ރެއިންބޯ އެންޓަޕްރައިސަސް އިން އާ އަހަރުގެ ކަލަންޑަރު މެދުވެރިކޮށް ކަސްޓަމަރުންނަށް ހާއްސަ އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
12 ޖެނުއަރީ 2021
ރެއިންބޯ އެންޓަޕްރައިސަސް އިން އާ އަހަރުގެ ކަލަންޑަރު މެދުވެރިކޮށް ކަސްޓަމަރުންނަށް ހާއްސަ އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ރެއިންބޯގެ ކަލަންޑަރުގެ ކޮންމެ މަހެއް ހާއްސަކޮށްފައި ވަނީ އެތަނުން ވިއްކާ ކޮންމެވެސް އެއްޗަކަށެވެ. އެގޮތުން އެ މަހަކަށް ހާއްސަ ޕްރޮމޯޝަންގައި ލިބޭ އެތީގެ ފޮޓޯއަކާ އެކު، ރެއިންބޯގެ ފޭބްސްބުކް ޕޭޖްގައި ހާއްސަ ކިޔުއާރު ކޯޑެއް ދެ އެވެ. އެ ކޯޑް ސްކޭން ކުރުމުން، ވެބްސައިޓްގައި ހާއްސަކޮށްފައިވާ ޕްރޮމޯޝަންގެ ބަޔަށް ވަދެވޭނެ އެވެ. ޕްރޮމޯޝަންގައި ބައިވެރިވެވޭނީ އެމީހާގެ ނަމާއި ނޯނު ނަންބަރު ޖެހުމުންނެވެ.
- ޖެނުއަރީ: ސޯފާ ބެޑް
- ފެބްރުއަރީ: ސްޓަޑީ ޑެސްކް
- މާޗް: ހޭންގިން ޗެއާ
- އޭޕްރިލް: ކޮފީ ޓޭބަލް
- މެއި: ޓީވީ ކެބިނެޓް
- ޖޫން: 2 ސީޓާ ސޯފާ
- ޖުލައި: ސްޓަޑީ ޑެސްކް
- އޮގަސްޓް: ބީންބޭގް
- ސެޕްޓެމްބަރު: ޑައިނިން ސެޓް
- އޮކްޓޯބަރު: 2 ސީޓާ ސޯފާ
- ނޮވެމްބަރު: ޝޫ ކެބިނެޓް
- ޑިސެމްބަރު: އޮފީސް ގޮނޑި
ރެއިންބޯ ކަލަންޑަރުގެ ޖެނުއަރީ މަހުގެ ކޯޑު
ސޯޝަލް މީޑިއާ މެދުވެރިކޮށް މި ޕްރޮމޯޝަން ހިންގުމުގެ އިތުރުން ޗާޕްކޮށްގެން ނެރުނު ކަލަންޑަރު ލިބުނު ފަރާތްތަކަށް ވެސް ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ. އެ ކަލަންޑަރުގައި ވެސް، ކޮންމެ މަހަކަށް ހާއްސަ ކިޔުއާރު ކޯޑެއް ދީފައިވެ އެވެ.
ރެއިން ބޯއިން ބުނީ ފޭސްބުކް މެދުވެރިކޮށް ޕްރޮމޯޝަން ހިންގަނީ ވީހާވެސް ގިނަ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.
ރެއިންބޯގެ ރަމަޟާން ސޭލް ފަށައިފި
ރެއިންބޯގެ ފުރަތަމަ ރެސްޓޯރަންޓް "ޕެޝިއޯ" ހުޅުވައިފި
ކްލަބް ޕްރިމިއާ މެމްބަރުންނަށް 4 ތަނަކުން ޑިސްކައުންޓް
ޗުއްޓީއަށް އުރީދޫގެ ބޮޑެތި ޑޭޓާ ޕެކްތައް
އައިކެއާއިން އާ އަހަރަށް ސޯޝަލް މީޑިއާ ގިވްއަވޭއެއް
އިލާލާގެ "ކައުރީ" ފުޅިތަކުން ޑިސްކައުންޓެއް
ޗެމްޕިއަން ޓީމު ދިމާކޮށްގެން އެއް އަހަރުގެ ހިލޭ ޕިއްޒާ
އަގުހުރި އިނާމުތަކާ އެކު ރެއިންބޯ އިޔާ އެންޑް ސޭލް
ލޮލުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް ސިޓީ އޮޕްޓިކަލަށް
ރެއިންބޯއަށް 32 އަހަރު، ކަސްޓަމަރުންނަށް ޑިސްކައުންޓު