Roadha Mihaaru
އީސީއަށް އައްޔަން ކުރަން ރައީސް ނަމެއް ފޮނުއްވައިފި

އީސީއަށް މެމްބަރަކު އައްޔަން ކުރަަން ރައީސް ނަމެއް ފޮނުއްވައިފި

08 ފެބުރުއަރީ 2021

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސްކަމުގައި ކުރިން ހުންނެވި އަހުމަދު އަކްރަމް އެ ކޮމިޝަނުން އިސްތިއުފާ ދެއްވުމުން ހުސްވެފައިވާ މެމްބަރުކަމުގެ މަަގާމަށް ބޭފުޅަކު އައްޔަން ކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ބޭފުޅެއްގެ ނަން ފޮނުއްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސްކަމުގައި ކުރިން ހުންނެވި އަހުމަދު އަކްރަމް އެ ކޮމިޝަނުން އިސްތިއުފާ ދެއްވުމުން ހުސްވެފައިވާ މެމްބަރުކަމުގެ މަަގާމަށް ބޭފުޅަކު އައްޔަން ކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ބޭފުޅެއްގެ ނަން ފޮނުއްވައިފި އެވެ.

އީސީން ހުސްވެފައިވާ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމަށް އައްޔަން ކުރަން ރައީސް އެދިވަޑައިގަންނަވާ ނަމެއްގެ ގޮތުގައި މަޖިލީހަށް ފޮނުއްވާފައި އޮތީ މާލެ ހިޔާ 18-3 ޑރ. މުހައްމަދު ޒާހިރުގެ ނަމެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީން އާއްމު ފާތުމަތު ނިއުޝާ، ރައީސްގެ ސިިޓީފުޅު އިއްވެވި އިރު އީސީ އަށް ކުރިމަތިލެއްވި އެހެން ބޭފުޅުންގެ ނަންތައް ވިދާޅެެއް ނުވެ އެވެ؛ ރައީސްގެ ސިޓީފުޅުގައި ވިދާޅުވެފައި އޮތީ އީސީން ހުސްވެފައިވާ މަގާމަށް ޒާހިރު އައްޔަން ކުރަން އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށާއި ކުރިމަތިލެއްވި އެހެން ބޭފުޅުންގެ ނަންތައް ވެސް ސިޓީއާ އެކު ފޮނުއްވާފައި ވާނެ ކަމަށެވެ. އެއީ ކިތައް ބޭފުޅުން ކަމެއް އަދި ނޭނގެ އެވެ.

އީސީ އަށް އައްޔަން ކުރަން ރައީސް ފޮނުއްވި ނަން ދިރާސާކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިއަދު ފޮނުވި އެވެ.

އީސީގެ ނައިބު ރައީސްކަމުންނާއި އެ ކޮމިޝަނުގެ މެމްބަރު ކަމުން އަކްރަމް އިސްތިއުފާ ދެއްވީ ކޮމިޝަންގެ މުވައްޒަފުންތަކެއް އޭނާއަށް ތުހުމަތުތަކެއް ކޮށް، މަޖިލީހަށް ހުށަހެޅި މައްސަލައެއް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބަލަަން ފަށާފައި ވަނިކޮށެވެ.