Roadha Mihaaru
އިމާދުއްދީން ސްކޫލަށް އަހަރެއް ފަހުން ޕްރިންސިޕަލެއް

އިމާދުއްދީން ސްކޫލަށް އަހަރެއް ފަހުން ދާއިމީ ޕްރިންސިޕަލެއް

06 ފެބުރުއަރީ 2021

ދާއިމީ ޕްރިންސިޕަލެއް ނެތި އިމާދުއްދީން ސްކޫލް ހިންގަމުން އަންނަތާ އަހަރެއް ފަހުން އެ ސްކޫލަށް މިދިއަ ހަފުތާގައި ޕްރިންސިޕަލަކު ހަމަޖައްސައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދާއިމީ ޕްރިންސިޕަލެއް ނެތި އިމާދުއްދީން ސްކޫލް ހިންގަމުން އަންނަތާ އަހަރެއް ފަހުން އެ ސްކޫލަށް މިދިއަ ހަފުތާގައި ޕްރިންސިޕަލަކު ހަމަޖައްސައިފި އެވެ.

އިމާދުއްދީންގެ ޕްރިންސިޕަލްގެ މަގާމު ހުސްކޮށް އޮތީ ކުރީގެ ޕްރިންސިޕަލް އިބްރާހިމް ޝާތިރު، ބެލެނިވެރިންނާއި ޓީޗަރުންގެ ހިތްހަމަނުޖެހުންތަކަކާ ގުޅިގެން ވަކިކުރި ފަހުންނެވެ.

މީގެ 19 އަހަރު ކުރިން ހުޅުވި ސްކޫލުގެ ދާއިމީ އާ ޕްރިންސިޕަލަކަށް ހަމަޖެއްސީ ހިރިޔާ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލަކަށް ހުންނެވި އަލީ މަމްދޫހެވެ. ޝާތިރާއި އޭރުގެ ދެ ޑެޕިއުޓީ ޕްރިންސިޕަލުން އެހެން ތަންތަނަށް ބަދަލުކުރުމުން މަމްދޫހު ވަނީ އިމާދުއްދީންގައި ވަގުތީ ގޮތުން މަސައްކަތްކުރައްވައިފަ އެވެ. އެކަމަކު އިމާދުއްދީން ހިންގެވީ އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސެއިން ސައީދުގެ ބެއްލެވުމުގެ ދަށުންނެވެ.

މަމްދޫހު ވަނީ ށ. ކޮމަންޑޫގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލްކަން ވެސް ކުރައްވައިފަ އެވެ. ތައުލީމީ ދާއިރާގައި އޭނާ މަސައްކަތްކުރައްވާތާ މިހާރު 12 އަހަރު ވެއްޖެ އެވެ.