އަންނަ ބުރާސްފަތި ދުވަހު ފަށަން ތާވަލުކޮށްފައި އޮތް ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް މި މަހު 10 ވަނަ ދުވަހަށް ފަސްކޮށްފި އެވެ.
އަންނަ ބުރާސްފަތި ދުވަހު ފަށަން ތާވަލުކޮށްފައި އޮތް ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް މި މަހު 10 ވަނަ ދުވަހަށް ފަސްކޮށްފި އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރު" އަށް ވިދާޅުވީ މުބާރާތް ފެށުން ފަސްކުރަން ނިންމީ ބައިވެރިވި ޓީމުތަކުން ވެސް އެ ގޮތަށް ބޭނުންވުމުގެ އިތުރުން މުބާރާތަށް ވާންޖެހޭ އެހެން ތައްޔަރީތަކަށް ވެސް ވަގުތު ބޭނުންވާތީ ކަމަށެވެ.
ޖުމްލަ 15 ޓީމު ބައިވެރިވާ މި ފަހަރުގެ މުބާރާތަށް ގިނަ ޓީމުތަކަކުން ވަނީ ވަރުގަަދަ އަށް ތައްޔާރުވެފަ އެވެ. އެ ގޮތުން ބައެއް ޓީމުތަކުން ވަނީ ބިދޭސީ ކުޅުންތެރިން ގެނެސް ޓީމު ވަރުގަދަކޮށްފަ އެވެ. މުބާރާތް ރޭވިފައިވާ ގޮތަށް ބަލާއިރު ޓީމުތައް އޮތީ ހަތަރު ގްރޫޕަކަށް ބެހިފަ އެވެ. ފުރަތަމަ ތިން ގްރޫޕްގެ ތެރެއިން ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމު ހިމެނޭނެ އެވެ. ފަހު ގްރޫޕްގައި ވާދަކުރާނީ ތިން ޓީމެވެ.
ގްރޫޕް އޭ ގައި ހިމެނެނީ ޓެންޓް ސްޕޯޓްސް ކްލަބް، ކްލަބް ބްލޫ ލެޕާޑް ސްޕޯޓްސް، ބިސް ބުރު ސްޕޯޓްސް އަދި ތުޅާދޫ އެވެންޗާ ސްޕޯޓްސް އެވެ. ގްރޫޕް ބީގައި ހިމެނެނީ ވިލިމާލެ ޔުނައިޓެޑާއި ލޮރެންޒޯ ސްޕޯޓްސް ކްލަބް، ކެޕިޓަލް ސިޓީ ސްޕޯޓްސް ކްލަބް އަދި ބެންޗް ސްޕޯޓްސް ކްލަބް އެވެ. ގްރޫޕް ސީގައި ހިމެނެނީ ސްޕޯޓްސް ކްލަބް ހޮސްކޯވޯ، ލިޓްލް ޓައުން ސްޕޯޓްސް ކްލަބް، ބުރު ސްޕޯޓްސް ކްލަބް އަދި ލިނޭޖް ސްޕޯޓްސް ކްލަބް އެވެ. އަދި ގްރޫޕް ޑީގައި ހިމެނެނީ ކްލަބް ޓީނޭޖް، ވަން އެންޑް އޮންލީ އޮޕޮޗިއުނިޓީ އަދި ރޭޖް ސްޕޯޓްސް ކްލަބް އެވެ.
ޓާފް ދަނޑުގައި މި ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ކުޅޭ ގޮތަށް ހަމަޖެހިފައިވާއިރު، ކުއާޓާ ފައިނަލުން ފެށިގެން މެޗުތައް ބާއްވާނީ ގަލޮޅު ދަނޑުގަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި 10 ވަނަ ދުވަހު ހަވީރު ކުޅޭނީ ޓެންޓާއި ކްލަބް ބްލޫ ލެޕާޑް އެވެ.
މި އަހަރުގެ ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަކީ މިދިޔަ ސީޒަނުގައި ބާއްވަން ނިންމި މުބާރާތެވެ. ކޮވިޑް-19ގެ ސަބަބުން އެ މުބާރާތް ކެންސަލްކުރަން ޖެހުނީ އެވެ. މި ފަހަރުގެ ތިން ވަނަ ޑިވިޝަން އަވަހަށް ބާއްވަން ނިންމީ ދެ ވަނަ ޑިވިޝަނަށް ޕްރޮމޯޓްވާނެ ހަތަރު ޓީމެއް ކަނޑައެޅުމަށެވެ. އެފްއޭއެމުން ބުނީ ތިން ވަނަ ޑިވިޝަން ނިމުމުން އެކަށީގެންވާ މުއްދަތެއް ދިނުމަށް ފަހު ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ވެސް ފަށާނެ ކަމަށެވެ.
ދެވަނަ ޑިވިޝަނާއި ތިންވަނަ ޑިވިޝަން ފަސްކޮށްފި
ތިން ވަނަ ޑިވިޝަން ކްލަބްތައް ގޮތްހުސްވެފައި
ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި 15 ޓީމު
ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް އަންނަ މަހު
ތިންވަނަ ޑިވިޝަންގެ ތަށި ލެގޫންސް އަށް
މެޗަކުން ބަލިނުވެ، ލެގޫންސް އާއި މަސްއޮޑި ފައިނަލުގައި
ލެގޫންސް، ރޮކްސްރީޓް، ސެންޓް އަދި މަސްއޮޑި ސެމީ އަށް
ތިންވަނަ މެޗުން ވެސް ޒުވާން ޓީމަށް ފުރިހަމަ މޮޅެއް
ދެ ވަނަ މެޗުން 19 އަހަރުން ދަށުގެ ޓީމު މޮޅުވެއްޖެ
ޒުވާން ގައުމީ ޓީމު ކުޅުނު ފުރަތަމަ މެޗު އެއްވަރު