Roadha Mihaaru
"ލިޓްލް ތިންގްސް" އަކީ އޮސްކާ ތަރިންގެ ފިލްމެއް

"ދަ ލިޓްލް ތިންގްސް" އަކީ އޮސްކާ އެވޯޑް ހޯދި ތަރިންތަކެއްގެ ފިލްމެއް

26 ޑިސެމްބަރ 2020

މޮޅެތި އެކްޓަރުންތަކެއް އެއް ފިލްމަކުން ބަލައިލަން ބޭނުން ނަމަ އަންނަ ޖެނުއަރީގައި ރިލީޒްްކުރާ ހޮލީވުޑްގެ ފިލްމު "ދަ ލިޓްލް ތިންގްސް" އަކީ ކޮންމެހެން ވެސް ބަލާލަން ޖެހޭ ވަރުގެ ފިލްމެކެވެ. މީގެ ލީޑްގައި ތިބީ އޮސްކާ އެވޯޑް ވެސް ހާސިލުކޮށްފައިވާ ތިން އެކްޓަރެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މޮޅެތި އެކްޓަރުންތަކެއް އެއް ފިލްމަކުން ބަލައިލަން ބޭނުން ނަމަ އަންނަ ޖެނުއަރީގައި ރިލީޒްްކުރާ ހޮލީވުޑްގެ ފިލްމު "ދަ ލިޓްލް ތިންގްސް" އަކީ ކޮންމެހެން ވެސް ބަލާލަން ޖެހޭ ވަރުގެ ފިލްމެކެވެ. މީގެ ލީޑްގައި ތިބީ އޮސްކާ އެވޯޑް ވެސް ހާސިލުކޮށްފައިވާ ތިން އެކްޓަރެކެވެ.

އޭގެ ތެރެއިން އެކަކީ މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ތަޖުރިބާކާރު އެކްޓަރު ޑެންޒެލް ވޮޝިންޓަނެވެ. މިހާރު އުމުރުން 65 އަހަރުގެ މި އެކްޓަރަކީ ދެ ފަހަރަށް އޮސްކާ ހާސިލުކޮށްފައިވާ ތަރިއެކެވެ.

"ދަ ލިޓްލް ތިންގްސް" ގެ އަނެއް ތަރި އަކީ " ބޮހީމިއަން ރާޕްސޮޑީ" ކުޅެގެން އޮސްކާ އެވޯޑް ހޯދި ރަމީ މާލިކް، 39، އެވެ. އޭނާ އަކީ ކުރިއަށް އޮތް ޖޭމްސްގެ ބޮންޑްގެ ފިލްމު "ނޯ ޓައިމް ޓި ކިލް" ގެ ވިލަން ވެސް މެ އެވެ.

"ޑަލަސް ބަޔާޒް ކުލަބް" ކުޅެގެން އޮސްކާ ހާސިލުކުރި ޖެރެޑް ލެޓޯގެ ވަރަށް ވަރުގަދަ ރޯލެއް ވެސް "ދަ ލިޓްލް ތިންގްސް" އިން ފެނިގެންދާނެ އެވެ.

މިހާރު ޓްރެއިލާ ވެސް އާންމުކޮށްފައިވާ މި ކްރައިމް ތުރިލާ އަކީ ޖޯން ލީ ހޭންކޮކް ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އޭނާ އަކީ "ސޭވިން މިސްޓަ ބޭންކްސް" އާއި "ދަ ފައުންޑާ" އަދި "ދަ ހައިވޭމެން" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.

އަންނަ މަހުގެ 29 ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ "ދަ ލިޓްލް ތިންގްސް" އަކީ މަރުގެ ތަހުގީގެއްގެ ތެރޭގައި ފުލުހުންގެ ޑެޕިއުޓީއަކާއި ޑިޓެކްޓިވްއަކާ ދެމެދު ހިނގާ ކުރިމަތިލުންތަކެއް ދައްކުވައިދޭނެ ފިލްމެކެވެ. ޓްރެއިލާ އިން ވެސް ފެންނަ ގޮތުގައި މިއީ ނޭވާ ހިފަަހައްޓާން ޖެހޭ ކަހަލަ ކިތަންމެ ހާދިސާތަކެއް ފެންނާނެ ފިލްމެކެވެ.

"ދަ ލިޓްލް ތިންގްސް" ޖެނުއަރީ 29 ގައި ސިނަމާތަކުގައި އަޅުވާ އިރު ހަމަ އެ އެ ދުވަހު އެޗްބީއޯ މެކްސް އިން ވެސް ފިލްމު ޕްރިމިއާކުރާނެ އެވެ.