. އިން މަތީގެ ކޮންމެ ވިޔަފާރި އަކަށް އިތުރު ކޫޕަނެއް ވެސް ލިބޭނެ ކަމަށް ވެލިގާ ހާޑްވެއާ އިން ބުންޏެވެ.

ޕްރޮމޯޝަންގައި، ވެލިގާ ހާޑްވެއާގެ ކޮންމެ ފިހާރައަކުން ވެސް ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ މީހަކަށް 2،000ރ. ގެ ޑިސްކައުންޓް ވައުޗަރެއް ލިބޭނެ އެވެ. އަދި މުޅި ޕްރޮމޯޝަންގައި ބައިވެރިވާ މީހުންގެ ތެރެއިން ގުރުއަތުން އެއް ވަނަ އަށް ހޮވޭ މީހަކަށް 25،000ރ. ގެ ވައުޗަރެއް ލިބޭނެ އެވެ. ދެވަނަ އިނާމަކަށް 10،000ރ. ގެ ވައުޗަރެއް ދޭއިރު، ތިން ވަނަ އަށް ހޮވޭ މީހަކަށް ލިބޭނީ 5،000ރ. ގެ ވައުޗަރެއް ވެލިގާ ހާޑްވެއާ އިން ބުންޏެވެ.

"ވެލިގާ" އިން އަންނަނީ ދުނިޔޭގެ ބައެއް މަޝްހޫރު ބްރޭންޑްތަކުގެ ހާޑްވެއާ ސާމާނު ރާއްޖެ ގެނެސް، ވިއްކަމުންނެވެ. އޭގެ ތެރޭގައި ސެލީސް އާއި މެޓާބޯ އާއި ނިޕެކްސާއި ވެރާގެ އިތުރުން ވީއާރުއެޗް އަދި މެޑްކާ ފަދަ ބްރޭންޑްތައް ހިމެނެ އެވެ.

މާލެ އާއި ހުޅުމާލޭގައި ވެލިގާގެ ފަސް ފިހާރައެއް ހުންނައިރު ފާހާނާ އާއި ގޭތެރެ ޑިޒައިން ކުރުމަށް ބޭނުންވާ ސާމާނަށް ޚާއްސަ ކޮށްގެން "ބްލަންކް" ގެ ނަމުގައި މިިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވެސް ވެލިގާ އިން ވަނީ އާ ފިހާރައެއް ހުޅުވައިފަ އެވެ.