މަސައްކަތުގެ މާހައުލުގައި އެކަކު އަނެކަކަށް އިހުތިރާމުކޮށް ގުޅިގެން މަސައްކަތްކުރުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާނެ ކަމަށާއި އެގޮތަށް މަސައްކަތް ނުކުރާ މުވައްޒަފުން ވަގުތުން މަގާމުން ވަކިކުރައްވާނެކަމުގެ އިންޒާރު އެމެރިކާގެ އާ ރައީސް ޖޯ ބައިޑެން ދެއްވައިފި އެވެ.
25 ޖެނުއަރީ 2021
މަސައްކަތުގެ މާހައުލުގައި އެކަކު އަނެކަކަށް އިހުތިރާމުކޮށް ގުޅިގެން މަސައްކަތްކުރުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާނެ ކަމަށާއި އެގޮތަށް މަސައްކަތް ނުކުރާ މުވައްޒަފުން ވަގުތުން މަގާމުން ވަކިކުރައްވާނެކަމުގެ އިންޒާރު އެމެރިކާގެ އާ ރައީސް ޖޯ ބައިޑެން ދެއްވައިފި އެވެ.
މިދިޔަ ބުދަ ދުވަހު މަގާމާ ހަވާލުވެވަޑައިގެން ސިޔާސީ މަގާމުތަކަށް އައްޔަންކުރި 1،000 އެއްހާ މީހުންގެ މަގާމުގެ ހުވާކުރަން ވާޗުއަލްކޮށް ބޭއްވި ބައްދަލުވުމުގައި ބައިޑެން ވިދާޅުވީ އޭނާގެ ސަރުކާރުގައި ހުރިހާ ގިންތިއެއްގެ މީހުންނަށް ވެސް ލިބެންވާ ހައްގު އިހުތިރާމާއި ޝަރަފު އޮންނާނެ ކަމަށެވެ.
"މިއީ ޖޯކަކަށް ދައްކާ ވާހަކައެއް ނޫން. އަހަންނާ އެކު މަސައްކަތްކުރަން ބޭނުމިއްޔާ އެކަން ކުރަން ވާނީ ގުޅިގެން އެކަކު އަނެކަކަށް އިހުތިރާމުކޮށްގެން. އެކަކު އަނެކަކު ދަށްކޮށްލައި، ވާހަކަ ދެއްކުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން،" އެމެރިކާގެ ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ ބައިޑެން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެފަދަ މައްސަލަތައް ފާހަގަކުރެވޭ މުވައްޒަފުން ވަގުތުން މަގާމުން ވަކިކޮށް ފިޔަވަޅު އަޅާނެ އެވެ.
"[If] I hear you treat another colleague with disrespect, talk down to someone, I promise I will fire you on the spot"
— BBC News (World) (@BBCWorld) January 20, 2021
Speaking to White House staff, President Joe Biden says dignity has been "missing" these past four years https://t.co/rkHtZRRNH2 pic.twitter.com/dpfzB8Ztto
"މިކަމުގައި ދެއްކޭނެ އެއްވެސް ބަހަނާއެއް ނޯންނާނެ،" ބައިޑެން ވިދާޅުވި އެވެ.
ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ވެސް، އެމެރިކާ އަލުން ބިނާކޮށް ދުނިޔޭގެ ކުރިމަތީގައި ގަދަރާއި އިހުތިރާމު ލިބިގެންވާ ގައުމަކަށް ހެދޭނީ ގުޅިގެން ސުލްހަވެރިކަމާ އެކު ކުރެވޭ މަސައްކަތުކަން ފާހަގަކުރެއްވި އާ ރައީސް މުވައްޒަފުންނަށް ވެސް އެ ވާހަކަ ތަކުރާރުކޮށް ދެއްވި އެވެ.
"އެކުވެރިކަމާއި އެއްބައިވަންތަކަމާ އެކީގައި ނޫނީ ސުލްހަމަސަލަސް ކަމެއް ވެސް ނާންނާނެ. ބައިބައިވާ ގޮތަށް ކަންކަން ކުރެވޭނެ ނަމަ އޭގެން ނުކުންނާނީ ހުސް ހިތި ނަތީޖާ،" ސިޔާސީ ދާއިރާ އިން ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ބައިޑެން ވިދާޅުވި އެވެ. "ސިޔާސީ ކަންކަމަކީ ހުޅު ރޯކުރަން އޮތް ވަސީލަތަކަށްވެގެން ނުވާނެ. ކޮންމެ ދެބަސްވުމަކީ ހަނގުރާމައަކަށް ދާން ޖެހޭ ކަމެއް ނޫން."
އޭނާ ވިދާޅުވި ގޮތުގައި ނިމުނު ހަތަރު އަހަރުގެ ދައުރުގެ ތެރޭގައި ގައުމު އޮތީ ވަރަށް ބޮޑަށް ބައިބައިވެ ރޫޅިފަ އެވެ. އެހެންވެ އެ ތަޖުރިބާގެ ހިދްދަތިކަމުން ވެސް އަރައިގަނެވޭނީ އެކަކު އަނެކަކަށް އޮންނަ ލޯތްބާއި އިހުތިރާމާއި ގަދަރު ހިފަހައްޓައިގެން ކަމަމަށް ވިދާޅުވި އެވެ.
"އަހަރެން މި ގޮވާލަނީ އެކަމަށް. ކުރިއެރުން ލިބޭނީ އެ އުސޫލުތަކުގެ މަތިން އަހަރެމެން މަސައްކަތްކޮށްގެން،" ބައިޑެން ވިދާޅުވި އެވެ.
ބައިޑެންގެ ދެކަނބަކުން ބުޅަލެއް އެޑޮޕްޓްކުރައްވަނީ
ބައިޑެންގެ ކުއްތާތައް ވައިޓް ހައުސް އިން ބޭރުކޮށްފި
ޓްރަމްޕާ ވާދައަށް ފްލޮރިޑާގެ ގަވަރުނަރު ނުކުންނަވައިފި
ބައިޑެން ޗައިނާ އަށް: ނަމަނަމަ ގޯހެއް ނުހަދާތި
ބައިޑެންގެ އަމިއްލަ އޮފީހުން ސިއްރު ލިޔުންތަކެއް
ޔޫކްރޭން ދުވަހަކު ވެސް އެކަންޏެއް ނުވާނެ: ބައިޑެން
ދެކުނު ކޮރެއާ- އެމެރިކާއަސްކަރީ ފަރިތަކުރުން ފުޅާކުރަނީ
ކަމަލާގެ ނަން ބޭނުންކޮށްގެން ވިޔަފާރިނުކުރަން އަންގައިފި
ބާނީ ސޭންޑާޒް ވޫލް ބުދަކަށް 40،000 ޑޮލަރު
ބައިޑެންގެ ރޮލެކްސް ގަޑި ބަހުސަކަށް ވެއްޖެ