18 މާޗް 2020
ކޮވިޑް-19 އާ ގުޅިގެން، ގާނޫނު ބުނާ މުއްދަތުގައި އިންތިޚާބު ބޭއްވެން ނެތިގެން އެ ކަމަށް ހައްލެއް ހޯދައިދިނުމަށް އެދި ކޯޓަށް ހުށަހެޅީ އެއީ ކުރިން ވެސް އަމަލު ކުރަމުން އައި އުސޫލު ކަމަށް ވާތީ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް މިރޭ ވިދާޅުވި އެވެ.
ކޮވިޑް-19 އާ ގުޅިގެން، ގާނޫނު ބުނާ މުއްދަތުގައި އިންތިޚާބު ބޭއްވެން ނެތިގެން އެ ކަމަށް ހައްލެއް ހޯދައިދިނުމަށް އެދި ކޯޓަށް ހުށަހެޅީ އެއީ ކުރިން ވެސް އަމަލު ކުރަމުން އައި އުސޫލު ކަމަށް ވާތީ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް މިރޭ ވިދާޅުވި އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުލާ ދުވަސް ފަސް ކޮށްދިނުމަށް އެދި އީސީން ފުރަތަމަ އެ މައްސަލަ ހުށަހެޅީ ހައި ކޯޓަށެވެ. އެ ކޯޓުން އެ މައްސަލަ ނެގުމަށް ފަހު، އިއްޔެ ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިން ބާއްވަން ކަނޑައަޅާފައި އޮތީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު އެވެ. ނަމަވެސް ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ހަތަރު މީހަކު ފެނުމާ ގުޅިގެން، އެ ބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރުން ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފެށުމުން، އެ ކަމަށް އެއްބާރުލުން ދިނުމަށްޓަކައި، އެ އިންތިޚާބު އީސީން އެ މަހުގެ 18 އަށް ފަަސްކުރި އެވެ. އެކަމަކު، ކޮވިޑާ ގުޅިގެން ސަރުކާރުން މިދިޔަ ބުރާސްފަތި ދުވަހު އިއުލާން ކުރި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ 30 ދުވަހުގެ މުއްދަތަށް ފަހު، ކެމްޕެއިން ކުރުމަށް އެކަށީގެންވާ މުއްދަތެއް ނުލިބޭ ކަމަށް ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުން ބުނަން ފެށުމުން، އެ މައްސަލައިގައި ގޮތެއް ނިންމައިދޭން އެދި އީސީން ކޯޓު މަރުހަލާ އިޚުތިޔާރު ކުރީ އެވެ.
ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އީސީގެ އެ ނިންމުމަށް ފާޑުވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ މައްސަލަ އަށް ހައްލެއް ހޯދައި ދިނުމަކީ ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭ ކަމެކެވެ.
Inthikhaabu laskuraa nama faruvaa eh hoadhai dheveynee Majileehah: Nasheed
The most trusted news source in the Maldives
Mihaaru
އިންތިޚާބު ފަސްކުރުމަށް ހައްލު ހޯދޭނީ މަޖިލީހަށް ކަމަށް ނަޝީދު ވިދާޅުވުން
މިރޭ ބޭއްވި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި އީސީގެ ރައީސް ޝަރީފް ވިދާޅުވީ ވޯޓްލުން ފަސް ކޮށްދިނުމުގެ އަމުރަކަށް ކޯޓުގައި އެދުނީ މިހާތަނަށް އެކަމުގައި އަމަލުކޮށްފައިވާ ގޮތަކީ އެއީ ކަމަށް ވާތީ ކަމަށެވެ. އެއްވެސް ގޮތަކަށް ކޯޓަށް އެ މައްސަލަ ހުށަހެޅީ މަޖިލީހުގެ މެންޑެއިޓެއް އެހެން ބަޔަކާ ހަވާލު ކުރުމުގެ ނިޔަތުގައި ނޫން ކަމަށް ޝަރީފް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ތަސައްވަރު ވެސް ކުރެވިފައެއް ނެތް ރައްޔިތުންގެ މަޖިލީހުން މި ކަމާ އިސް ނަގާފާނެ ކަމަކަށް. އެކަމާ އުފާވޭ. އަޅުގަނޑަށް އެނގޭ ކޯޓަށް ވުރެ އަވަހަށް މަޖިލީހުގެ ތެރެއިން މިކަން ނިންމިދާނެކަން،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އިންތިޚާބު ފަސް ކުރުމާ ގުޅޭ މައްސަލަ ހައި ކޯޓަށް ހުށަހެޅުމަށް ފަހު، އަނބުރާ ނަގައި ސުޕްރީމް ކޯޓަށް ވެއްދީ އެއީ ދުސްތޫރީ މައްސަލައަކަށް ވާތީ އެގޮތަށް އަމަލު ކުރުމަށް ހައި ކޯޓުން ލަފާ ދިނުމުންނެވެ.
ގާނޫނަށް ބަދަލު ގެންނަން ބޭނުންވާ ގޮތް ހާމަ ކުރައްވަމުން ޝަރީފް ވިދާޅުވީ އީސީގެ އެދުމަކީ އަލުން އިންތިޚާބެއް ބޭއްވުމުގެ ބަދަލުގައި ވޯޓުލާ ދުވަސް ފަސްކޮށްދިނުން ކަމަށެވެ. އެގޮތުން، ރާއްޖޭގެ ހާލަތު އާއްމު ހާލަތަކަށް ބަދަލުވާކަން އިއުލާން ކުރާ ހިސާބުން ފެށިގެން 30 ދުވަސް ފަހުން އިންތިޚާބު ބޭއްވުމަށް ކަނޑައެޅުމަށް އޭނާ އެދިވަޑައިގަތެވެ.
އިންތިޚާބު ނުބޭއްވި ވަނިކޮށް، މިހާރު ހިނގަމުން އަންނަ ކައުންސިލްގެ ދައުރު ހަމަވެ ގާނޫނީ ހުސް ކަމަކަށް ދާތީ، އެކަން ހައްލު ކޮށްދިނުމަށް ވެސް ޝަރީފް މަޖިލީހުގެ މެމްބަރުންގެ އަރިހުން އެދިވަޑައިގަތެވެ. އަދި އިންތިޚާބަށް ވާދަކުރާ ހިސާބުން ފެށިގެން ވަޒީ ފާއިން ސަސްޕެންޑް ވެފައިވާ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ވެސް ހައްލެއް ހޯދައި ދިނުމަކީ އޭނާ ބޭނުންވި ކަމެކެވެ.
ޝަރީފް ވިދާޅުވީ ގާނޫނަށް ގެންނަން ބޭނުންވާ ބަދަލުތަކުގެ ޑްރާޕްޓް މާދަމާ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.
ޝަރީފް ވިދާޅުވި ގޮތުގައި، ވޯޓްލާ ދުވަސް ފަސް ކޮށްގެން އިތުރު ބަޖެޓަކާ ނުލައި އިންތިޚާބު ބޭއްވޭނެ އެވެ. ނަމަވެސް އާ އިންތިޚާބެއް ބާއްވަން ޖެހިއްޖެ ނަމަ ބޮޑު ހޭދައެއް ގޮސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. އަލުން އިންތިޚާބެއް ބާއްވަން ޖެހިއްޖެ ނަމަ މަދުވެގެން 120 ދުވަސް ބޭނުންވާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
ކޮމިޓީގެ މެމްބަރުންގެ ތެރެއިން އިސްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހަމީދު ފިޔަވައި އެހެން ހުރިހާ ބޭފުޅުން ވެސް ވިދާޅުވީި އެކަމުގައި ގޮތް ނިންމަން ޖެހޭނީ ގާނޫނަށް މާއްދާއެއް އިތުރުކޮށްގެން މަޖިލީހުން ކަމަށެވެ. ނަމަވެސް އަލީ ހަމީދު ވިދާޅުވީ އީސީން ކޯޓަށް ދިއުމަކީ ރަނގަޅަށް ކުރި ކަމެއް ކަމަށާއި އެފަދަ ދުސްތޫރީ މައްސަލަތަކުގައި ކޯޓަށް ދެވޭނެ ކަމަށެވެ.
ކޮމިޓީގެ މިރޭގެ ބައްދަލުވުން ނިންމައިލައްވަމުން މުގައްރިރު މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ، އެ ކަމުގައި ކުރަން ޖެހޭ މަސައްކަތްތައް އަވަސް ކަމާ އެކު އެ ކޮމިޓީން ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން، ބަންޑާރަ ނައިބުގެ ލަފާ ވެސް ހޯއްދަވާނެ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
"މި ކަމުގައި ހައްލު ހޯދަން ކޯޓަށް ވަޑައިނުގަތުން. އަޅުގަނޑުމެން ކޮމިޓީގެ ފަރާތުން ގާނޫނަށް ގެންނަން ޖެހޭ އިސްލާހެއް ގެނައުމުގެ މަސައްކަތާއި މި ކަމުގައި ހައްލު ހޯދައި ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ދަންނަވަން،" ކޮމިޓީން ބޭނުންވާ ގޮތް އީސީގެ މެމްބަރުންނަށް އޮޅުން ފިލުއްވައި ދެއްވަމުން ރޮޒައިނާ ވިދާޅުވި އެވެ.
އިންތިޚާބު ފަސް ކުރުމުގެ ބާރު އީސީއަށް އޮތުން ގޯސް
އީސީން އެދޭވަރަށް އިންތިހާބަށް ވަގުތު ދޭން ނިންމައިފި
ކުއްލި ހާލަތު އޮތަސް އިންތިހާބު ބާއްވަން އީސީ ބޭނުންވޭ
އެމްޑީޕީއަށް 400 ގޮނޑި، ޕީޕީއެމަށް 325 ގޮނޑި
އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނުކުރަން މިރޭ ފަށަނީ
ތިން ފޮއްޓެއްގެ ވޯޓު މާދަމާ ގުނަން ނިންމައިފި
ހަމަނުޖެހުމާ ގުޅިގެން ޕާޓީތަކުން ހަދަނީ ދޮގު: އީސީ
ވޯޓުލާނެ ކަމަށް ލަފާކުރެވެނީ 38-40 ޕަސެންޓް މީހުން
ދިއްފުށީގައި ކަރަންޓީނުގައި 500 މީހުން
ވޯޓު ލާނެ ބަޔަކު ނެތް، ފޯރިއެއް ވެސް ނެތް!