Roadha Mihaaru
އިންތިޚާބު ފަސް،ކުރާ މައްސަލަ ސުޕްރީމް ކޯޓަށް

އިންތިޚާބު ފަސް ކުރަން ހުށަހެޅި މައްސަލަ ހައި ކޯޓުން ނަގައި ސުޕްރީމް ކޯޓަށް ހުށަހަޅައިފި

17 މާޗް 2020

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު ފަސް ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ން ހައި ކޯޓަށް ހުށަހެޅި މައްސަލަ ނެގުމަށް ފަހު، އެ މައްސަލަ ސުޕްރީމް ކޯޓަށް އިއްޔެ ހުށަހަޅައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު ފަސް ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ން ހައި ކޯޓަށް ހުށަހެޅި މައްސަލަ ނެގުމަށް ފަހު، އެ މައްސަލަ ސުޕްރީމް ކޯޓަށް އިއްޔެ ހުށަހަޅައިފި އެވެ.

ގާނޫނު ބުނާގޮތުން، ހިނގާ ކައުންސިލްގެ ދައުރު ހަމަވުމުގެ މަސް ދުވަސް ކުރިން އާ ކައުންސިލަރުން އިންތިޚާބު ކުރަންޖެހެ އެވެ. އެހެންކަމުން އަންނަ މޭ މަހުގެ ތިން ވަނަ ދުވަހުގެ ކުރިން އިންތިޚާބުގެ ކަންކަން ނިންމަންޖެހެ އެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން އެ މުއްދަތުގައި އެކަން ނުކުރެވޭނެތީ، އީސީން މިދިޔަ އާދިއްތަ ދުވަހު ވަނީ އެ މައްސަލަ ހައި ކޯޓަށް ހުށަހަޅައިފަ އެވެ.

BREAKING: Council thakuge inthikhaabu fasskuran High court ah hushalhaifi

BREAKING: Council thakuge inthikhaabu fasskuran High court ah hushalhaifi

The most trusted news source in the Maldives

Mihaaru

އިންތިޚާބު ފަސް ކުރަން ހައި ކޯޓަށް ހުށަހެޅުން--

އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް، "މިހާރު" އަށް މިއަދު ވިދާޅުވީ، އެ މައްސަލަ ހައި ކޯޓުން ނެގުމަށް ފަހު، ސުޕްރީމް ކޯޓަށް ހުށަހެޅީ މައްސަލައިގެ ބާވަތުން ކަމަށެވެ. އެއީ، އާ ކައުންސިލެއް އިންތިޚާބު ނުކުރެވޭ ހާލަތެއްގައި ގައުމު ދުސްތޫރީ ހުސް ކަމަކަށް އަތުވެދާނެތީ، އެކަމުގައި ސުޕްރީމް ކޯޓުގެ ނިންމުމެއް މުހިންމު ވާތީ ކަމަށް އަކްރަމް ވިދާޅުވި އެވެ.

"ހައި ކޯޓުގެ ނިންމުމެއް އެޕީލް ކުރުމުގެ ފުރުސަތު ވެސް އެބައޮވޭ. މި ދަނޑިވަޅުގައި ވަގުތު ނެތުމުން ސުޕްރީމް ކޯޓުގެ ނިންމުމަކަށް އެދި މި ހުށަހެޅީ،" އަކްރަމް ވިދާޅުވި އެވެ.

ކުރިން އޮތް ގޮތުން އިންތިޚާބު ބޭއްވުމަށް ނިންމާފައި ވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ނަމަވެސް، ރާއްޖެ އިން ވެސް ކޮރޯނާވައިރަސް ޖެހިފައިވާ 13 މީހަކު ފެނި، ހާލަތު އިތުރަށް ގޯސްވެދާނެތީ، ސަރުކާރުން ވަރުގަދަ ފިޔަވަޅުތަކެއް އެޅުމާ ގުޅިގެން އިންތިޚާބު އަންނަ މަހުގެ 18 އަށް ފަސް ކުރީ އެވެ. ހައި ކޯޓުގެ ލަފަޔަކަށް އެދި ހުށަހެޅީ އެ މުއްދަތުގައި ވެސް އިންތިޚާބު ބޭއްވޭނެ ކަމުގެ ޔަގީންކަން އީސީ އަށް ނެތުމުންނެވެ.

އެއާ އެކު، ސުވާލު އުފެދިފައި ވަނީ އާ ކައުންސިލަރުން އިންތިޚާބު ނުކުރެވި ވަނިކޮށް، މިހާރު މި ހިނގާ ދައުރު ހަމަވުމުން ދެން ކަންތައް ވާނެ ގޮތަކާ މެދު އެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެފައިވާ ގޮތުގައި، އާ ކައުންސިލަރުން އިންތިޚާބު ނުކުރެވިއްޖެ ހާލަތެއްގައި އަމަލު ކުރާނެ ގޮތެއް ކަނޑައެޅުމަށް ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކޯޓުގައިވާ މައްސަލަ އަށް ތަދައްހުލު ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުވެސް ކޯޓުގެ އަމުރަކުން ފަސް ކުރި އެވެ. އެފަހަރު ކޯޓުން އަމުރު ކުރީ އާ ކައުންސިލަރުން އިންތިޚާބު ވަންދެން އޭރު ހިނގަމުން ދިޔަ ކައުންސިލްތައް ދެމިއޮންނާނެ ކަމަށެވެ.