ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާނެ ތާރީޚަކާ މެދު އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވެއްޖެ އެވެ.
26 ޖެނުއަރީ 2021
ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާނެ ތާރީޚަކާ މެދު އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވެއްޖެ އެވެ.
އިންތިޚާބުގެ ތާރީޚް ފައިނަލްކުރަން ކޮމިޝަނުން ރޭ ބޭއްވި ބައްދަލުވުން ނިންމާލަން ޖެހުނީ ގޮތެއް ނުނިންމި އެވެ.
ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް މިއަދު ވިދާޅުވީ ހިޔާލު ތަފާތުވުން އުފެދި، އެޕްރީލް މަހުގެ ތެރޭގައި އިންތިޚާބު ބާއްވާނީތޯ ނުވަތަ އެއަށް ވުރެން ލަސް ތާރީޚަކަށް ބަދަލުކުރާނީތޯ ކުރެވުނު މަޝްވަރާތަކަށް ގޮތެއް ނުނިމުނު ކަމަށެވެ. އެހެންވެ މިއަދު އަނެއްކާ ވެސް ކޮމިޝަންގެ ބައްދަލުވުމެއް ބާއްވަން އޮތީ ނިންމައިފަ އެވެ.
"ތާރީޚަކާ މެދު ހިޔާލުތަފާތުވުން ހުރީ، މިއަދު އަނެއްކާވެސް ގޮތެއް ނިންމަން ބައްދަލުވުމެއް ބާއްވާނެ،" ޝަރީފް ވިދާޅުވި އެވެ.
ފަސް މެމްބަރުންގެ ކޮމިޝަންގައި މިހާރު ތިއްބެވީ ހަތަރު މެމްބަރުންނެވެ.
އީސީން ކުރިން ތާވަލްކޮށްފައި އޮތީ މާޗް ހައެއްގައި އިންތިޚާބު ބާއްވާށެވެ. އެކަމަކު އިންތިޚާބު ލަސްކުރަން ފާސްކުރި ގާނޫނުގައި، އިންތިޚާބުގެ ތައްޔާރީތައް ފެށޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުން ކަމަށް ލިއެފައި އޮތުމުން އެ މުއްދަތުގައި ނުބޭއްވުނީ އެވެ. މަޖިލީހުން މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އޮތަސް އިންތިޚާބު ބޭއްވޭ ގޮތަށް ގާނޫނު އިސްލާހުކޮށްފަ އެވެ.
އިންތިޚާބު ލަސްވާ މައްސަލައިގައި އިދިކޮޅު ޕީޕީއެމާއި ޕީއެންސީން އިއްޔެ ވަނީ މުޒާހަރާކޮށްފަ އެވެ. ސަރުކާރުން ގަސްތުގައި އިންތިޚާބު ލަސްކުރަނީ ކަމުގެ ތުހުމަތު އިދިކޮޅުން ކުރެ އެވެ. އެކަމަކު، ވެރިކަން ކުރާ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެމްބަރުން ވިދާޅުވަނީ އިންތިޚާބު ލަސްކުރުމަކީ ވިސްނުމެއް ނޫން ކަމަށެވެ.
ކައުންސިލް އިންތިޚާބަށް ސިޔާސީ ޕާޓީތަކާއި އަމިއްލަ ގޮތުން 4،172 އަށް ވުރެން ގިނަ މީހުން ކުރިމަތިލާފައިވާއިރު، މިހާތަނަށް 100 އަށް ވުރެން ގިނަ ކެންޑިޑޭޓަކު ވަނީ ނަން އަނބުރާ ނަގައިފަ އެވެ. ކޮވިޑުގެ ހާލަތާ ގުޅިގެން އިންތިޚާބު ފަސްކުރަން ފާސްކޮށްފައިވާ ގާނޫނުގެ ދަށުން މި ގޮނޑިތަކަށް ވާދަކުރުމުގެ ފުރުސަތެއް ނުލިބެ އެވެ.
ކައުންސިލް އިންތިޚާބަށް 2،400 މީހުން ކުރިމަތިލައިފި
މިދަނީ އިންތިޚާބުގެ ފަހުގެ ތައްޔާރީތައް ވަމުން: އީސީ
ނަން އަނބުރާ ގެންދިއުން އަންނަ މަހު 11 އަށް
އީސީން އެދޭވަރަށް އިންތިހާބަށް ވަގުތު ދޭން ނިންމައިފި
ކޯޓަށް ދާންޖެހުނީ އެއީ އަމަލު ކުރާ ގޮތް ކަމަށް ވާތީ
އިންތިޚާބު ފަސް ކުރުމުގެ ބާރު އީސީއަށް އޮތުން ގޯސް
އިންތިޚާބު ފަސް،ކުރާ މައްސަލަ ސުޕްރީމް ކޯޓަށް
އިންތިޚާބު ފަސްކުރަން ހައި ކޯޓަށް ހުށަހަޅައިފި
އިންތިޚާބު ބާއްވާ! އެކަމަކު ވޯޓެއް ނުލާނަން!
ގައުމީ ލަފާދޭ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ