Roadha Mihaaru
ފުވައްމުލަކުގައި ގެނބިގެން ކުއްޖަކު މަރުވެއްޖެ

ފުވައްމުލަކުގައި ގެނބިގެން ކުއްޖަކު މަރުވެއްޖެ

09 ޖެނުއަރީ 2021

ފުވައްމުލަކުގައި މޫދަށް އެރި އުޅެނިކޮށް ގެނބުނު ތިން ކުދިންގެ ތެރެއިން ގެއްލިގެން ހޯދަނިކޮށް މޫދު އަޑިން ފެނުނު ކުއްޖާ މަރުވެއްޖެ ކަމަށް، ފުލުހުން ދާދި ދެންމެއަކު ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ފުވައްމުލަކުގައި މޫދަށް އެރި އުޅެނިކޮށް ގެނބުނު ތިން ކުދިންގެ ތެރެއިން ގެއްލިގެން ހޯދަނިކޮށް މޫދު އަޑިން ފެނުނު ކުއްޖާ މަރުވެއްޖެ ކަމަށް، ފުލުހުން ދާދި ދެންމެއަކު ބުނެފި އެވެ.

ބެހިގެން ދަނިކޮށް ގެނބުނު އަނެއް ދެ ކުދިން ވަނީ ސަލާމަތްކޮށްފަ އެވެ. އެ ކުދިންގެ ފުރާނައަށް ނުރައްކާ ވަރުގެ ކަމެއް ދިމާވެފައި ނެތް ކަމަށް ވެ އެވެ.

މަރުވި، އުމުރުން 17 އަހަރުގެ އަހުމަދު ފައުޒަން ފެނުނީ، ގެއްލިގެން ހޯދަމުން ދަނިކޮށް ގަޑިއެއްހާ އިރު ފަހުން، މޫދު އަޑިންނެވެ. އޭރު ވެސް ފުވައްމުލަކު ދޫނޑިގަން ޔޫރޯ، ފައުޒަން އޮތީ މަރުވެފައި ކަމަށް ބެލެވުނަސް، ރަސްމީ އެއްވެސް ފަރާތަކުން އެކަން ކަށަވަރެއް ނުކޮށްދެ އެވެ.

ކުއްޖާ މަރުވި ކަމަށް ފުލުހުން މި ބުނީ ހޮސްޕިޓަލަށް ގެންގޮސް "ފަރުވާ ދެމުން އަންނަ ކަމަށް" ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވި ފަހުންނެވެ.

މަރުވި ކުއްޖާ އުޅުނީ، އެނގިފައިވާ ގޮތުގައި، ދެ ރައްޓެހިން އޮޔާ ދަމައިގަތުމުން އެކުދިން ސަލާމަތްކުރާށެވެ.

ފުލުހުން ބުނީ ފުވައްމުލަކު އެ ކުއްޖާ ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ ހަވީރު 4:47 ހާއިރު ކަމަށެވެ.