10 ޖެނުއަރީ 2021
ފުވައްމުލަކަށް އިއްޔެއަކީ ވަރަށް ހިތާމަވެރި، ކަޅު ދުވަހެކެވެ. ހަމައެހެން ފުރާނައިން ގުރުބާންވެގެން ގައުމީ ބަތަލެއް ވެސް އިއްޔެ ވަނީ އުފެދިފަ އެވެ. އުމުރުން އެންމެ 17 އަހަރުގެ އަހުމަދު ފައުޒާން ގެނބުނީ ގަދަ އޮއިގައި، ބިޔަ ރާޅުތަކުގައި ބެހުނު އޭނާގެ އަންހެން ދެ ރަހުމަތްތެރިޔަކު ސަލާމަތްކުރުމުގެ ހިތްވަރުގަދަ މަސައްކަތުގައި އުޅެނިކޮށެވެ.
ފުވައްމުލަކަށް އިއްޔެއަކީ ވަރަށް ހިތާމަވެރި، ކަޅު ދުވަހެކެވެ. ހަމައެހެން ފުރާނައިން ގުރުބާންވެގެން ގައުމީ ބަތަލެއް ވެސް އިއްޔެ ވަނީ އުފެދިފަ އެވެ. އުމުރުން އެންމެ 17 އަހަރުގެ އަހުމަދު ފައުޒާން ގެނބުނީ ގަދަ އޮއިގައި، ބިޔަ ރާޅުތަކުގައި ބެހުނު އޭނާގެ އަންހެން ދެ ރަހުމަތްތެރިޔަކު ސަލާމަތްކުރުމުގެ ހިތްވަރުގަދަ މަސައްކަތުގައި އުޅެނިކޮށެވެ.
ފައުޒާން އާއި އޭނާގެ ހައެއްކަ ރަހުމަތްތެރިން ފުވައްމުލަކުގެ މާނެރެ ސަރަހައްދުގައި މޫދުގައި އުޅެނިކޮށް ނެގި ވަރުގަދަ ރާޅެއްގައި، ދެ އަންހެން ކުދިން އޮޔާ ބޭރަށް ދަމައިގަތީ އެވެ. އުމުރުން 12-13 އަހަރުގެ އެ ދެ ކުދިން ސަލާމަތްކުރުމުގެ މަސައްކަތުގައި ފައުޒާން ހިނދުކޮޅެއް ވެސް ބޭކާރު ނުކުރާ ކަމަށް، އޭނާގެ ރައްޓެހިން ބުނެ އެވެ.
ފައުޒާން ގޮސް އެއް ކުއްޖަކު ސަލާމަތްކޮށްގެން ރައްޓެއްސަކާ ހަވާލުކޮށް އަނެއް ކުއްޖާ އަތުލަން ފަތައިގަތީ އެވެ. އެކަމަކު އަނެއްކާވެސް ނެގި ރާޅަކާ އެކު ފައުޒާން ދެ ވަނަ އަންހެން ކުއްޖާ ބޭރަށް ދަމައިގަތީ އެވެ.
ފައުޒާން އުޅުނު ގޮތުގެ މައުލޫމާތު ހުރި އޭނާގެ ރައްޓެއްސަކު "މިހާރު"އަށް ކިޔައިދިން ގޮތުގައި ގަދަ އޮޔާ އެކު އެ އަންހެން ކުއްޖާ ލޮނުގަނޑުން މައްޗަށް އުފުއްލާލައިގެން ފައުޒާން އަޑީގައި ނޭވާ ހިފަހައްޓާލައިގެން އޮތެވެ. ފަރުމައްޗާ ހަމައަށް އަންހެން ކުއްޖާ ގެންދެވޭތޯ އޭނާ ވަރަށް މަސައްކަތްކުރި އެވެ. ނޭވާ ހާސްވަމުން ދިޔަސް، އެއްގަމާ ދިމާއަށް އަންހެން ކުއްޖާ ޖައްސަމުން، އެންމެ ފަހުން އަންހެން ކުއްޖާއަށް ފަރުމަތީގައި ފައި ޖެއްސޭ ވަރަށް ކޮއްޕާލި ކަމަށް، ރަހުމަތްތެރިޔާ ކިޔައިދިނެވެ.
"އޭރު ވެސް ފައުޒާން ގޮވަމުން ދިޔައީ ހާސްނުވާށޭ، ސަލާމަތްކުރާާނަމޭ. އެގޮތަށް ހަތަރު ފަހަރު ބުނި ކަމަށް ވަނީ،" ފައުޒާންގެ ރަހުމަތްތެރިޔާ ބުންޏެވެ.
އަޙްމަދު ފައުޒާން އަޅުގަނޑުމެންނާ ވަކިވެގެން އެ ދިޔައީ ހިތްވަރުގަދަކަމުގެ ލާމަސީލު ނަމޫނާ ދައްކުވައިދީފައި. އޭނާގެ އެ ޤުރުބާނީން ޤައުމު ރޮއްވައިލާފައި.
— Ibrahim Mohamed Solih (@ibusolih) January 10, 2021
އަޅުގަނޑުގެ ދުޢާއަކީ ފައުޒާނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން.
إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓުވީޓް
އޭނާގެ އެ ބަސް ހަގީގަތަކަށް ހަދައިދިނެވެ. އެކަމަކު ފައި ޖެހޭ ހިސާބަކަށް އޭނާއަށް ނުދެވި، ފައުޒާންގެ ގައިން ބާރު ހުސްވެ، އަޑިއަށް ދިޔައީ އެވެ. އޭނާގެ ހަށިގަނޑު ފެނުނީ، އެ ހިތްވަރު ގަދަ ވަގުތުކޮޅު ހިނގިތާ އިރުގަނޑެއް ފަހުންނެވެ.
"ރަށަށް ގެނައި އިރު ވެސް ވިންދު ޖަހާ ކަމަށް ވަނީ. އަވަހަށް ހޮސްޕިޓަލަށް ގޮސް ފަރުވާ ފެށިތާ ކުޑަ އިރުކޮޅެއް ތެރޭ މަރުވީ،" ރަހުމަތްތެރިޔާ ބުންޏެވެ.
ފައުޒާން މަރުވުމުގެ ކުރިން އޭނާ ދެއްކި ހިތްވަރާއި އަމިއްލަ ފުރާނައަށް ބެލުމެއް ނެތި އެހެން ބަޔަކު ސަލާމަތްކުރަން އުޅުނު ގޮތަކީ ބަތަލެއްގެ ސިފަތަކެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް، ފައުޒާން ސިފަކުރެއްވީ އެގޮތަށެވެ.
ފުވައްމުލަކު ސްކޫލްގެ ގްރޭޑް 10 ގައި ކިޔަވަމުން އަންނަ ފައުޒާން އަކީ ފުވައްމުލަކު ދޫޑިގަން އަވަށުގެ ޔޫރޯގޭގެ ކުއްޖެކެވެ. އެތުލެޓިކްސް އާއި ސްކައުޓް ހަރަކާތްތަކުގެ ބައިވެރިއެކެވެ. ރަހުމަތްތެރިން ބުނާ ގޮތުގައި އެއީ "އެންމެންނާ ވެސް ރީތި ބަހުން ވާހަކަ ދައްކާ، ޑިސިޕްލިން ކުއްޖެކެ"ވެ.
އިއްޔެ އޭނާ މޫދަށް އެރުނީ ހަވީރު 4:30 ގައި އެޓްލެޓިކްސް ޕްރެކްޓިސްއަށް ދިއުމުގެ ކުރިންނެވެ.
ފުވަމުލަކު ހޮސްޕިޓަލް ކައިރިޔަށް ރަށު ރައްޔިތުން އެއްވެފައި--- ފޮޓޯ: ސޯޝަލް މީޑިއާ
ފުވައްމުލަކު މާނެރެ ސަރަހައްދަކީ، ރަށުގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ހެދުމުގެ ކުރިން އުޅަނދުފަހަރު ވަދެ ނުކުންނަން ނެރެއް ކަނޑާފައި އޮތް ތަނެކެވެ. ނެރު ކެނޑި ގޮތަށް އެ ސަރަހައްދު އޮންނަނީ އެގޮތަށެވެ. އެއީ އޮއި ބާރު، ރާޅު ވެސް ބޮޑު އަދި ނުރައްކާތެރި ހިސާބެކެވެ. މީގެ ދެ އަހަރު ކުރިން އެތަނުގައި ހިނގި ހާދިސާއެއްގައި ޑޮކްޓަރަކު ގެންބިގެން މަރުވި އެވެ.
ފުވައްމުލަކު މީހަކު، ނަން ނުޖަހާ ގޮތަށް، ބުނީ އެ ސަރަހައްދުގެ ނުރައްކާތެރިކަން ބޮޑު ނަމަވެސް އާންމުންގެ ރައްކާތެރިކަމަށް ކައުންސިލުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ. ހިތާމަވެރި ހާދިސާއެއް ހިނގާ ދުވަސްކޮޅު، ފިޔަވަޅު އަޅަން ވާހަކަ ދެކެވުނަސް ފަހުން ހަނދާން ނެތޭ ކަމަށް، އޭނާ ބުންޏެވެ.
ފުވަމުލަކު މާނެރެ ސަރަހައްދު: ހިތާމަވެރި ހާދިސާތަކުގައި އެތައް ބަޔަކު ވަނީ މަރުވެފައި
"ކޮންމެ ފަހަރަކު ވެސް މިފަދަ ބޮޑު ހާދިސާއެއް ހިނގުމުން ކައުންސިލުން ބަޔާނެއް ނެރޭނެ ނުވަތަ އެ ވާހަކަ ދައްކާލާނެ. ދުވަސްކޮޅެއް ފަހުން އަލުން އޮންނާނީ އެ ވާހަކަ ގެއްލިފައި. މި ހުރިހާ ދުވަހު މި މައްސަލައަށް ހައްލެއް ނުލިބޭ،" އޭނާ ކިޔައިދިނެވެ.
އެންމެ ބޮޑު މައްސަލައަކީ، ފުވަައްމުލަކު ބައެއް މީހުން ބުނާ ގޮތުގައި، ނުރައްކާތެރި ބޮޑެތި ހާދިސާތައް ތަކުރާރުކޮށް އެތަނުގައި ހިނގަމުން ދިޔަސް، އެއީ އަދިވެސް ޕިކްނިކް ދާ ސަރަހައްދަކަށް ހަދާފައި އޮތުމެވެ. ކުޑަމިނުން އެ ހިސާބުގަނޑުގެ އޮއެ ބާރުކަން އަންގައިދޭނެ ބޯޑެއް ވެސް ނުހުރެ އެވެ.
"ނެރު ކަނޑާފައި އޮތް ތަން ބަންދުކުރެވެން ޖެހޭ. އެއީ މީހުންނަށް މޫދަށް އެރެން ރައްކާތެރި ތަނަކަށް ހަދަން ޖެހޭ،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި މީހަކު ބުންޏެވެ.
"އެތަނުގެ ސަބަބުން ރަށުގެ ބީޗު ވެސް އޮންނަނީ އެއްކޮށް ގިރާލާފައި. މި މައްސަލަ އަޑުއަހަން ވީމާ ރަށުގެ މުއައްސަސާތައް ގެއްލޭ."
ހަމުގެ ސީރިއަސް ބަލީގައި ލަޔަކް ނިޔާވެއްޖެ
ސަދާގެ މަރު: "އިންޖެކްޝަން ޖެހުމާ އެކު ޚަބަރު ހުސް"
ފައިނުގައި ކުޑަކުއްޖަކު ގެނބިގެން މަރުވެއްޖެ
ފައުޒާންގެ ގުރުބާނީން ގައުމު ރޮއްވާލި: ރައީސް
ފުވައްމުލަކުގައި ގެނބިގެން ކުއްޖަކު މަރުވެއްޖެ
އަތުނުޖެހި ދުއްވައިގަތީ، ދެންފެނުނީ މަރުވެފައި އޮއްވައި
މާފުށީގައި ކުޑަ ކުއްޖަކު ގެނބިގެން މަރުވެއްޖެ
ހުވަފެންފުށީގައި ޕޫލަކަށް ވެއްޓި ކުއްޖަކު މަރުވެއްޖެ
ރަސްދޫ މަރު: ހުއްޓޭނީ ލޯބިވެރިޔާއަށް އިންސާފު ހޯދާފައި
ހަނީމޫނަށް ރާއްޖެއަށް ކުރި ދަތުރުގައި ގެނބިގެން މަރު