Roadha Mihaaru
އެންޒީ-1 ގެ އާ ފިހާރަ ސޭންޑްވިޗް ޕްރޮމޯޝަނަކާ އެކު

އެންޒީ-1 ގެ އާ ފިހާރަ ސޭންޑްވިޗް ޕްރޮމޯޝަނަކާ އެކު ހުޅުވައިފި

21 ޑިސެމްބަރ 2020

ސޭންޑްވިޗް ޕްރޮމޯޝަނަކާ އެކު އެންޒީ-1 ގެ އާ ފިހާރަ ހުޅުވައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސޭންޑްވިޗް ޕްރޮމޯޝަނަކާ އެކު އެންޒީ-1 ގެ އާ ފިހާރަ ހުޅުވައިފި އެވެ.

މި ފިހާރައިން ބޭކަރީ ސާމާނާއި މަހުގެ ބާވަތްތައް ލިބޭނެ އެވެ. ކުރިން އަހްމަދިއްޔާ ސްކޫލް ކައިރީ ހުންނަ އެންޒީ-1 މިހާރު މިވަނީ އަމީރުއަހްމަދު މަގަށް ބަދަލުކޮށްފަ އެވެ.

ފިހާރަ ހުޅުވުމާ ދިމާކޮށް އެންޒީން ފެށި ސޭންޑްވިޗް ޕްރޮމޯޝަންގައި ހުރިހާ ސޭންޑްވިޗަކުން 10 ޕަސެންޓް ޑިސްކައުންޓާ އެކު ފްރީ ޑެލިވަރީ ކޮށްދެ އެވެ.

މި ޕްރޮމޯޝަން އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް ކުރިޔަށް ދާނެ އެވެ.

އެންޒީގެ ސޭލްސް އެންޑް މާކެޓިން މެނޭޖާ ނަޒީމް ވިދާޅުވީ، އެންމެ ބޮޑު އެއް އަމާޒަކީ ހެޔޮ އަގުގައި ކަސްޓަމަރުންނަށް ތަކެތި ފޯރުކޮށްދިނުން ކަމަށެވެ.

"އެންޒީ-1 ގައި މި ހިންގާ ސޭންޑްވިޗް ޕްރޮމޯޝަންގެ އަގުތައް ވެސް ވަރަށް ރަނގަޅުވާނެ. ސޭންޑްވިޗްގެ އިތުރުން ޕިއްޒާ، ސްލައިޑަސް އަދި ސަބްމެރިން ވެސް ލިބޭނެ. ފުލް ސަބްމެރިންސް އެންމެ 46ރ. އަށް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

އެންޒީ ފިހާރަ މިހާރު ވަނީ ރީލޮކޭޓް ކޮށްފައި

އެންޒީ ފިހާރަ މިހާރު ވަނީ ރީލޮކޭޓް ކޮށްފައި

އެންޒީ-1 ފިހާރައިގެ ހޮޓްލައިން ނަންބަރު 7288899 އަށް ގުޅައިގެން އޯޑަރުކުރެވޭނެ އެވެ.

ނަޒީމް ވިދާޅުވި ގޮތުގައި މިއަހަރުގެ ކުރީކޮޅުން ފެށިގެން އަގުހެޔޮކުރި އެންޒީ "ވަރަށް ފައްކާ ޕްރޮމޯޝަން" މަސްދަޅުތަކަށް ކަސްޓަމަރުންގެ ފަރާތުން ހީވެސްނުކުރާހާ ބޮޑު ތަރުހީބެއް ލިބުނެވެ.

މިވަގުތު އެންޒީން ވިއްކާ މަސް ކޭހަކީ މާކެޓްގައި ހުރި، ރާއްޖޭގައި ބަންދުކޮށްފައިވާ މަސްދަޅުތަކުގެ ތެރެއިން އެންމެ އަގުހެޔޮ މަސް ކޭހެވެ. ތެޔޮ މަސް ކޭހެއް 555ރ. އަދި ފެން މަސް ކޭހެއް 530ރ. އަށް ލިބޭނެ އެވެ.

އެންޒީ-1 ހުޅުވި ސަރަހައްދަކީ ގިނަ އޮފީސްތަކާއި ސްކޫލްތައް އަދި ވެހިކަލް ގިނަ ސަރަހައްދެކެވެ. މިގޮތުން ވޯކް-އިން ކަސްޓަމަރުންނަށް، ހާއްސަކޮށް ހެނދުނު އޮފީސްތަކަށްދާ މީހުންނާއި ސްކޫލްތަކަށްދާ ކުދިންނާއި ބެލެނިވެރިންނަށް ފަސޭހަވާނެހެން އެންޒީ-1 މިހާރު ކޮންމެ ދުވަހަކު ހެނދުނު 6:30 ގައި ހުޅުވާފައި ހުންނާނެ އެވެ.

މި ފިހާރައިން އެންޒީގެ ބޭކަރީ ޕްރޮޑަކްޓްތަކުގެ އިތުރުން ކޭކް އަދި ކަޕްކޭކް ފަދަ ފޮނި ޕޭސްޓްރީސް އާއި ރަހަމީރު ރިހާކުރު އަދި މަސް މިރުސް ކަހަލަ ގިނަ އަދަދެއްގެ ދިވެހި އުފެއްދުންތައް ލިބެން ހުންނާނެ އެވެ. މީގެ އިތުރުން ކޮލިޓީއަށް އިތުބާރު ކުރެވޭ އެންސިސް ކާރުހާނާގައި ޕްރޮސެސްކުރެވޭ ތާޒާ ރޯމަސް ވެސް ފިހާރައިން ލިބޭނެ އެވެ.

އެންޒީ-1 ގެ އިތުރުން ސްޓެލްކޯ ކައިރީގައި ހުންނަ އެންޒީ-5 މާލެ، އަދި ގާޒީ ސްކޫލް ކައިރީ ހުންނަ އެންޒީ-2 ހުޅުމާލެ، އަދި އެންޒީގެ އޮންލައިން ފިހާރަ އިން މިހުރިހާ ޕްރޮޑަކްޓްތައް ލިބެން ހުންނާނެ އެވެ.

Enzi Shop

އެންޒީ އޮންލައިން ފިހާރަ