Roadha Mihaaru
61 ރަށެއްގައި ސޯލާ ޕެނަލް ހަރުކުރަން މިއަހަރު ފަށަނީ

61 ރަށެއްގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް މި އަހަރު ފަށަނީ

04 ފެބުރުއަރީ 2021

ރާއްޖޭގެ 61 ރަށެއްގައި އިއާދަކުރަނިވި ހަކަތަ އިން ކަރަންޓު އުފެއްދުމަށްޓަކައި ސޯލާ ޕެނަލް ހަރުކުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގެ 61 ރަށެއްގައި އިއާދަކުރަނިވި ހަކަތަ އިން ކަރަންޓު އުފެއްދުމަށްޓަކައި ސޯލާ ޕެނަލް ހަރުކުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވަން ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ، މިދިޔަ އަހަރު 26 ރަށެއްގައި 2.86 މެގަވޮޓްގެ ސޯލާޕެނަލް ހަރުކޮށްފައިވާ ކަަމަށެވެ. މި އަހަރު މަސައްކަތް ފަށާ ނިޒާމުތަކާ އެކު، އިއާދަކުރަނިވި ހަކަތައިން 36 މެގަވޮޓްގެ ކަރަންޓު އުފެއްދުމުގެ ގާބިލުކަން ލިބޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދޭ ވަރު، މިދިޔަ ދެ އަހަރުގެ ތެރޭގައި ގާތްގަނޑަކަށް ތިންގުނަ އަށް އިތުރުކުރެވިފައިވާ ކަމަށެވެ.

"މިހާތަނަށް ގާއިމުކުރި އިއާދަކުރަނިވި ހަކަަތައިގެ ނިޒާމުތަކުގެ ސަބަބުން، މިހާރު ޖައްވަށް ބޭރުކުރާ ކާބަންޑައިއޮކްސައިޑްގެ ތެރެއިން އަހަރަކު 72،871 ޓަނު މަދުވެގެން ދާނެ. މުޅި ރާއްޖޭގައި ގާއިމު ކުރެވިފައި ހުރި 31.5 މެގަވޮޓްގެ ސޯލާ ޕީވީސީތަކުގެ ސަބަބުން، އިންޖީނުތަކުގެ ތެލަށް ކުރާ ޚަރަދުން އަހަރަކު 147.8 މިލިޔަން ރުފިޔާ ސަލާމަތް ކުރެވޭނެ" އެ މަނިކުފާނު ވިދާޅުވި އެވެ.

ތިމާވެށި ހިމާޔަތް ކުރުުމުގެ ދާއިރާ އިން ރާއްޖޭގައި މި އަހަރު ކުރާނެ އެހެން ބައެއް މަސައްކަތްތައް ވެސް ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވި އެވެ. އެގޮތުން 20 ރަށެއްގައި ގިނަ ދުވަސްތަކެއް ވަންދެން ނައްތައި ނުލެވި ހުރި ކުނިތައް ކުރިއަށް އޮތް ހަތް މަސް ތެރޭގަައި ނަގައި ސާފުކުރާނެ ކަމަށް ވިދާޅުވި އެވެ. އެ މަަސަައްކަތް މިހާރު ވަނީ ވެމްކޯއާ ހަވާލުކޮށްފަ އެެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ރިޔާސީ ބަޔާން އިއްވަވަނީ. އެމަނިކުފާނު ވިދާޅުގީ ރާއްޖޭގެ 61 ރަށެއްގައި ސޯލާ ޕެނަލް ހަރުކުމުގެ މަސައްކަތް މިއަހަރު ފަށާނެކަަމަށް.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ރިޔާސީ ބަޔާން އިއްވަވަނީ. އެމަނިކުފާނު ވިދާޅުގީ ރާއްޖޭގެ 61 ރަށެއްގައި ސޯލާ ޕެނަލް ހަރުކުމުގެ މަސައްކަތް މިއަހަރު ފަށާނެކަަމަށް.

ރައީސް ވިދާޅުވިގޮތުގައި، ކުނީގެ މައްސަލަ ދާއިމީ ގޮތެއްގައި ހައްލުކުރުމަށް ރާއްޖޭގެ ތިން ސަރަހަައްދެއްގައި ކުނި މެނޭޖު ކުރާނެ ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް އެބަކުރެ އެވެ.

"މި ދާއިރާ އިން ކުރިއަށް އޮތް ތަނުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ ރަށު ފެންވަރުގައި ރައްކާތެރިކަމާ އެކު ކުނި މެނޭޖްކޮށްް، ކުނިން މަންފާ ހޯދޭނެ ނިޒާމެއް ގާއިމު ކޮށްދިނުމަށް،" އެ މަނިކުފާނު ވިދާޅުވި އެެވެ.

ރައީސް ވިދާޅުވީ، ތިމާވެށި ހިމާޔަތް ކުރުމަށް ބައިނަލްއަގުވާމީ ގޮތުން ކުރަމުން އަންނަ މަސައްކަތްތަކުގައި ވެސް ރާއްޖޭން އަންނަނީ ހަަރަކާތްތެރި ގޮތެއްގައި ބައިވެރިވަމުން ކަމަށެވެ. ޕެރިސް އެގްރިމެންޓުގެ ދަށުން ރާއްޖޭން ހެދި އެކްޝަން ޕްލޭނަށް ބައިނަލްއަގުވާމީ ގޮތުން ކަށަވަރުކުރެއްވިއްޖެ ނަމަ 2030 ވަނަ އަހަރު ރާއްޖޭގެ ކާބަން އެމިޝަން ނެޓް ޒީރޯއަށް ގެންދިއުމަކީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒެކެވެ.