13 ފެބުރުއަރީ 2021
ތެލެގޫ އެކްޓަރު ވިޖޭ ދެވަރަކޮންޑާ ހިމަނައިގެން ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދޭ ފިލްމު "ލައިގާ" މި އަހަރުގެ ސެޕްޓެމްބަރު 9 ގައި ސިނަމާތަކަށް ގެންނަން ނިންމައި ފިލްމުގެ އާ ޕޯސްޓަރެއް ދައްކާލައިފި އެވެ. އިންޑިއާގެ ދެކުނު ޑައިރެކްޓަރު ޕޫރީ ޖަގަންނަދު ޑައިރެކްޓްކުރާ މި ރޮމޭންޓިކް ސްޕޯޓްސް ފިލްމުގެ ބަތަލާ އަކީ އަނަންޔާ ޕާންޑޭ އެވެ. "ލައިގާ" ގެ އިތުރު ކާސްޓުންގެ ތެރޭގައި ރާމިއާ ކްރިޝްނަން، ރޯނިތު ރޯއި އަދި މަކްރަންދު ދޭޝްޕާންޑޭ ހިމެނެ އެވެ. ވިޖޭ އަކީ 2018 ގެ ތެލެގޫ ފިލްމު "އަރުޖުން ރެޑީ" ކުޅެގެން މަޝްހޫރުވި ޑައިރެކްޓަރެވެ. އެ ފިލްމުގެ ރިމެކެއް 2019 ގައި ޝާހިދު ކަޕޫރާ އެކު "ކަބީރް ސިންގް" ގެ ނަމުގައި ގެނެސްދީފައިވެ އެވެ.

"ލައިގާ" އަކީ ކަރަންގެ ދަރުމާ އިން މި އަހަރު ރިލީޒްކުރަން އިއުލާންކުރި ފުރަތަމަ ފިލްމެވެ. ޝޫޓިން ނިމިފައި ހުރި އެ ސްޓޫޑިއޯގެ ފިލްމުތަކުގެ ތެރޭގައި ސިދާތު މަލްއުތުރާގެ "ޝޭރުޝާހް" އާއި ވަރުން ދަވަންގެ "ޖުގް ޖުގް ޖިއޯ" ހިމެނެ އެވެ.
ޑައިރެކްޓަރު އަނޫގާރް ކޭޝަޕް 2018 ގައި ގެނެސްދިން ކާމިޔާބު ފިލްމު "މަންމަރްޒިޔާ" ގެ ބަތަލާ ތާޕްސީ ޕައްނޫ އަނެއްކާ ވެސް އޭނާގެ ފިލްމަކަށް ސޮއިކޮށްފި އެވެ.
މި ފަހަރުގެ ފިލްމުގެ ނަމަކީ "ދުބާރާ" އެވެ. މިއީ އެކްތާ ކަޕޫރާއި އޭނާގެ މަންމަ ޝޯބާ ކަޕޫރް ޕްރޮޑިއުސްކުރާ ފިލްމެކެވެ.
"ދުބާރާ" އިއުލާންކުރި ނަމަވެސް ފިލްމާ ބެހޭ މާ ބޮޑު ތަފުސީލުތަކެއް އަދި ހާމައެއްނުކުރެ އެވެ. ތާޕްސީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ލޫޕް ލަޕޭޓާ" އާއި "ޝަބާޝް މިތޫ" އާއި "ހަސީން ދިލްރުބާ" އަދި "ރަޝްމީ ރޮކެޓް" ހިމެނެ އެވެ.
އަނޫރާގް އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ މިދިޔަ އަހަރު ނެޓްފްލިކްސް އިން ގެނެސްދިން "ޗޯކްޑް" އެވެ.
ތާޕްސީ ޕައްނޫ ބަތަލާގެ ރޯލު ކުޅޭ ތުރިލާ ފިލްމު "ލޫޕް ލަޕޭޓާ" ގައި އެކްޓަރު ތާހިރް ރާޖް ބަސީން ފެންނާނެ ގޮތް ދައްކާލައިފި އެވެ.
މި ފިލްމަކީ 1998 ގައި ރިލީޒްކުރި ޖަރުމަންގެ ފިލްމު "ރަން ރޯލާ ރަން" ގެ ރިމެކެކެވެ. ހިންދީ އޯޑިއަންސަށް ފިލްމު ގެނެސްދެނީ ޑައިރެކްޓަރު އާކާޝް ބާޓިއާ އެވެ.
ތާހިރް އަކީ ރާނީ މުކަރްޖީގެ 2014 ގެ ފިލްމު "މަރުދާނީ" ގެ ވިލަންގެ ރޯލުން ތައާރަފުވި އެކްޓަރެކެވެ. އޭގެ ފަހުން އޭނާ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ޗިޗޯރޭ" އާއި "ފޯސް 2" ހިމެނެ އެވެ.
ތާހިރުގެ ކުރިއަށް އޮތް އެންމެ ބޮޑު ފިލްމަކީ މި އަހަރުގެ ޖޫންގައި ރިލީޒްކުރާނެ ކަމަށް ބެލެވޭ ރަންވީރު ސިންގްގެ "83" އެވެ.
ބޮލީވުޑްގެ އެކްޓަރު ސިދާތު މަލްއުތުރާ ކުޅެފައިވާ އާ ވީޑިއޯ ލަވައެއް އަނެއްކާ ވެސް ދައްކާލައިފި އެވެ.
"ތޯޅާ ތޯޅާ ޕިޔާރު" ގެ ނަން ދީފައިވާ ލަވައިން އޭނާއާ އެކީ ފެންނަނީ "ތުމް ބިން 2" ގެ ބަތަލާ ނޭހާ ޝަރުމާ އެވެ. މި ލަވަ އަކީ ސްޓެބިން ބެން ކިޔާފައިވާ ލަވައެކެވެ. ލަވައިގެ މިއުޒިކް ނިލޭޝް އަހޫޖާ ހެދި އިރު ޅެން ލިޔުނީ ކުމާރު އެވެ.
ކުރިން ވެސް ސިދާތުގެ ދެ ވީޑިއޯ ލަވައެއް ނެރެފައިވެ އެވެ. އެއީ ތާރާ ސުތާރިއާއާ އެކު ކުޅުނު "ގެންޑާ ޕޫލް 2.0" އާއި ޑަޔާނާ ޕެންޓީއާ އެކު ކުޅުނު "ޗަލޯކޭ ނިޝާން" އެވެ.
ސިދާތު މި ވަގުތު އަންނަނީ ދެ ފިލްމެއްގެ މަސައްކަތްކުރަމުންނެވެ. އެއީ "ތޭންކް ގޯޑް" އާއި "މިޝަން މަޖުނޫ" އެވެ.
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ޝާހިދު ދޫކޮށްލި "ޔޯދާ" ސިދާތާ އެކު ފްރެންޗައިޒަކަށް
"ޝޭރުޝާ" އާ އެކު ސިދާތުގެ މަގުބޫލުކަން ބޮޑުވެއްޖެ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ސިދާތުގެ "ޔޯދާ" އަންނަ އަހަރަށް ފަސްކޮށްފި
ރިތިކާއި ކަރީނާ އަލުން އެކީގައި ފެނިދާނެ
ކާތިކް އުޅެނީ އުޅެންވާ ގޮތަކަށް ނޫން
އިންޑިއާގެ ފިލްމުތަކާ މެދު ދެކޭގޮތް ބަދަލުކޮށްލާނެ