ކޮވިޑް-19 އަށް މީހުން ޓެސްޓްކުރަން ސޮނެވާ ރިސޯޓްސް އިން މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ހުޅުވި ލެބޯޓްރީ ބަންދުކުރީ އެތަނުގެ ޖާގަ ބޮޑުކުރުމުގެ މަސައްކަތަކަށް ކަަމަށް ސޮނެވާ ރިސޯޓްސް އިން މިއަދު ބުނެފި އެވެ.
03 ފެބުރުއަރީ 2021
ކޮވިޑް-19 އަށް މީހުން ޓެސްޓްކުރަން ސޮނެވާ ރިސޯޓްސް އިން މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ހުޅުވި ލެބޯޓްރީ ބަންދުކުރީ އެތަނުގެ ޖާގަ ބޮޑުކުރުމުގެ މަސައްކަތަކަށް ކަަމަށް ސޮނެވާ ރިސޯޓްސް އިން މިއަދު ބުނެފި އެވެ.
ސޮނެވާ ގްރޫޕުން މިއަދު ނެރުނު ބަޔާނެއްގައި މިހެން ބުނީ މާފަރު ލެބްގައި ހެދި ޕީސީއާރް ޓެސްޓްތަކެއް ފޯލްސް ނެގެޓިވް ވެގެން އެތައް ބަޔަކު ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށާއި އެ ލެބޯޓްރީ ބަންދުކުރީ އެހެންވެ ކަަމަށް ބައެއް މީޑިއާތަކުން ޚަބަރު ފަތުރާފައި ވަނިކޮށެވެ. އެކަމަކު ސޮނެވާގެ ބަޔާނުގައި ބުނީ މާފަރުގައި ހިންގި ލެބޯޓްރީ މިދިޔަ ހަފްތާގައި ބަންދުކުރީ ޓެސްޓް ހެދޭ ވަރު އިތުރުކުރުމަށް ޓަކައި އެތަނުގެ ޖާގަ އިތުރުކުރަން ކަމަށާއި އެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އެ މަސައްކަތް ނިމުމުން ހެލްތު މިނިސްޓްރީން އެތަން އިންސްޕެކްޓްކުރުމަށް ފަހު އަލުން ހުޅުވުމުގެ ހުއްދަ ދީފައިވާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
"...ޖުލައި 11، 2020 ގައި މާފަރު އެއާޕޯޓްގައި ހުޅުވި ޕީސީއާރް، ކޮވިޑް ޓެސްޓް ލެބް ޑިޒައިންކޮށް ބިނާކޮށްްފައި ވާނީ ޑަބްލިއުއެޗްއޯ އާއި ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ހެލްތުގެ ގައިޑްލައިނާ އެއްގޮތަށް، އޭޑީކޭ ހޮޕިޓަލްގެ ބެލުމުގެ ދަށުންނެވެ،" ސޮނެވާގެ ބަޔާނުގައި ބުންޏެވެ.
މާފަރު ލެބް ހުޅުވައިގެން މިދިޔަ ހަމަސްދުވަހު އެތަން ހިންގީ އޭޑީކޭ ހޮސްޕިޓަލުންނެވެ. އެކަމަކު އަންނަ ހޮނިހިރު ދުވަހު އެތަން އަލުން ހުޅުވާއިރު އެތަން ދެން ހިންގާނީ ސޮނެވާ އިން ބުނިގޮތުގައި ކްރިސްޓަލް މެޑިކަލްސް އިންނެވެ.
Press release regarding false allegations about Covid19 PCR Testing at N. Maafaru Laboratory. @HPA_MV @MoHmv @soneva @ADKNashid @SonuShivdasani pic.twitter.com/6wyjhrxOvh
— ADK Hospital (@ADKHospital) February 3, 2021
މާފަރު ލެބާ ބެހޭ ގޮތުން ފެތުރި ޚަބަރުތައް ދޮގުކޮށް އޭޑީކޭއިން ނެރުނު ބަޔާން
މާފަރު ލެބުން ޕޮޒިޓިވް ސާމްޕަލްްތަކެއް ނެގެޓިވްކަމަށް ދެއްކުމުގެ ސަބަބުން އެތައް ބަޔަކު ނުރައްކަލަށް ހުށަހެޅުނުކަމަށް ބުނާ ހަބަރުތައް ދޮގުކޮށް އޭޑީކޭއިން ވެސް މިރޭ ބަޔާނެއް ނެރުނެވެ. އެ ހޮސްޕިޓަލްގެ ބަޔާނުގައި ބުނީ މާފަރު ލެބް ހިންގަން ހަވާލުވީ ހަ މަސްދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށާއި އެ ހަ މަސްދުވަސް ހަމަވުމުން ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑާ ލެބޯޓްރީ ހަވާލުކޮށްފައިވާ ކަމަށެވެ.
އޭޑީކޭއިން ލެބޯޓްރީ ހިންގި އިރު އެ ލެބޯޓްރީގައި ހެދި ޓެސްޓްތައް ހަދާފައި ހުންނާނީ ޓެސްޓްކުރުމުގައި ހިފަހައްޓަން ޖެހޭ ހުރިހާ ކޮންޓްރޯލެެއް ބަރާބަރަށް ހިފަހައްޓައިގެން ކަމަށް ވެސް އެ ހޮސްޕިޓަލްގެ ބަޔާނުގައި ބުންޏެވެ.
"އަދި ލެބޯޓްރީގައި ކޮށްފައިވާ ހުރިހާ ޓެސްޓެއްގެ ރެކޯޑްތައް މެޝިނުން އެނގެން ހުންނާނެ އެވެ. މީގެ އިތުރުން އާއްމުކޮށް ކޮލިޓީ ހިފެހެއްޓުމަށް ބަލާ ބެލުންތައް ބެލުމަށް ޓަކައި ރެންޑަމްކޮށް އެހެން ލެބޯޓްރީތަކުގައި ވެރިފިކޭޝަން ޓެސްޓްކޮށްފައިވާނެ އެވެ،" އޭޑީކޭގެ ބަޔާނުގައި ބުންޏެވެ.
އެކަމަކު ލެބޯޓްރީ އެހެން ޓެސްޓްތަކެކޭ ވެސް އެއްފަދައިން ޕޮޒިޓިވް (ބައްޔަކަށް) ޕޮޒިޓިވް މީހަކު ނެގެޓިވްވުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެގޮތަށް މެދުވެރިވާ ސަބަބުތަކެއް ހުންނަ ކަމަށް ވެސް އޭޑީކޭއިން ބުންޏެވެ. ޓެސްޓްކުރެވޭ މީހާގެ ހަށިގަނޑަށް ވައިރަސް އެރުމަށް ފަހު ސާމްޕަލް ނެގުމާ ދޭތެރޭ ހޭދަވި ވަގުުތު ކުރުވުމާއި ސާމްޕަލް ނެގުމަށް ފަހު ލެބޯޓްރީއަށް ގެންނަން ހޭދަވާ ވަގުތު ދިގުވުމަކީ އޭޑީކޭއިން ބުނިގޮތުގައި އެފަދަ ސަބަބުތަކެވެ.
ސޮނެވާއިން މާފަރުގައި ކޮވިޑް-ޓެސްޓް ސެންޓަރު ހުޅުވައިފި
މާފަރު ލެބުން ދިވެހިންނަށް ހިލޭ ޓެސްޓު ކުރެވޭނެ
މާފަރު އެއާޕޯޓުގެ ކޮވިޑް ލެބް ނިންމާލައިފި
މާފަރުގައި ކޮވިޑަށް ޓެސްޓްކުރެވޭ ލެބެއް ހަދަނީ
މަންޓާގެ ދަތުރުތައް މަޑިވަރަށް، ދެން އަމާޒަކީ މާފަރު
އާރޮންގެ އަންހެނުން ރާއްޖެ އައިސް ފީނަން ދަސްކޮށްފި
އަނަންތު މަކުނުދޫއަށް: ގަތީ މުސަޅަކާއި ކުކުޅެއް
މާފަަރަށް އަލުން އިންޓަނޭޝަނަލް ދަތުރުތައް ފަށައިފި
ވެލަޔަށް ފަރުވާދޭ ސެންޓަރެއް ސޮނެވާ ޖާނީގައި ހުޅުވައިފި
މާފަރު އެއާޕޯޓްގެ އޭޕްރަން ބޮޑުކުރަން އެމްޓީސީސީއަށް