މާލެ ސަރަހައްދުގައި ކޮވިޑް-19 ކޮންޓްރޯލް ކުރަން އެންމެ ފަހުން އެޅި ފިޔަވަަޅުތައް އަންނަ އަންގާރަ ދުވަހު ނިމޭއިރު ލުއިތަކެއް ދޭން މަޝްވަރާ ކުރަމުން އަންނަ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
13 ޖޫން 2021
މާލެ ސަރަހައްދުގައި ކޮވިޑް-19 ކޮންޓްރޯލް ކުރަން އެންމެ ފަހުން އެޅި ފިޔަވަަޅުތައް އަންނަ އަންގާރަ ދުވަހު ނިމޭއިރު ލުއިތަކެއް ދޭން މަޝްވަރާ ކުރަމުން އަންނަ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ކޮވިޑް ކޮންޓްރޯލްކުރަން އެޅި ފިޔަވަޅުތަކަށް ލުއިދިނުމާ ބެހޭ މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށެވެ. އޭނާ ވިދާޅުވީ ދޭނީ ކޮންކޮން ލުއިތަކެއް ކަން އެނގޭނީ އެހެން މަޝްވަރާތައް ނިމުމުން ކަމަށެވެ.
މަބްރޫކް ވިދާޅުވީ މަޝްވަރާކުރަމުން އަންނަނީ ދެވެން އޮތް އެންމެ ބޮޑެތި ލުއިތަކެއް ދިނުމަށް ކަމަށެވެ.
"ވިސްނުމަކީ ރައްކާތެރިކަމާ އެކު ދޫކޮށްލެވޭ އެންމެ ބޮޑު މިންވަރަކަށް ދޫދެމުން ދިއުން. އެހެންވީމާ އިރާދަކުރެއްވިއްޔާ މި ހަފްތާ ނިމޭ އިރު ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އިތުރު ތަފާތުތަކެއް،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ކޮވިޑް ފެތުރެން ފެށި ފަހުން މިހާތަނަށް ދިން އެންމެ ބޮޑެތި ލުއިތައް މިފަހަރު ދޭ ލުއިގެ ތެރޭގައި ނުހިމެނޭނެ ކަމަށެވެ. ވެކްސިނުގެ ދެޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރެވޭ ގޮތަށް ދިން ލުއި، އަލުން އިއާދަކުރަން ވިސްނާތޯ ކުރި ސުވާލަށް މަބްރޫކް ވިދާޅުވީ އެވަރުގެ ލުއިތައް އަދި ނުދޭނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮވިޑްގެ ބަލިމަޑުކަމުގެ ހާލަތު އަދި އެހާވަރަށް ރަނގަޅުނުވާ ކަމަށެވެ.
"މި ވަގުތު ވެސް ރާއްޖޭގައި ކޮވިޑްގެ އެކްޓިވް ކޭސްތައް އެބަ އުޅޭ، އެގާރަހާސް ކޭސް. އެންމެ ފަހު ރިޕޯޓިން ޕީރިއަޑްގައި 100 އިން ތިރިއަށް މި އުޅެނީ މާލެ ސަރަހައްދުގައި ވެސް. އެއީ އެނޯމަލީ އެކަން ވުން ވެސް އެކަށީގެންވޭ،" މަބްރޫކް ވިދާޅުވި އެވެ.
ކޮވިޑް ކޮންޓްރޯލްކުރަން މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި ވަކި ގަޑިތަކެއްގައި ކާފިއު ހިންގުމާއި އެނޫން ގަޑިތަކުގައި ވެސް ޒަރޫރީ ބޭނުންތަކަށް ފިޔަވައި ގެއިން ބޭރުގައި އުޅުން މަނާކުރުުން ހިމެނެ އެވެ. ރާއްޖޭގެ އެހެން ރަށްތަކުގައި ވެސް އެ ފިޔަވަޅުތައް އެކި ވަރަށް ވަނީ އަޅައިފަ އެވެ.
ރާއްޖޭން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު 70،000 އަށް ވުރެ މަތިވެފައިވާއިރު އެ ބަލީގައި 197 މީހަކު ވަނީ މަރުވެފަ އެވެ.
ވެކްސިން ހޯދަން މުޅި ދުނިޔެ އިންޑިއާ އަށް ބަރޯސާވެފައި
ލައްކައަކަށް ވުރެ ގިނަ މީހުންނަށް ކޮވިޑު ވެކްސިން ދީފި
ކޮވިޑް ވެކްސިން ޖެހި އަދަދު 10،000 އާ ގާތަށް
ޗައިނާ ވެކްސިންގެ 5،000 ޑޯޒު ރާއްޖެ ގެނެސްފި
ފައިޒާ ވެކްސިން ކޮވިޑްގެ ވޭރިއަންޓްތަކަށް ވެސް ރަނގަޅު
ބަލިމަޑުކަން ނިމުމުގެ ކޮޅުމަތި އެބަ ފެނޭ: ޑަބްލިއެޗްއޯ
ކޮވިޑް ވެކްސިން 217 ފަހަރު ޖެހި މީހެއް!
ކޮވިޑްގެ އަސްލު ވައިރަސް މިހާރަކު ނުފެނޭ
5 އަހަރުން މަތީގެ ކުދިންނަށް ކޮވިޑް ވެކްސިން ފަށައިފި
ތައިވާނުން ކަރަންޓީނު އުވާލައި ޓޫރިޒަމަށް ހުޅުވައިލަނީ