Roadha Mihaaru
"އައްޑޫ މީހުންގެ ޖީބަށް ވަންނާނީ ޕައުންޑު"

އައްޑޫ މީހުންގެ ޖީބަށް ވަންނާނީ ޑޮލަރެއް ނޫން، ޕައުންޑު: ޑރ. މައުސޫމް

05 ޖެނުއަރީ 2021

ރާއްޖޭގެ ޓޫރިޒަމް ފުޅާވުމާއެކު، އެހެން މީހުންނަށް ޑޮލަރު ލިބުނަސް އައްޑޫ މީހުންގެ ޖީބަށް ވަންނާނީ އިނގިރޭސި ފައިސާ ޕައުންޑު ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގެ ޓޫރިޒަމް ފުޅާވުމާއެކު، އެހެން މީހުންނަށް ޑޮލަރު ލިބުނަސް އައްޑޫ މީހުންގެ ޖީބަށް ވަންނާނީ އިނގިރޭސި ފައިސާ ޕައުންޑު ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

އައްޑޫގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު މިހެން ވިދާޅުވީ، އެ ދުވަސްވަރު އައްޑޫގައި ވިޔަފާރީގެ ބޭނުންތަކަށް ޕައުންޑު ބޭނުން ކުރާތީ އެވެ. އިނގިރޭސިން އައްޑޫގައި އުޅުނު ދުވަސްވަރު އައްޑޫ ވިޔަފާރީގެ ހަބަކަށް ބަދަލުވި އެވެ. އައްޑޫގެ އެތަށް ބަޔަކު މުއްސަނދިވީ ވެސް ޕައުންޑުން ފެށި ވިޔަފާރިތަކުންނެވެ.

"އަޅުގަނޑުމެން އާންމުކޮށް ވާހަކަ ދައްކާއިރު ކިޔަނީ ރައްޔިތުންގެ ޖީބަށް ޑޮލަރު ވަންނަ ވާހަކަ. އެހެން ނަމަވެސް އައްޑޫ ސިޓީގައި ރައްޔިތުންގެ ޖީބަށް އަޅުގަނޑު ދަންނަވާނީ ޕައުންޑް ވަންނާނެއޭ. އެއީ އަޅުގަނޑުމެން މިސްރާބު ޖަހާ ދިމާލަކީ،" ޑރ. މައުސޫމް ވިދާޅުވި އެވެ.

އައްޑޫގެ ޝިޕްރެކަށް 75 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ، މި އަހަރު އައްޑޫގައި ޓޫރިޒަމް ވަރަށް ބޮޑަށް ކުރި އަރައިގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ޓޫރިޒަމަކީ ދިވެހިންގެ ދައިރާއެއް ކަމަށާއި އައްޑޫގައި ހުޅުވައިފައި އޮތް ދެ ރިސޯޓު މި ވަގުތުގައި ބަންދުކޮށްފައި އޮތުމުން ވެސް އެ ތަންތަނުގެ ވަޒީފާތަކުގައި އުޅުނު އައްޑޫގެ މީހުންނާއި އެ ރިސޯޓުތަކުން އާމްދަނީ ހޯދާ އެހެން ފަރާތްތަކަށް ލިބުނު ގެއްލުމަށް އަވަސް ހައްލެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އައްޑޫގައި ހިންގަނީ ޝަންގްރިއްލާ ވިލިގިނލި ރިސޯޓާއި ކެނެރީފް ރިސޯޓް މޯލްޑިވްސް އެވެ. މިދިޔަ އަހަރު ކުރިމަތިވި ކޮވިޑްގެ ހާލަތަށް ފަހު އެ ދެ ރިސޯޓުގެ ހިދުމަތްތައް އަދިއެއް ނުފަށަ އެވެ.