Roadha Mihaaru

ވެލިގާ އާއި ބްލަންކުގެ ފިހާރަތަކުން ޑިސްކައުންޓު ދެނީ

ވެލިގާ ހާޑްވެއާގެ ފިހާރަތަކާއި ވެލިގާގެ ދަށުން ހިންގާ ބްލަންކުގެ ފިހާރަތަކުން ރޯދަ ޕްރޮމޯޝަން ފަށައިފި އެވެ.

ވެލިގާ އާއި ބްލަންކުގެ ފިހާރަތަކުން ޑިސްކައުންޓު ދެނީ
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

05 ފެބުރުއަރީ 2025

ވެލިގާ ހާޑްވެއާގެ ފިހާރަތަކާއި ވެލިގާގެ ދަށުން ހިންގާ ބްލަންކުގެ ފިހާރަތަކުން ރޯދަ ޕްރޮމޯޝަން ފަށައިފި އެވެ.

އެ ޕްރޮމޯޝަނުގައި ވެލިގާ ހާޑްވެއާ އަދި ބްލަންކުގެ ފިހާރަތަކުން ވިއްކާ ގިނަ ތަކެތިން 50 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. އަދި ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް އަދި 100ރ. އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ.

ވެލިގާއިން ބުނީ އެ ޕްރޮމޯޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އޮންލައިން ކޫޕަން ސިސްޓަމެއް ބޭނުން ކޮށްގެން ކަމަށެވެ. އެ ސިސްޓަމުގައި ވިޔަފާރި ކުރާއިރު ކަސްޓަމަރުގެ ފޯނު ނަންބަރު ދިނުމުން ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް ބުންޏެވެ. އެ ސިސްޓަމުން ލަކީޑްރޯގައި ބައިވެރިވިކަން އަންގާ މެސެޖެއް ކަސްޓަމަރަށް ލިބޭނެ އެވެ. އެ މެސެޖުގައިވާ ލިންކަށް ފިތާލުމުން ކަސްޓަމަރަށް ލިބިފައިވާ ކޫޕަންގެ ތަފްސީލު ލިބޭނެ އެވެ.

މި ޕްރޮމޯޝަނުގެ ބޮޑު އިނާމަކަށް ހުށަހަޅާފައިވަނީ 20،000ރ. ގެ ވައުޗަރެކެވެ. އަދި ނަސީބުވެރި އިތުރު 10 މީހަކަށް 5000ރ. ގެ ވައުޗަރެއް ލިބޭނެ އެވެ. އެ ވައުޗަރަކީ ވެލިގާގެ ކޮންމެ ފިހާރައަކުން ވެސް ކަނޑައަޅާ ވަކި މުއްދަތެއްގެ ތެރޭގައި ބޭނުން ކުރެވޭނެ ވައުޗަރެކެވެ.

ވެލިގާ ހާޑްވެއާގެ ޖުމްލަ ފަސް ފިހާރަ މާލެ ސަރަހައްދުގައި ހުރެ އެވެ. "މެޓާބޯ" ބްރޭންޑުގެ ޕަވާ ޓޫލްތަކާއި "ސެލީސް" ބްރޭންޑުގެ ތެރަހާއި ސިލިކޯން ވިއްކާ ވެލިގާއިން ދަނީ ހުޅުމާލެ ފޭސް 2 ގައި އިތުރު ފިހާރައެއް ހުޅުވުމަށް ތައްޔާރުވަމުންނެވެ. އަދި ގޭތެރެ ޒީނަތްތެރި ކުރުމަށާއި ފަހާނާ ސާމާނަށް ހާއްސަކޮށް ތަކެތި ވިއްކާ ބްލަންކުގެ ދެ ފިހާރަ ހުރެ އެވެ.