ސޮނެވާ ފަންޑާއި ވެލާ ރިސޯޓު ގުޅިގެން ނ. މާފަރުގައި ހުޅުވި ލެބޯޓްރީން ދިވެހިންނަށް ހިލޭ ކޮވިޑް-19 ޓެސްޓު ކުރެވޭނެ ގޮތް ހަދައިފި އެވެ.
14 ފެބުރުއަރީ 2021
ސޮނެވާ ފަންޑާއި ވެލާ ރިސޯޓު ގުޅިގެން ނ. މާފަރުގައި ހުޅުވި ލެބޯޓްރީން ދިވެހިންނަށް ހިލޭ ކޮވިޑް-19 ޓެސްޓު ކުރެވޭނެ ގޮތް ހަދައިފި އެވެ.
އަޕްގްރޭޑުތަކަށް ފަހު މި ލެބޯޓްރީ އަލުން ހުޅުވާފައިވަނީ މި މަހުގެ ހަވަނަ ދުވަހު އެވެ. މި އަޕްގްރޭޑުތަކާ އެކު ޓެސްޓު ކުރެވޭ ކެޕޭސިޓީ ވެސް ވަނީ އިތުރުކޮށްފަ އެވެ. އެހެންވެ މިއަދުން ފެށިގެން ދުވާލަކު 100 ދިވެހިންނަށް ހިލޭ ޓެސްޓު ކުރެވޭނެ ކަމަށް ސޮނެވާއިން ބުންޏެވެ.
މި ލެބުން ދިވެހިންނަށް ހިލޭ ޓެސްޓު ކުރެވޭއިރު އެހެން ގައުމުތަކުގެ މީހުންނަށް ޓެސްޓުކުރަން އަދިވެސް ފައިސާ ދައްކަން ޖެހޭނެ އެވެ. އެގޮތުން، ކުރިން ޓެސްޓު ހެދުމަށް ނަގަމުން އައީ 55 ޑޮލަރެވެ. ނަމަވެސް އާ ބަދަލުތަކާއެކު މިހާރު ބޭރު މީހެއްގެ އަތުން ނަގާނީ 40 ޑޮލަރު ކަމަށް ވެސް ސޮނެވާއިން ވަނީ ބުނެފަ އެވެ.
މިދިޔަ އަހަރު ޖުލައި މަހު މި ލެބު ހުޅުވިއިރު ޕީސީއާރު ޓެސްޓެއް ހެއްދޭ އަގުގެ ގޮތުގައި ކަނޑައަޅައިފައި އޮތީ 100 ޑޮލަރެވެ. ނަމަވެސް އެ އަތޮޅަށް އަންނަ ޓޫރިސްޓުންނަށް ލުއިކޮށްދިނުމަށް ދެ ފަހަރު އަގު ވަނީ ދަށްކޮށްފަ އެވެ. ކުރިއަށް އޮތްތާނގައި މި އަދަދު އިތުރަށް ދަށް ކުރުމަށް މަސައްކަތްކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މާފަރު ލެބޯޓްރީއަކީ މުޅި އެ ސަރަހައްދުގެ ރަށްތަކަށާއި ރިސޯޓުތަކަށް އަންނަ ޓޫރިސްޓުން ޓެސްޓު ކުރުމަށް ހުޅުވި ލެބެކެވެ. މި ލެބުން ބ. ރ. ޅ. އަދި ނ. އަތޮޅުގެ ގިނަ އަދަދެއްގެ ޓޫރިސްޓުންނަށާއި އާއްމުނަށް ވަނީ ހިދުމަތް ދީފަ އެވެ.
މި ލެބުން ޓެސްޓު ހެދުމުގެ އިތުރުން ރިސޯޓުތަކުގެ ނަރުހުންނަށް ހިލޭ ޓްރެއިނިން ވެސް ދޭނެ އެވެ. މި ޓްރެއިނިންގައި ރައްކާތެރިކަމާއެކު ސާމްޕަލް ނަގާނެ ގޮތާއި ލެބާ ހަމައަށް ގެނައުމަށް ކުރަން ޖެހޭ ކަންތައްތައް ކިޔައިދޭނެ އެވެ.
ސޮނެވާ ފަންޑުންގެ ދަށުން ރާއްޖޭގައި އެހެން މަޝްރޫއުތައް ވެސް ކުރިއަށްގެންދެ އެވެ. އެގޮތުން، ބ. އަތޮޅުގައި އެއްފަހަރާ ބޭނުންކޮށްފައި ހުންނަ ޕްލާސްޓިކާއި ކުނި ނައްތާލުމަށް މަސައްކަތް ކުރުމަށް "ނަމޫނާ ބާ"ގެ ނަމުގައި ހާއްސަ ހަރަކާތްތަކެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
މާފަރު އެއާޕޯޓުގެ ފިއުލް ފާމް ބޭނުންކުރަން ފަށައިފި
މާފަރުން ގޮތް ނޭނގޭ ޖަނަވާރެއް، ރައްޔިތުން ބިރުން
މާފަރުގައި އެކްސްކަވޭޓަރު ފުރޮޅާލައި މީހަކު މަރުވެއްޖެ
މާފަރު އެއާޕޯޓު ޓާމިނަލް ބޮޑުކުރަނީ
މާފަރު އެއާޕޯޓް ބޮޑުކުރަނީ، 443 މިލިއަން ހަރަދުވޭ!
މާފަރު އެއާޕޯޓުގައި 4 ލައްކަ ލީޓަރުގެ ފިއުލް ފާމެއް
މާފަރަށް 300 ޖެޓް ޖައްސައިފި، އަންނަން އިތުރު 80
މާފަރު އެއާޕޯޓުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށަނީ
މާފަރު ލެބް ބަންދުކުރީ ޖާގަ ބޮޑުކުރަން: ސޮނެވާ
މާފަރު އެއާޕޯޓުގައި ބޯޑަ ކޮންޓްރޯލް ނިޒާމް ގާއިމުކޮށްފި