ސީޒަންގެ ކުރީކޮޅު ނަމަވެސް ކްލަބް އީގަލްސް އިން ލީގު ހޯދަން ބޭނުންނަމަ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށް މާދަމާ ހަވީރު ކުޅޭ މެޗަކީ މަރުގެ މެޗަކަށް ވާނެ އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.
24 ޑިސެމްބަރ 2020
ސީޒަންގެ ކުރީކޮޅު ނަމަވެސް ކްލަބް އީގަލްސް އިން ލީގު ހޯދަން ބޭނުންނަމަ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށް މާދަމާ ހަވީރު ކުޅޭ މެޗަކީ މަރުގެ މެޗަކަށް ވާނެ އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.
މި ފަހަރުގެ ސީޒަން ހުޅުވަން ކުޅުނު ޗެރިޓީ ޝީލްޑް މެޗުން ލީގު ޗެމްޕިއަން މާޒިޔާ އަތުން މޮޅުވި ނަމަވެސް ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް އީގަލްސް ކުޅުނު ދެ މެޗުން އީގަލްސް ވަނީ ބަލިވެފަ އެވެ. އެ ޓީމު މިދިޔަ ސީޒަނުގައި ލީގުގައި ކުޅުނު 21 މެޗުގެ ތެރެއިން ބަލިވީ ދެ މެޗުންނެވެ.
މޯހަން ބުނީ މާދަމާ ބަލިވެއްޖެނަމަ އެއާ އެކީ މިދިޔަ ސީޒަނުގައި ޖުމްލަ އެއްކޮށް ބަލިވި އަދަދަށް ވުރެ ގިނަ މެޗު ގެއްލުނީ ކަމަށެވެ. އަދި ރާއްޖޭގެ ލީގު މިދިޔަ އަހަރުތަކުގައި ގޮސްފައިވާ ގޮތަށް ބަލާއިރު މިހާ ކުރިން ތިން މެޗުން ބަލިވާ ޓީމަކަށް ލީގު ހޯދުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް އޭނާ ބުންޏެވެ.
"ފަހުން އައިސް ރާއްޖޭގެ ލީގު ގޮސްފައި ހުރި އުސޫލުތަކަށް ބަލާއިރު އެއް ޓީމެއް ވަރަށް ތަފާތު ބޮޑުކޮށް ނޫނީ ދެ ޓީމެއް ވަރު މި ވާދަކުރަނީ. އެހެން ބަލާއިރު ދެ މެޗެއް ވަރު ބަލިވެއްޖެކަމަށް ވެއްޖިއްޔާ ދެން ހަމަ ގިނަ ފަަހަރަށް މި އިންނަނީ ލީގު ކާމިޔާބު ނުކުރެވޭ ވަރުވެފައި. އެ ގޮތަށް ބަލާއިރު މި މެޗުން ބަލިވެއްޖިއްޔާ އަޅުގަނޑުމެން ތިން ބަލިވާނެ. އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ (އެވަރުން) ލީގު ލިބޭނެ ކަމަކަށް. ލީގު ހޯދަން ބަލާއިރު މިއީ އޭގެ މެޗެއް. (މަރު މެޗެއް)ގެ ގޮތުގައި އަޅުގަނޑު ދެކޭ ހިތް އޮތީ،" ނިއުއާ އެކު ލީގު ކާމިޔާބުކޮށްފައިވާ މޯހަން ބުންޏެވެ.
ދަ ގްރާންޑޭގެ ފުރަަތަމަ ދެ މެޗުގެ ކުޅުމަށް ބަލާއިރު އެ ޓީމު ފެންނަނީ ވަރަށް ރަނގަޅަށް ކުޅެގެން ނަތީޖާ ނެރޭ ޓީމެއްގެ ގޮތުގައި ކަމަށް މޯހަން ފާހަގަކުރި އެވެ. އީގަލްސްގެ ހާލަތުގެ ގޮތުން މި މެޗުގައި ކުޅެން ޖެހޭނީ ވަރަށް ފަރުވާތެރިވެގެން ކަމަށާއި ކުޅުންތެރިންނަށް ވެސް އެކަން ވިސްނައިދޭ ކަމަށް މޯހަން ބުންޏެވެ.
"އަޅުގަނޑުމެންގެ ކުޅުންތެރިން ވަރަށް ޕޮޒިޓިވްކޮށް ތިބީ ވަރަށް. ދެ މެޗު ބަލިވެފައި މި މެޗުން އަޅުގަނޑުމެން ބަލިވެއްޖިއްޔެކަމަށް ވެއްޖިއްޔާ ލީގަށް ވާދަކުރުމަށް ފުރުސަތު ދިޔައީއޭ ބުންޏަކަސް ގޯހަކަށް ނުވާނެ. އެކަން ކުޅުންތެރިންނަށް އިނގޭ. އެ ހުރިހާ ގޮތަކަށް ވެސް ކުޅުންތެރިން މެންޓަލީ ވެސް ކުޅުންތެރިން ތައްޔާރުވެފައި ތިބި މެޗަކަށް ވެގެންދާނެ،" މޯހަން ބުންޏެވެ.
ކަކުލަށް ލިބިފައިވާ އަނިޔާއަކުން ރަނގަޅުވުމަށް އީގަލްސްގެ އެއް ވަނަ ފޯވާޑް އަހުމަދު ރިޒްވާން (ރިޒޭ) ރަނގަޅުވާން މަސައްކަތްކުރަމުން އަންނަ ކަމަށާއި ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑުތަން ރަނގަޅުކަން މޯހަން ވަނީ ފާހަގަކޮށްފަ އެވެ އީގަލްސްގެ އަނިޔާގައި ތިބި އެހެން ކުޅުންތެރިން ކަމަށްވާ ހަސަން ރާއިފް އަހުމަދު (ހަންނަ) އާއި އަހުމަދު ނޫމާން (ހެލްމެޓް) އަދި ރިހާމް އަބްދުލް ގަނީ (ބޮބީ) މި މެޗުން ވެސް ފެންނާނެ ކަމަށް މޯހަން ބުންޏެވެ.
އީގަލްސް އިން ޓީމު ލިސްޓުގައި ޖަހާފައިވާ މޮންޓަނެގްރޯ ގޯލްކީޕަރު މިލާން ޔެލޮވަކް މާލެ އައިސްފައިވީ ނަމަވެސް އޭނާ އަށް މި މެޗުގައި ކުޅެވޭނެ ކަމަށް ނުބެލެވެ އެވެ. އެހެން ނަމަވެސް ކުރިއަށް އޮތް މެޗުގައި އީގަލްސްގެ ގޯލަށް ބަދަލެއް އައިސްފާނެ ކަމަށް މޯހަން ބުންޏެވެ.
ލީގުގެ މެޗެއްގެ ތެރެއިން ދަ ގްރާންޑޭގެ ކޯޗު އިންމަ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް
ލީގުގައި ދަ ގްރާންޑޭ ކުޅުނު ފުރަތަމަ މެޗުން ޓީސީ އަތުން މޮޅުވިއިރު، ދެ ވަނަ މެޗުން ވަނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސްއާ އެއްވަރުވެފަ އެވެ. ދަ ގްރާންޑޭގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ އީގަލްސް އަށް ވެސް އެ ޓީމުގެ ޓާގެޓް ހާސިލްކުރަން މި މެޗު މުހިއްމުވާ ގޮތަށް ދަ ގްރާންޑޭ އަށް ވެސް މުހިއްމު ކަމަށެވެ.
"އަޅުގަނޑުމެންގެ ޓާގެޓަށް ވާސިލްވުމަށް އަޅުގަނޑުމެންނަށް ވެސް ވަރަށް މުހިއްމު ޕޮއިންޓެއް. ރަނގަޅު ރީތި ފުޓްބޯޅައެއް ފެނިގެންދާނެ،" އިންމަ ބުންޏެވެ.
ދަ ގްރާންޑޭ ކުޅުނު ދެ މެޗުގައި ވެސް އެ ޓީމުން ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް އޭގެ ތެރެއިން ގޯލަށް ހަދައިލެވެނީ މަދު ބޯޅަތަކެކެވެ. އިންމަ ބުނީ އެއީ ކަންބޮޑުވުމެއް ކަމަށާއި ހަގީގަތުގައި އޭގެ އެންމެ ބޮޑު ސަބަބަކީ ބިދޭސީ ކުޅުންތެރިންނާ އެކު ޖުމްލަކޮށް ކުރެވުނު ޕްރީ ސީޒަން ޕްރެކްޓިސް މަދުވާތީ ކުރިމަތިވާ ކޮމްބިނޭޝަނުގެ މައްސަލައެއް ކަމަށެވެ.
މި ސީޒަނަށް ދަ ގްރާންޑޭ އިން ގެނައި ބިދޭސީ ކުޅުންތެރިންގެ ތެރޭގައި މިދިޔަ ސީޒަނުގައި އީގަލްސްއާ އެކު ލީގުގެ ދެ ވަނަ ހޯދި ޓީމުގައި ކުޅުނު އުޒްބެކިސްތާން ޒުވާން ގައުމީ ޓީމަށް ކުޅުނު ޑިފެންޑަރު ކޮމިލޯވް އަބްދުރަސުލް އާއި ހަމަ އެ ގައުމުގެ މިޑްފީލްޑަރު އުމަރުޔޯނޯފް އަކްރޯފް ހިމެނެ އެވެ. މި ދެ ކުޅުންތެރިންނަށް އީގަލްސް ކުޅޭ ވައްޓަފާޅި އެނގޭތީ އެއީ ހިތްހަމަޖެހުމެއް ނަމަވެސް އޭގެއން ހުރިހާ ކަމެއް ފަރުޖައްސައިނުލެވޭނެކަމަށް އިންމަ ބުންޏެވެ.
ކުރިން މާޒިޔާ އަށް ކޯޗުކޮށްދިން އިންމަ ބުނީ އީގަލްސް ފުރަތަމަ ދެ މެޗުން ބަލިވެފައި އޮތުމާ މެދު ދަ ގްރާންޑޭ އިން ނުވިސްނާނެ ކަމަށާއި ތައްޔާރުވަނީ އުނދަގޫ މެޗަކަށް ކަމަށެވެ.
އީގަލްސް އާއި ދަ ގްރާންޑޭ ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު 4 ޖަހާއިރު އެވެ.
އަޔާގެ ގޯލުން ދަ ގްރާންޑޭ އަށް ޕޮއިންޓެއް
ބޭނުމީ މޮޅަކުން އަލުން ފަށަން: އިންމަ
ޝާޒްގެ ފުރަތަމަ މެޗު، މޯހަން ކުރީގެ ޓީމާ ދެކޮޅަށް
ލީގު ނުފެށި ކްލަބްތައް ކެތްތެރިކަން ކޮޅުންލަނީ!
އާ ގައިޑްލައިންތަކާ އެކު ކްލަބްތަކުގެ ޕްރެކްޓިސް ފަށަނީ
ކުޅުންތެރިންގެ އާދޭސް: "ލީގު ފެށޭނެ ގޮތެއް ހަދައިދީ"
ފުޓްބޯޅައާ މެދު ފުންކޮށް ވިސްނަން ކްލަބްތަކުން އެދެފި
އީގަލްސް އަށް ނޫނެކޭ ބުނަން ޝާޒަށް އުނދަގޫ
ފުޓްސަލް އާއި ފުޓްބޯޅަ އަށް ހައްލެއް ބޭނުންވޭ
އަދިވެސް އީގަލްސް އަށް ޕްރެޝަރު އެބައޮތް: މޯހަން