ބާޒާރުގައި ފިޔާގެ އަގު އަނެއްކާ ވެސް އުފުލި ބަސްތާއެއް 400 ރުފިޔާ އަށް އަރައިފި އެވެ.
29 އޮކްޓޯބަރ 2023
ބާޒާރުގައި ފިޔާގެ އަގު އަނެއްކާ ވެސް އުފުލި ބަސްތާއެއް 400 ރުފިޔާ އަށް އަރައިފި އެވެ.
ރާއްޖޭގެ ބާޒާރުގައި މި ވަގުތު ފިޔާ ބަސްތާއެއް ވިއްކަނީ 390ރ. އާއި 400ރ. އާ ދެމެދުގެ އަގެއްގަ އެވެ. އަދި ފިޔާ ކިލޯއެއް އުޅެނީ 20ރ. އާއި 25ރ. ރުފިޔާއާ ދެމެދުގަ އެވެ. ކުރިން ފިޔާ ކިލޯއެއް އުޅުނީ 12ރ. އާއި 15ރ. އާ ދެމެދުގެ އަގެއްގަ އެވެ.
ރާއްޖެއަށް ފިޔާ އެތެރެކުރާ ވިޔަފާރިވެރިއަކު ބުނީ މާކެޓުގައި ފިޔާގެ އަގު އުފުލުނީ ބޭރުގެ އޭޖެންޓުންގެ އަތުން ފިޔާ ލިބޭ އަގު ވެސް އުފުލުމުން ކަމަށެވެެ. މިހާރު އިންޑިއާއިން ފިޔާ ބަސްތާއެއް ލިބެނީ 365ރ. އަށް ކަމަށް އޭނާ ބުންޏެވެ. މިއީ ކުރިން ލިބޭ އަގަށް ވުރެ ގާތްގަނޑަކަށް 50ރ.ގެ އިތުރު އަދަދެކެވެ.
ކުރިން އާންމުކޮށް ފިޔާ ބަސްތާއެއް 200ރ. އާއި 225ރ. އާ ދެމެދުގެ އަގެއްގައި ލިބެ އެވެ. އެހެން ނަމަވެސް މިދިޔަ އޮގަސްޓް މަހުން ފެށިގެން ފިޔާގެ އަގު ވަނީ 300ރ. އަރައިފަ އެވެ.
އިންޑިއާގައި ފިޔަލުގެ އަގު ވަނީ އިތުރު 50 ޕަސެންޓަށް އިތުރުވެފަ އެވެ. ފިޔާގެ ބޮޑު ޝޯޓޭޖެއް އިންޑިއާގައި ކުރިމަތިވުމާ އެކު އެކްސްޕޯޓަރުން ވަނީ ފިޔާގެ އަގު ބޮޑުކޮށްފަ އެވެ. ދުނިޔޭގައި ފިޔާގެ އެންމެ ބޮޑު އެކްސްޕޯޓެއް އޮންނަ އިންޑިއާއިން ފިޔާގެ އެކްސްޕޯޓް އަގު ބޮޑުކުރީ އެ ގައުމަށް ބޭނުންވާ ވަރަށް މި ދުވަސްވަރު ފިޔާ ލިބެން ނެތިގެންނެވެ.
އެކަމަކު މިކަމުގެ އަސަރު ރާއްޖެއަށް ސީދާ ނުކުރާނެ ކަމަށް އިކޮޮނޮމިކް މިނިސްޓްރީން ބުންޏެވެ. އޭގެ ސަބަބަކީ، ރާއްޖެ އަށް ފިޔާ އެތެރެ ކުރަނީ އިންޑިއާ އިން ހާއްސަ ޓެރިފެއްގައި ކަމަށް ވާތީ އެވެ.
ރޯދަ މަހު ބާރުބޮޑު ދެ މާރުކޭޓު މިހާރު ފަޅަށް
ފިޔާ ކިލޯއެއްގެ އަގު 70ރ. އަށް އަރައިފި
ބާޒާރުން ފިޔާ ހުސްވެއްޖެ
އެސްޓީއޯއިން ފިޔާ ކިލޯއެއް 16ރ. އަށް
ކެފޭ/ފިހާރަތައް ހުޅުވޭނެ ގަޑިތައް ކަނޑައަޅައިފި
އެފްއެޗްއޭއެމްގެ ކޯ ސްޕޮންސަރަކަށް ސިމްޑީ ގްރޫޕް
އެފްޓީއޭ ފެށިޔަސް ދިވެހި ވިޔަފާރިތަކަށް ހިމާޔަތް ލިބޭނެ
ފިޔާ ކިލޯއެއްގެ އަގު 50ރ. އިން މައްޗަށް
ހުދުމާ ފިހާރައިގެ ވެރިޔާ ނިޔާވެއްޖެ
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ބޮޑެއް އަތުލައިގެންފި