މިހާރު ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުން ދާ ކޮވިޑް-19 ވަބާއާ ދެކޮޅަށް މިހާތަނަށް އުފެއްދި އެންމެ ކާމިޔާބު ދެ ވެކްސިން ކަމަށް ބުނާ، ފައިޒާ އާއި މޮޑާނާ ވެކްސިން، ޔޫރަޕްގެ ގައުމުތަކަށް ވިއްކާ އަގު، އެ ދެ ކުންފުނިން ބޮޑުކޮށްފި އެވެ.
މިހާރު ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުން ދާ ކޮވިޑް-19 ވަބާއާ ދެކޮޅަށް މިހާތަނަށް އުފެއްދި އެންމެ ކާމިޔާބު ދެ ވެކްސިން ކަމަށް ބުނާ، ފައިޒާ އާއި މޮޑާނާ ވެކްސިން، ޔޫރަޕްގެ ގައުމުތަކަށް ވިއްކާ އަގު، އެ ދެ ކުންފުނިން ބޮޑުކޮށްފި އެވެ.
ފައިނޭންޝަލް ޓައިމްސްގައި ބުނެފައިވާ ގޮތުން، އެ ދެ ކުންފުނިން އެންމެ ފަހުން ޔޫރަޕުގެ ގައުމުތަކަށް ކޮވިޑް ވެކްސިން ވިއްކުމަށް ހަދާފައިވާ އެއްބަސްވުންތަކުގައި ހުރީ، ކުރިން އެ ދެ ކުންފުނިން ކޮވިޑް ވެކްސިން ވިއްކި އަގުތަކަށް ވުރެ ބޮޑު އަގުތަކެކެވެ.
ފަހުގެ އަގުތަކަށް ބަލާއިރު، ޔޫރަޕުގެ ގައުމުތަކަށް ވިއްކުމަށް ފައިޒާ ކުންފުނިން ކަނޑައަޅާފައިވާ އަގަކީ، ވެކްސިން ޑޯޒެއް 19.5 ޔޫރޯ (23.15 ޑޮލަރު) އަށެވެ. މީގެ ކުރިން ފައިޒާ ވެކްސިންގެ ޑޯޒެއް ޔޫރަޕުގެ ގައުމުތަކަށް ވިއްކާފައި ވަނީ، 15.50 ޔޫރޯ (18.39 ޑޮލަރު) އަށެވެ.
މޮޑާނާ ވެކްސިންގެ ޑޯޒެއް ޔޫރަޕުގެ ގައުމުތަކަށް ވިއްކުމަށް މިހާރު އެ ކުންފުނިން ކަނޑައަޅާފައިވާ އަގަކީ، 25.5 ޑޮލަރެވެ. ކުރިން މޮޑާނާ ވެކްސިންގެ ޑޯޒެއް ވިއްކާފައި ވަނީ، 22.60 ޑޮލަރަށެވެ. އޭގެ ފަހުން، މޮޑާނާ ވެކްސިންގެ ޑޯޒެއް ޔޫރަޕުގެ ގައުމުތަކަށް ވިއްކަން އެ ކުންފުނިން ކަނޑައެޅި އަގަކީ، 28.50 ޑޮލަރެވެ. ނަމަވެސް ލިބުނު އޯޑަރު ބޮޑުވުމުން، މިހާރު އެ އަގު ވަނީ، ޑޯޒެއް 25.5 ޑޮލަރަށް ކުޑަކޮށްދީފަ އެވެ.
މޮޑާނާ އާއި ފައިޒާ ކުންފުނީގެ ކޮވިޑް ވެކްސިން އަގު ބޮޑު ކުރީ، ޔޫރަޕުގެ ގައުމުތަކުން އެ ދެ ވެކްސިން ދާއިމީ ގޮތެއްގައި ގަންނަން ބޭނުންވާތީ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. ވެކްސިން އުފައްދާ އެހެން ކުންފުނިތަކުން ވެސް ކޮވިޑް ވެކްސިން އުފައްދާފައި ވިޔަސް، ޔޫރަޕުގެ ގިނަ ގައުމުތަކުގައި ބޭނުން ކުރަމުން އަންނަނީ ފައިޒާ ވެކްސިނާއި މޮޑާނާ ވެކްސިންގެ އިތުރުން އެސްޓްރާޒެނެކާ ވެކްސިނެވެ.
ޔޫރަޕުގެ ގައުމުތަކުގައި މިހާރު އެންމެ ހަލުވިކަމާ އެކު ފެތުރެމުން ދަނީ، ކޮވިޑް-19 ޖައްސާ ވައިރަހުގެ ޑެލްޓާ ބާވަތުގެ ކޮވިޑް ވައިރަހެވެ. މި ބާވަތުގެ ވައިރަހާ ދެކޮޅަށް އެންމެ ރަނގަޅަށް މަސައްކަތް ކުރަނީ ފައިޒާ އާއި މޮޑާނާ ކަމަށް ސައެންސްވެރިން ބުނެ އެވެ. އެހެންކަމުން، މި ދެ ބާވަތުގެ ވެކްސިނުން ދެ ޑޯޒް ފުރިހަމަ ކުރުމަށް ފަހު ވެސް، ހަށިގަނޑުގައި ކޮވިޑްގެ ދިފާއު ވަރުގަދަ ކުރުމުގެ ގޮތުން، ތިން ވަނަ ޑޯޒެއް ޖަހަން ވެސް ބައެއް ގައުމުތަކުން ބޭނުންވެ އެވެ.
ކޮވިޑް ވެކްސިންގެ އާ އަގުތަކާ ގުޅޭ ގޮތުން މީޑިއާތަކުން ސުވާލު ކުރުމުން، އެ ދެ ކުންފުނިން ވެސް ބުނީ އެއީ ބަޔަކާ ދެމެދު ހަދާފައިވާ ސިއްރު އެއްބަސްވުންތަކަކަށް ވާތީ، އެ އެއްބަސްވުންތަކުގައި ހުރި އަގުތަކާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކާނެ ކަމަށެވެ.
ޔޫރަޕުގެ އިއްތިހާދުން މިދިޔަ އަންގާރަ ދުވަހު ބުނި ގޮތުގައި މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް، ޔޫރަޕުގެ ގައުމުތަކުގެ ވެކްސިން ޖަހާ އާބާދީގެ 70 އިންސައްތަ މީހުންނަށް ވެކްސިން ޖެހުމަށް މިހާރު ވަނީ ނިންމައިފަ އެވެ. އެހެންކަމުން އެ މުއްދަތުގެ ތެރޭގައި ޔޫރަޕުގެ އިއްތިހާދުގައި ހިމެނޭ ގައުމުތަކަށް ބިލިއަނަކަށް ވުރެ ގިނަ ޑޯޒްގެ ކޮވިޑް ވެކްސިން ގަތުމަށް، ވެކްސިން އުފައްދާ ހަތަރު ކުންފުންޏަކާ އެކު މިހާރު ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ.
ނަމަވެސް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ޔޫރަޕުގެ ގައުމުތަކަށް ގޮވައިލަމުން ދަނީ، ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަށް ފަހު، ތިން ވަނަ ޑޯޒެއް ޖެހުމުގެ ބަދަލުގައި، ވެކްސިން ނުލިބިގެން އުޅޭ ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގައި އެހީތެރިވެދިނުމަށެވެ.
ކޮވިޑް ވެކްސިން ޖެހުމުގައި މާ ބޮޑު ކުރިއެރުންތަކެއް ލިބިފައި ނެތް، އޭޝިޔާ އާއި އެފްރިކާގެ ގައުމުތަކުގައި މިހާރު ވެސް ހަލުވިކަމާ އެކު ދަނީ ކޮވިޑް ފެތުރެމުންނެވެ. ޔޫރަޕުގެ ގައުމުތަކުން ދެ ޑޯޒް ޖެހުމަށް ފަހު ތިން ވަނަ ޑޯޒެއް ޖަހަން ނިންމުމުން، އޭޝިޔާ އާއި އެފްރިކާގެ ފަގީރު ގައުމުތަކަށް ވެކްސިން ލިބުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.
އިޒްރޭލުން މިހާރު ވަނީ އެ ގައުމުގެ 60 އަހަރުން މަތީގެ މީހުންނަށް ތިން ވަނަ ޑޯޒެއް ޖަހަން ފަށައިފަ އެވެ. އިނގިރޭސި ވިލާތުން ވެސް އަންނަ މަހުގެ ތެރޭގައި، ތިން ވަނަ ޑޯޒް ޖަހަން ފަށާނެ އެވެ. ޖަރުމަން ވިލާތުގައި ވެސް ސެޕްޓެމްބަރު 1 ވަނަ ދުވަހުން ފެށިގެން، އެ ގައުމުގެ މުސްކުޅިންނާއި، ބަލީގައި ހާލު ބޮޑުވުމުގެ ފުރުސަތު އޮތް މީހުންނަށް ތިން ވަނަ ޑޯޒެއް ޖަހަން ފެށުމަށް ވަނީ ނިންމައިފަ އެވެ.
ޗައިނާގެ ވެކްސިން ޖެހި މީހުންނަށް ކޮވިޑުގެ ވޭން މާބޮޑު
ވެކްސިން ހޯދަން މުޅި ދުނިޔެ އިންޑިއާ އަށް ބަރޯސާވެފައި
ކޮވިޑްގެ އަސްލު ވައިރަސް މިހާރަކު ނުފެނޭ
ކޮވިޑް ވެކްސިންގެ ބޫސްޓަ ޑޯޒް ޖަހަން ހުޅުވާލައިފި
އެމެރިކާގައި އޮމިކްރޯންގެ ނިސްބަތް 73 ޕަސެންޓަށް
އެމެރިކާ އާއި ޔޫރަޕްގައި އޮމިކްރޯންގެ ބިރު ބޮޑުވަނީ
ކޮވިޑް ވެކްސިން މަޖުބޫރުކުރުމާ މެދު ވިސްނަންވެއްޖެ
ކޮވިޑް ވެކްސިން ޖެހުން ނޫން ގޮތެއް ނެތް: ޖަރުމަން
އޮސްޓްރިއާ އަނެއްކާވެސް ފުރަބަންދަކަށް
ފައިޒާ ވެކްސިން 5-11 އަހަރުގެ ކުދިންނަށް ރަނގަޅު