Roadha Mihaaru
ޓޫރިޒަމް ދުވަހުގެ ހަރަކާތްތައް އައްޑޫގައި ބާއްވަނީ

ޓޫރިޒަމް ދުވަހުގެ ރަސްމީ ހަރަކާތްތައް އައްޑޫގައި ބާއްވަން ނިންމައިފި

05 ޖެނުއަރީ 2021

މި އަހަރުގެ ދުނިޔޭގެ ޓޫރިޒަމް ދުވަހުގެ ރަސްމީ ހަރަކާތްތައް އައްޑޫގައި ބާއްވަން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި އަހަރުގެ ދުނިޔޭގެ ޓޫރިޒަމް ދުވަހުގެ ރަސްމީ ހަރަކާތްތައް އައްޑޫގައި ބާއްވަން ނިންމައިފި އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އެކަން އިއުލާންކުރެއްވީ މިއަދު އައްޑޫގައި އޮތް "ބްރިޓިޝް ލޯޔަލްޓީ ޝިޕް ރެކް" އަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ރަސްމިއްޔާތުގަ އެވެ.

މިނިސްޓަރު ވިދާޅުވީ އައްޑޫގައި ޓޫރިޒަމް ފުޅާކުރަން މި އަހަރު ހާއްސަ ކަންތައްތަކެއް ކުރާ އިރު އައްޑޫ ކައުންސިލުން ދިން ދައުވަތު ގަބޫލުކޮށް އެ ސިޓީގައި ދުނިޔޭގެ ޓޫރިޒަމްގެ ދުވަސް ފާހަގަކުރަން ނިންމާފައިވާ ކަމަށެވެ.

ދުނިޔޭގެ ޓޫރިޒަމް ދުވަހަކީ ސެޕްޓެމްބަރު 27 އެވެ.

"އައްޑޫ ސިޓީގެ މޭޔަރު އަޅުގަނޑުމެންނަށް ދެއްވި ދައުވަތު އަޅުގަނޑު ބަލައިގަނެ، އިރާދަފުޅު ކުރެއްވިއްޔާ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރާ އިރު މައި ހަރަކާތްތައް އަޅުގަނޑުމެން ގެންދާނީ އައްޑޫ ސިޓީގައި،" ޑރ. މައުސޫމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓޫރިޒަމް ފުޅާކުރުމުގައި މަސްވެރިކަމާއި ދަނޑުވެރިކަން ވެސް ގުޅިލާމެހެން ޖެހޭ ކަމަށެވެ. އެހެންކަމުން ސަރުކާރުގެ އަމާޒަކީ، ޓޫރިޒަމް ތަރައްގީ ކުރުމުގައި އެ ދެ ދާއިރާ ވެސް ހިމެނުން ކަމަށް ވިދާޅުވި އެވެ.

އައްޑޫގެ ދުވަސްވީ ޝިޕް ރެކާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ އެއީ އައްޑޫގެ ޓޫރިޒަމް ކުރިއަރުވަން ބޭނުންކުރެވޭނެ އެއްޗެއް ކަމަށެވެ.