އެފްއޭއެމް ތިން ވަނަ ޑިވިޝަންގައި މި އަހަރު ކުޅޭ ގައުމީ 19 އަހަރުން ދަށުގެ ޒުވާން ޓީމު ކުޅުނު ދެ ވަނަ މެޗުގައި ޔޫއެން ފްރެންޑްސް އާ ވާދަކޮށް 5-2 އިން މޮޅު ވެއްޖެ އެވެ.
25 ނޮވެމްބަރ 2022
އެފްއޭއެމް ތިން ވަނަ ޑިވިޝަންގައި މި އަހަރު ކުޅޭ ގައުމީ 19 އަހަރުން ދަށުގެ ޒުވާން ޓީމު ކުޅުނު ދެ ވަނަ މެޗުގައި ޔޫއެން ފްރެންޑްސް އާ ވާދަކޮށް 5-2 އިން މޮޅު ވެއްޖެ އެވެ.
އެއް ނަމްބަރު ޓާފް ދަނޑުގައި ރޭ ކުޅުނު މެޗުގައި ޒުވާން ޓީމުން ވަނީ ވަރަށް ކުރީކޮޅު ތިން ގޯލު ޖަހައި ބޮޑު ލީޑެއް ހޯދައިފަ އެވެ. ހަތަރު ވަނަ މިނިޓުގައި އަބްދުﷲ ލޫތު އިބްރާހިމް ފުރަތަމަ ލަނޑު ޖަހައިދީފައި ވަނިކޮށް، އޭގެ ދެ މިނިޓު ފަހުން ލިބުނު ޕެނަލްޓީއަކުން ލީޑު ފުޅާ ކޮށްދިނީ ޔޫޝައު ބިން އަލީ ނަޝީދެވެ. އަދި ތިންވަނަ ލަނޑު 12 ވަނަ މިނިޓުގައި ޖަހައިދިނީ ޝަނާން ރަޝާދެވެ.
މެޗުގެ 20 ވަނަ މިނިޓުގައި ޔޫއެން ފްރެންޑްސްގެ ފުރަތަމަ ލަނޑު ޖަހައިދިނީ އަހުމަދު ނައުފަލް އެވެ. ނަމަވެސް މި ހާފުގެ އިތުރު ވަގުތުގައި އާދަމް ލަޔާން ރަޝީދު ވަނީ ޒުވާން ޓީމަށް އިތުރު ލަނޑެއް ޖަހައި ޓީމަށް އިތުރު ހިތްހަމަޖެހުމެއް ގެނުވައިފަ އެވެ.
ދެ ވަނަ ހާފު ފެށިގެން ހަވަނަ މިނިޓުގައި ޔޫއެން ފްރެންޑްސްގެ ދެވަނަ ގޯލު ޖަހައިދިނީ އަބްދުﷲ ތަހުސީން އެވެ. އަދި ޒުވާން ޓީމުން ޖެހި ފަސްވަނަ ލަނޑު 62 ވަނަ މިނިޓުގައި ޖަހައިދިނީ މުހައްމަދު އަރުޝަދު ސަލީމް އެވެ.
ޒުވާން ޓީމެއް އެކުލަވާލައި ކުޅުންތެރިންނަށް ވާދަވެރި މެޗުތަކެއްގެ ތަޖުރިބާ ހޯދައިދޭން ތިން ވަނަ ޑިވިޝަން ގައި މިއަހަރު ވާދަކުރާ ޓީމު ކުޅުނު ފުރަތަމަ މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. އެ މެޗުގައި ދެ ފަހަރު ވެސް ލީޑު ނެގީ ޒުވާން ޓީމުންނެވެ.
މުބާރާތުގައި ޒުވާން ޓީމު ކުޅޭނީ ހަމައެކަނި ގުރޫޕް ސްޓޭޖުގެ ހަތަރު މެޗެވެ. ނަމަވެސް މި ޓީމު ކުޅޭ އެއްވެސް މެޗެއްގެ ޕޮއިންޓެއް ނުގުނާނެ އެވެ.
މީގެ ކުރިން 2020 ވަނަ އަހަރުގެ ދެވަނަ ޑީވިޝަންގައި އެފްއޭއެމުން 19 އަހަރުން ދަށުގެ ޓީމު ބޭޏުން ކުރި އެވެ. ނަމަވެސް އެ އަހަރު ކުޅުނު ހަތަރު މެޗުން ވެސް ޒުވާން ޓީމު ވަނީ ބަލިވެފަ އެވެ.
އެފްއޭއެމް އިން މިއަހަރުގެ ތިންވަނަ ޑިވިޝަނަށް ޒުވާން ޓީމު އެކުލަވާލީ 108 ކުދިންނާ އެކު މާލޭގައި ބޭއްވި ޓްރަޔަލް އެއްގެ ތެރެއިންނެވެ.
ތިންވަނަ މެޗުން ވެސް ޒުވާން ޓީމަށް ފުރިހަމަ މޮޅެއް
ޒުވާން ގައުމީ ޓީމު ކުޅުނު ފުރަތަމަ މެޗު އެއްވަރު
ޒުވާން ދެ ޓީމު ދެ ޑިވިޝަނެއްގައި ވާދަކުރުވަނީ
ދެވަނަ ޑިވިޝަނާއި ތިންވަނަ ޑިވިޝަން ފަސްކޮށްފި
ކުޑަދުވަސްކޮޅެއްތެރޭ ބޮޑު ކުރިއެއްމެއް ހޯދި ސްޓްރައިކަރު
ރާއްޖެއަށް އޮތް ފުރުސަތު ގެއްލުވާލައި ނޭޕާލް ސެމީއަށް
އަމިއްލަ ބާރު އޮތުމުން ސެމީގެ އުންމީދު ބޮޑު: ޝާކިއްޓޭ
ރާއްޖެ މޮޅުވާން ދަނިކޮށް ޕާކިސްތާނުން ހުއްޓުވައިފި
މައްސަލައެއް ދިމާނުވެ 19 އަހަރުންދަށުގެ ޓީމު ފުރައިފި
ދެ މުބާރާތުގައި ވެސް ރާއްޖެއާއި އިންޑިއާ ދެ ގުރޫޕަކަށް