ކޮވިޑް-19 ރޯގާ ޖައްސާ އަސްލު ވައިރަސް މިހާރު އިންސާނުންގެ ހަށިގަނޑުން ނުފެންނަ ކަމަށް، ކޮރޯނާވައިރަސްގެ ދިރާސާކުރައްވާ އިސް ސައެންސްވެރިއަކު އިއްޔެ ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 ރޯގާ ޖައްސާ އަސްލު ވައިރަސް މިހާރު އިންސާނުންގެ ހަށިގަނޑުން ނުފެންނަ ކަމަށް، ކޮރޯނާވައިރަސްގެ ދިރާސާކުރައްވާ އިސް ސައެންސްވެރިއަކު އިއްޔެ ވިދާޅުވެއްޖެ އެވެ.
ޖަރުމަން ވިލާތުގެ ވެކްސިން ކުންފުނި ބަޔޯއެންޓެކްގެ ވެރިޔާ ޕްރޮފެސަރު އޫރް ޝާހީން ވިދާޅުވި ގޮތުގައި ކޮވިޑް-19 ޖެހޭ މީހުންގެ ހަށިގަނޑުން މިހާރު މުޅިން ވެސް ފެންނަނީ، އެ ރޯގާ ޖައްސާ އަސްލު ވައިރަހުން އުފެދިގެން ފެތުރުނު ފަހުގެ ޖީލުތަކުގެ ވައިރަސްތަކެވެ. އެ ރޯގާ ޖައްސާ އަސްލު ވައިރަސް މިހާރު އެއްގޮތަކަށް ވެސް އިންސާނުންގެ ހަށިގަނޑުން ނުފެންނަ ކަމަށް ވެސް، އޭނާ ވިދާޅުވި އެވެ.
އެންމެ ހަލުވިކަމާއެކު 2020 އަދި 2021 ވަނަ އަހަރު ކޮވިޑް ފެތުރުނު ދުވަސްވަރު، އެ ރޯގާ އެންމެ ބޮޑަށް ފެތުރިގެން ދިޔައީ، އަސްލު ވައިރަހަށް ބޮޑެތި ބަދަލުތަކެއް އައިސް، އަސްލު ވައިރަހަށް ވުރެ ވެސް ނުރައްކާތެރިކަން ބޮޑު ގޮތެއްގައި އުފެދުނު، އަލްފާ އަދި ޑެލްޓާ ކިޔާ ދެ ބާވަތުގެ ވައިރަހުންނެވެ.
ނަމަވެސް އެ ދެ ބާވަތުގެ ކޮވިޑް ވައިރަސް ވެސް މިހާރު އިންސާނުންގެ ހަށިގަނޑުން ފެންނަ މިންވަރު ދަނީ ދުވަހުން ދުވަހަށް ދަށަށް ކަމަށާއި، އެ ދެ ބާވަތުގެ ވައިރަސް ވެސް ނެތިގެން ދިއުމުގެ ކޮޅުމަތި ފެންނަ ކަމަށް ޑރ. އޫރް ޝާހީން ވިދާޅުވި އެވެ. ފައިޒާ ވެކްސިން އުފެއްދުމުގައި ވެސް އިސް ދައުރެއް އަދާކުރެއްވި ޑރ. އޫރް ޝާހީން ވިދާޅުވި ގޮތުގައި މިހާރު ދުނިޔޭގެ އެކި ގައުމުތަކުގައި ކޮވިޑް-19 ފެތުރެމުން ދަނީ، ކޮވިޑް ވައިރަހުގެ ބާވަތެއް ކަމަށްވާ އޮމިކްރޯންގެ ނަން ދީފައިވާ ވައިރަހުންނެވެ.
ކޮވިޑް ޖައްސާ ވައިރަހުގެ އަސްލު ގެއްލި، ފަހުން އުފެދުނު އާ ބާވަތްތަކުގެ ވައިރަސްތަކަށް އަމާޒުކޮށް، ކޮވިޑް ވެކްސިނަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް، އެމެރިކާގެ ފައިޒާ ކުންފުންޏާއި ޖަރުމަންގެ ބަޔޯއެންޓެކް ކުންފުނިން މިހާރު ވަނީ ފަށައިފަ އެވެ. ކޮވިޑާ ދެކޮޅަށް ބޭނުންކުރާ ފައިޒާ ވެކްސިން ވެސް އުފެއްދީ މި ދެ ކުންފުނި ގުޅިގެންނެވެ.
ޗައިނާގެ ވޫހާން ސަހަރުން ކޮވިޑް-19ގެ ނުރައްކާތެރި ވައިރަސް ފެނި އެކި ގައުމުތަކަށް ފެތުރެން ފެށުމާ ގުޅިގެން، ޖެނުއަރީ 2020 ގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔޫއެޗްއޯ) އިން، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މުޅި ދުނިޔެއަށް އިއުލާންކުރި އެވެ. ނަމަވެސް، އެ ރޯގާ މިހާރު ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާތީ، ކޮވިޑް ވައިރަހަކީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަންޖެހޭ ވައިރަހެއް ނޫން ކަމަށް، މި އަހަރުގެ މެއި މަހު ޑަބްލިޔޫއެޗްއޯ އިން ވަނީ އިއުލާން ކޮށްފަ އެވެ.
ބަޔޯއެންޓެކް ކުންފުނިން ބުނި ގޮތުގައި ކޮވިޑް-19 ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވި، ކޮވިޑް ޖައްސާ ވައިރަހުގެ ބާރު ވެސް ދަށްވެފައިވާތީ، އެ ކުންފުނީގެ ކޮވިޑް ވެކްސިންގެ ވިޔަފާރި އަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ އަށް މަސް ދުވަހުގެ ތެރޭގައި ކޮވިޑް ވެކްސިން ވިއްކައިގެން އެ ކުންފުންޏަށް 1.84 ބިލިއަން ޑޮލަރުގެ ފައިދާއެއް ލިބުނެވެ.
ކޮވިޑް ފެތުރެމުން ދިޔަ ނިސްބަތަށް ބަލައި އުފައްދާފައި ހުރި ކޮވިޑް ވެކްސިންތައް މިހާރު ނުވިކޭތީ، މި އަހަރުގެ ފުރަތަމަ އަށް މަސް ދުވަހުގެ ތެރޭގައި އެ ކުންފުންޏަށް 209.4 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިއްޖެ އެވެ. އެ ކުންފުނިން އަންދާޒާ ކޮށްފައި އޮތީ، މިއަހަރުގެ ތެރޭގައި 5.5 ބިލިއަން ޑޮލަރުގެ ކޮވިޑް ވެކްސިން ވިއްކޭނެ ކަމަށެވެ.
ނަމަވެސް، ކޮވިޑް ފެތުރުން ދަށްވެ ވެކްސިން ވިކޭ މިންވަރު ވެސް ދަށްވެފައިވާތީ، ކޮވިޑް ވައިރަހާ ބެހޭ ގޮތުން އިތުރު ދިރާސާތައް ކުރުމަށް ކަނޑައަޅާފައިވާ ބަޖެޓުން ވެސް 2.42 ބިލިއަން ޑޮލަރަށް ވުރެ އިތުރު ނުކުރުމަށް އެ ކުންފުނިން މިހާރު ވަނީ ނިންމައިފަ އެވެ.
ޗައިނާ އިން ފުރަތަމަ ފަހަރަށް 2019 ވަނަ އަހަރުގެ ފަހުކޮޅު ފެނުނު ކޮވިޑް-19 ރޯގާ މުޅި ދުނިޔެއަށް ފެތުރި، މިހާތަނަށް 6.9 މިލިއަން މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ބަޔަކަށް ކޮވިޑް ޖެހުނީ ވެސް އަދި އެންމެ ގިނަ ބަޔަކު މި ބަލީގައި މަރުވީ ވެއް އެމެރިކާ އިންނެވެ.
އެމެރިކާގައި 107 މިލިއަން މީހަކަށް ކޮވިޑް ޖެހުނު އިރު އެ ގައުމުން މަރުވި މީހުންގެ އަދަދު ވަނީ 1.1 މިލިއަނަށް އަރައިފަ އެވެ.
އެމެރިކާއިން ކޮވިޑްގެ ވަބާއީ ހާލަތު ފިލައިފި: ބައިޑެން
ކޮވިޑް-19 ނިމުމުގެ ކޮޅުމަތި އެބަފެނޭ: ޑަބްލިޔޫއެޗްއޯ
ކޮވިޑާ ދެކޮޅަށް އުތުރު ކޮރެއާ ނުކުތީ ވެކްސިނެއް ނެތި
ޗައިނާގެ ވެކްސިން ޖެހި މީހުންނަށް ކޮވިޑުގެ ވޭން މާބޮޑު
އެމެރިކާގައި އޮމިކްރޯންގެ ނިސްބަތް 73 ޕަސެންޓަށް
އޮމިކްރޯން ފެތުރުން ހަލުވި، ވެކްސިންގެ ބާރު ދަށްވޭ
ކޮވިޑް ވެކްސިން މަޖުބޫރުކުރުމާ މެދު ވިސްނަންވެއްޖެ
ކޮވިޑް ވެކްސިންގެ ދިފާއު ހަ މަސް ފަހުން ދަށަށް ދޭ
ފައިޒާ އާއި އެސްޓްރާޒެނެކާ، ޑެލްޓާ ބާވަތަށް ރަނގަޅު
ވެކްސިން ހޯދަން މުޅި ދުނިޔެ އިންޑިއާ އަށް ބަރޯސާވެފައި