Roadha Mihaaru

އޮޅުވާލައިގެން ރާއްޖެއިން ބޭރުކުރަން އުޅެނިކޮށް 429 ކިލޯގެ މިޔަރު އުރަހަ އަތުލައިގެންފި

ލޮނުމަހުގެ ނަމުގައި އޮޅުވާލައިގެން ރާއްޖެއިން ބޭރު ކުރަން އުޅުނު 429 ކިލޯގެ މިޔަރު އުރަހަ އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.

429 ކިލޯގެ މިޔަރު އުރަހަ އެއާޕޯޓުން ހިފަހައްޓައިފި
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

03 ޖެނުއަރީ 2021

ލޮނުމަހުގެ ނަމުގައި އޮޅުވާލައިގެން ރާއްޖެއިން ބޭރު ކުރަން އުޅުނު 429 ކިލޯގެ މިޔަރު އުރަހަ އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.

ކަސްޓަމްސް އިން ބުނީ 21 ފޮށީގައި ބަންދު ކޮށްގެން ރާއްޖެއިން ބޭރުކުރަން އުޅެނިކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މި ތަކެތި ހިފަހައްޓާ ތަހުގީގު ފަށާފައިވާ ކަމަށެވެ. އެ ތަކެތި އަތުލައިގަތީ ކަސްޓަމްސާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް ގުޅިގެން ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި އެ ތަކެތި ރާއްޖެއިން ބޭރުކުރަން އުޅުނީ ލޮނުމަސް ޝިޕްމަންޓެއްގެ ތެރޭގައި ފޮރުވައިގެންނެވެ.

މި ތަކެތި ބޭރުކުރަން އުޅުނު ބަޔަކާ ބެހޭ މައުލޫމާތެއް ކަސްޓަމްސް އިން ހާމައެއް ނުކުރެ އެވެ.

ރާއްޖޭގައި ހިމާޔަތްކޮށްފައިވާ މިޔަރުގެ އެއްވެސް ބާވަތެއް ހިފުމާއި ގެންގުޅުމަކީ މަނާ ކަމެކެވެ. އަދި މީގެ އެކްސްޕޯޓު ވެސް މަނަލެވެ.