Roadha Mihaaru
ދެ ޔުނިވާސިޓީގެ ލައިބްރަރީގެ ހިދުމަތް ގުޅުވާލަނީ

ދެ ޔުނިވާސިޓީގެ ލައިބްރަރީގެ ހިދުމަތް ގުޅުވައިލަން އެއްބަސްވެއްޖެ

14 ޖެނުއަރީ 2021

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ލައިބްރަރީގެ ހިދުމަތް ގުޅުވައިލުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ލައިބްރަރީގެ ހިދުމަތް ގުޅުވައިލުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތެއްގައި، ވަސީލަތްތައް ހިއްސާ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފާއި އައިޔޫއެމްގެ ވައިސް ޗާންސެލަރު ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އެވެ.

އެ އެއްބަސްވުމާ ގުޅޭގޮތުން ގައުމީ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒު "މިހާރު" އަށް ވިދާޅުވީ، ދެ ޔުނިވާސިޓީގެ ދަރިވަރުންނަށާއި މުވައްޒަފުންނަށް ވެސް އެ ދެ ލައިބްރަރީ ބޭނުންކުރެވޭނެ ކަމަށެވެ. އެއާއެކު، އެމްއެންޔޫ އާއި އައިޔޫމްގެ ގުޅުން ވެސް މިހާރަށް ވުރެ ބަދަހިވާނެކަން ފާހަގަކުރެއްވި އެވެ.

އެމްއެންޔޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. ޝަރީފް (ކ) އަދި އައިޔޫއެމްގެ ވައިސް ޗާންސެލާ ޑރ. ޒަކަރިއްޔާ، ލައިބްރަރީގެ ހިދުމަތް ގުޅުވާލުމުގެ އެއްބަސްވުމުގައި ސޮއިކުރައްވަނީ.-- ފޮޓޯ: އެމްއެންޔޫ

"އެމްއެންޔޫ ލައިބްރަރީގައި ނުހުރެދާނެ އައިޔޫއެމްގައި ހުރި އެއްޗެއް. އެގޮތަށް އައިޔޫއެމްގައި ވެސް ނުހުރެދާނެ އެމްއެންޔޫގައި ހުރި އެއްޗެއް. ބޭނުމަކީ އެގޮތަށް ރިސޯސަސް ޝެއާކުރުން،" ޑރ. ޝެހެނާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެގޮތަށް އެއްބަސްވުމެއް ގާއިމްކުރުމުން މުވައްޒަފުންނަށް ވެސް އެކި ކަންކަން ދަސްވި ކުރިއެރުން ލިބޭނެ ކަމަށެވެ.