Roadha Mihaaru
ޖިހާދު ދައުވާ އަށް އިންކާރު ކުރައްވައިފި

ޖިހާދު ދައުވާ އަށް އިންކާރު ކުރައްވައިފި، ދައުލަތުން ހުށަހަޅާ ހެކިންގެ ތެރޭގައި އަދީބާއި އިތުރު ބައެއް

10 ފެބުރުއަރީ 2021

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން ކުރާ ދައުވާ އަށް ކްރިމިނަލް ކޯޓުގައި އެ މަނިކުފާނު މިއަދު އިންކާރު ކުރައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން ކުރާ ދައުވާ އަށް ކްރިމިނަލް ކޯޓުގައި އެ މަނިކުފާނު މިއަދު އިންކާރު ކުރައްވައިފި އެވެ.

ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ ޖިހާދުގެ މައްޗަށް ކުރަނީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރަކަށް ޖިހާދު ހުންނެވިއިރު ކ. ފުށިދިއްގަރު ފަޅު ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވި މައްސަލައިގަ އެވެ.

އެ މައްސަލައިގެ ޝަރީއަތް މިއަދު ފަށައި، ދައުވާ އިއްވުމުން ޖިހާދު ވިދާޅުވީ އެ ދައުވާ އަށް އިންކާރުކުރައްވާ ކަމަށެވެ.

ޖިހާދު ދައުވާ އަށް އިންކާރު ކުރެއްވުމުން ދައުލަތުން ހުށަހަޅާ ހެކިތައް ހާމަކުރި އެވެ. ހެކިންގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އިތުރު ބައެއް މީހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އެސެޓް ރިކަވަރީ ކޮމިޝަނަށް ޖިހާދު ދެއްވާފައިވާ ބަޔާނާއި ވަޒީރުންގެ މަޖިލީހުގެ ބައެއް ލިޔުންތައް ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާނެ ކަން ހާމަކުރި އެވެ.

ޖިހާދުގެ ފަރާތުން އެދިވަޑައިގަތީ ދިފާއީ ހެކި ހުށަހަޅަން އިތުރު ފުރުސަތެއް ދެއްވުމަށެވެ. އެހެންވެ، އެ މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒު ރަޝާދު ވަނީ ތިން ދުވަހުގެ މުއްދަތެއް ދެއްވައިފަ އެވެ.

ދައުލަތުން ހުށަހެޅި ހެކިތަކަށް މަދަނީ މިންގަނޑުން ބަލާއިރު އެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ގާޒީ ފާއިޒު ނިންމެވި އެވެ. ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހަޅަން 14 ދުވަސް ތެރޭގައި ހުށަހަޅަން ގާޒީ އެންގެވި އެވެ.

ޖިހާދުގެ ޕާސްޕޯޓު ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ހިފަހައްޓާފައި ވަނިކޮށް، ހައި ކޯޓުން މިދިޔަ މަހު ވަނީ އެ އަމުރު ބާތިލްކޮށްފަ އެވެ. އެ މަނިކުފާނުގެ ޕާސްޕޯޓު ހިފެހެއްޓީ ފިއްލަވަން އުޅުއްވާ ކަމަށް ތުހުމަތުކޮށެވެ. އެކަމަކު ޖިހާދު ވިދާޅުވަމުން ގެންދަވަނީ އެ މަނިކުފާނު ބޭރަށް ވަޑައިގަންނަވަނީ ބޭސްފަރުވާއަށް ކަމަށާއި އެނބުރި ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

ޖިހާދު ފުރާވަޑައިގަތުމުގެ ހުއްދަ ހައި ކޯޓުން ދިން މައްސަލަ ދައުލަތުން މިހާރު ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮޮށްފަ އެވެ.