Roadha Mihaaru
ޔޫކޭގެ ރެޑް ލިސްޓުން ރާއްޖެ ނަގާނެ ކަމަށް ލަފާކޮށްފި

ދެން އަންނަ ރިވިއުއެއްގައި ޔޫކޭގެ ރެޑް ލިސްޓުން ރާއްޖެ ނަގާނެ ކަމަށް ލަފާކޮށްފި

20 އޯގަސްޓް 2021

މި ފެށޭ ހަފުތާގެ ރިވިއުގައި، އިނގިރޭސި ވިލާތުގެ ރެޑް ލިސްޓުން ރާއްޖެ ނަގާނެ ކަމަށް އެ ގައުމުގެ ޓްރެވެލް އެކްސްޕާޓަކު ވިދާޅުވެއްްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މި ފެށޭ ހަފުތާގެ ރިވިއުގައި، އިނގިރޭސި ވިލާތުގެ ރެޑް ލިސްޓުން ރާއްޖެ ނަގާނެ ކަމަށް އެ ގައުމުގެ ޓްރެވެލް އެކްސްޕާޓަކު ވިދާޅުވެއްްޖެ އެވެ.

ޓިމް ވައިޓް ކިޔާ ތަޖުރިބާކާރަކު ވިދާޅުވީ، ރާއްޖެ ރެޑް ލިސްޓުން އުނި ކުރުމަށް ފަހު ލާނެ ކަމަށް ލަފާ ކުރެވެނީ “އެމްބާ” ލިސްޓަށެވެ. މި ލިސްޓަށް ރާއްޖެ ލުމުން ރާއްޖެ އިން އިނގިރޭސި ވިލާތަށް ދާ މީހުންގެ ތެރެއިން ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުން ކަރަންޓީން ވާކަށް ނުޖެހޭނެ އެވެ.

އިނގިރޭސި ވިލާތުގެ ކޮވިޑް ރިވިއު ދެން އާންމު ކުރާނީ އަންނަ ބުދަ ނުވަތަ ބުރާސްފަތި ދުވަހު އެވެ.

"އެމްބާ" ލިސްޓުގައި ހިމެނޭ ގައުމުތަކުން އިނގިރޭސި ވިލާތަށް ދެވޭނީ އެ ގައުމަށް ދިއުމުގެ ތިން ދުވަސް ކުރިން ހަދާފައި ޕީސީއާރު ނެގެޓިވް ނަތީޖާއަކާއެކުގަ އެވެ. އަދި އިނގިރޭސި ވިލާތަށް ދިއުމަށް ފަހު ވެސް ކޮވިޑް ޓެސްޓު ހަދަން ޖެހޭނެ އެވެ. އުސޫލުގައިވާ ގޮތުން ނަމަ ކޮވިޑުން ދިފާއުވުމުގެ ވެކްސިން ފުރިހަމަ ނުކުރާ މީހުން އެ މީހެއްގެ ގޭގައި 10 ދުވަހުގެ ކަރަންޓީނެއްގައި ހުންނަން ވާނެ އެވެ.

ޓިމް ވިދާޅުވިގޮތުގައި ރާއްޖެ "އެމްބާ" ލިސްޓަށް އަރާނެ ކަމަށް ލަފާ ކުރެވެނީ ފަހަކަށް އައިސް ރާއްޖޭގައި ކޮވިޑް ޕޮޒިޓިވިޓީ ރޭޓު ދަށްވެފައި ވާތީ އެވެ. އަދި ރާއްޖެ އިން ކޮވިޑް ބަލި ޖެހުމުގެ ނުރައްކާ ވަރަށް ކުޑަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި މަހުގެ ކުރީކޮޅު ރާއްޖޭގައި ކޮވިޑްގެ ހާލަތު ރަނގަޅުވި ނަމަވެސް އިނގިރޭސި ވިލާތުން އެ ފަހަރު ހެދި ރިވިއުގައި ރެޑް ލިސްޓުން ރާއްޖެ އުންޏެއް އެވެ.

އިނގިރޭސި ވިލާތަކީ ކޮވިޑް-19ގެ މި ހާލަތުގައި ވެސް އެންމެ ގިނައިން ޓޫރިސްޓުން ރާއްޖެ އަންނަ ގައުމެވެ. އެހެންކަމުން އެ މާކެޓު ރާއްޖެ އަށް ވަރަށް މުހިންމުވި ނަމަވެސް ރެޑް ލިސްޓުގައި ހިމެނުމުން އެ ގައުމުން އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.