08 ނޮވެމްބަރ 2016
އާސަންދަ އަށާއި ސަބްސިޑީތަކަށް ދައުލަތުގެ ބަޖެޓުން ކުރާ ހޭދަ އަންނަ އަހަރު ވަރަށް ބޮޑަށް ކުޑަކުރަން ސަރުކާރުން މިއަދު ހުށަހަޅައިފި އެވެ.
އާސަންދަ އަށާއި ސަބްސިޑީތަކަށް ދައުލަތުގެ ބަޖެޓުން ކުރާ ހޭދަ އަންނަ އަހަރު ވަރަށް ބޮޑަށް ކުޑަކުރަން ސަރުކާރުން މިއަދު ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އަންނަ އަހަރަަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ވާ ގޮތުން ހުރިހާ ދިވެހިންނަށް ޔުނިވާސަލް ހެލްތު އިންޝުއަރެންސް ދިނުމަށް އާސަންދަ އަށް ދައްކަން ޖެހޭ ފައިސާ އަށް އިސްލާހީ ބަދަލުތަކެއް ގެނެސް، މިކަމަށް ސަރުކާރުން ކުރާ ހޭދަ ކުޑަކުރަން ވަނީ ނިންމައިފަ އެވެ. އެކަމަކު، އޭގެ ތަފްސީލެއް ބަޖެޓުގައި ހިމަނާފައެއް ނެތެވެ.
މި އަހަރެކޭ އެއްގޮތަށް، އަންނަ އަހަރުގެ ބަޖެޓުން ވެސް ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ އާސަންދަ ކުންފުންޏަށް ދޭން ކަނޑައަޅާފައި ވަނީ 38 މިލިއަން ރުފިޔާ އެވެ.
އެކަމަކު، އާސަންދަ ވެސް ހިމެނޭ ގޮތަށް އިޖުތިމާއީ ރައްކާތެރިކަމަށް ދައުލަތުން ކުރާ ހޭދަ 1.5 ބިލިއަން ރުފިޔާ އިން އަންނަ އަހަރު 856 މިލިއަން ރުފިޔާ އަށް ކުޑަކުރަން ބަޖެޓުގައި ވަނީ ހުށަހަޅައިފަ އެވެ. އެ ގޮތުން، ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އަށް އަންނަ އަހަރު ދޭން ހުށަހަޅާފައި ވަނީ 731 މިލިއަން ރުފިޔާ އެވެ.
އެކަމަކު އެ ބަދަލާ ގުޅިގެން މިހާރު ދެމުން އަންނަ އެކި އެލަވެންސްތަކާއި ސަބްސިޑީތަކަށް އެއްވެސް ބަދަލެއް އަންނާނެ ކަމެއް އަދި ނޭނގެ އެވެ.
އާސަންދަ އާއި ސަބްސިޑީ އަދި އެހީ އަށް ސަރުކާރުން ކުރާ ހޭދަ ކުޑަކުރާއިރު، ކާޑުގެ ބާވަތްތަކުގެ ކޮންޓްރޯލް އަގު ބޮޑުކޮށް، އެ ތަކެއްޗަށް ދެމުން އައި ސަބްސިޑީ ވަނީ ކުޑަކޮށްފަ އެވެ. މިދިޔަ މަހު ގެނައި މި ބަދަލާ އެކު ހަނޑޫ، ހަކުރު އަދި ފުށް ގަންނަން މިހާރު ސަބްސިޑީ ލިބެނީ އެ ކަމަށް އެދި އެންސްޕާ އަށް ހުށަހަޅާ މީހުންގެ ތެރޭން ޝަރުުތު ހަމަވާ ފަރާތްތަކަށެވެ.
އެ ބަދަލާ ގުޅިގެން ދައުލަތުގެ ބަޖެޓުން އަހަރަކު 140 މިލިއަން ރުފިޔާ ސަލަމާތް ކުރެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
އާސަންދަ ކުޑަ ކުރިޔަސް، ސަރުކާރުގެ ހޮސްޕިޓަލް، އައިޖީއެމްއެޗަށް ދައުލަތުގެ ބަޖެޓުން ކުރާ ހޭދަ އަންނަ އަހަރު ވަރަށް ބޮޑަށް އިތުރުކުރަން ވަނީ ނިންމައިފަ އެވެ. އެ ގޮތުން، މި އަހަރު 842 މިލިއަން ރުފިޔާ ދިން އައިޖީއެމްއެޗަށް އަންނަ އަހަރު 2.3 ބިލިއަން ރުފިޔާ ދޫކުރަން ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ. އެއީ އާއްމު ތަރައްގީގެ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ބަޖެޓުން އެންމެ ބޮޑު އަދަދެއް ކަނޑައަޅާފައިވާ މަޝްރޫއު ކަމަށްވާ އައިޖީއެމްއެޗުގެ 25 ބުރީގެ އާ އިމާރާތަށް ކުރާ 1.3 ބިލިއަން ރުފިޔާގެ ބޭރުންނެވެ. އެހެންވެ، އައިޖީއެމްއެޗަށް ޖުމްލަ 3.6 ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކުރާނެ އެވެ.
އައިޖީއެމްއެޗްގެ އާ އިމާރާތް ހެދުމުގެ މަސައްކަތްކުރަނީ. އައިޖީއެމްއެޗަށް އަންނަ އަހަރު ޖުމްލަ 3.6 ބިލިއަން ރުފިޔާ ހަރަދު ކުރަން ވަނީ ހުށަހަޅާފައި.
އަންނަ އަހަރަށް ލަފާކުރާ 26.8 ބިލިއަން ރުފިޔާގެ ބަޖެޓު މިއަދު ހުށަހެޅިއިރު، ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 21.9 ބިލިއަން ރުފިޔާ އެވެ. އެއީ ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ 14.1 ބިލިއަން ރުފިޔާ އާއި ޓެކްސްގެ ބޭރުން ލިބޭނެ ކަމަށް ބެލެވޭ 4.8 ބިލިއަން ރުފިޔާ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވޭ 878 މިލިއަން ރުފިޔާ އަދި އާމްދަނީ އިތުރުކުރަން ހުށަހަޅާފައިވާ ކަންކަމުން ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ދެ ބިލިއަން ރުފިޔާާ އެވެ.
އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް ހުންނާނީ، ބަޖެޓުގައި އަންދާޒާކޮށްފައިވާ ގޮތުގައި، 303.7 މިލިއަން ރުފިޔާގަ އެވެ. އެއީ ގައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ)ގެ ނިސްބަތުން ފަސް ޕަސެންޓް ކަމަށް ވާއިރު، އަންނަ އަހަރުގެ ބަޖެޓުގައި 1.1 ބިލިއަން ރުފިޔާ އަރަނި ވާނެ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 1.7 ޕަސެންޓެވެ.
ބަޖެޓާ ގުޅޭ ގޮތުން މަޖިލީހުގައި ބަހުސް ކުރަން ހަމަޖައްސާފައި ވަނީ އަންނަ ހޯމަ ދުވަހު އެވެ. އެކަމަކު، ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ މަސައްކަތްތައް މިހާރު ވެސް ކުރެވޭނެ އެވެ.
ރެކޯޑު އަދަދަކަށް މި އަހަރު އާސަންދަ އަށް ހަރަދުކޮށްފި
އެއްހަމައަކުން އާސަންދަ ދިނުން ބަދަލުކުރަން ގާނޫނެއް
އާސަންދަ އާއި މުސާރަ ކުޑަ ނުވާނެ، މަދުކުރާނީ އިސްރާފު
އިންޝުއަރެންސް ކުންފުނިތަކުން ކޭޝްލެސް ހިދުމަތް ފަށައިފި
ފައިސާ ދައްކަން ޖެހޭ ހާލަތުގައި އާސަންދަ ލިބޭނެ
އެލައިޑުން ކޭޝްލެސް ސާވިސް އަލުން ފަށައިފި
އިންޝުއަރެންސްތަކަކުން ކޭޝްލެސް ސާވިސް މެދުކަނޑާލައިފި
ފުލުހުން/ސިފައިންނަށް ކުރިއެކޭ އެއްގޮތަށް އާސަންދަލިބޭނެ
ދެން އާސަންދަ ލިބޭނީ އެހެން އިންޝުއަރެންސަށް ކަނޑާފައި
އަމިއްލަ އިންޝުއަރެންސުން ފުރަތަމަ ކެނޑުން މިއަހަރު