Roadha Mihaaru
"ޝޭރުޝާ" އާ އެކު ސިދާތުގެ މަގުބޫލުކަން ބޮޑުވެއްޖެ

"ޝޭރުޝާ" އާ އެކު ސިދާތުގެ މަގުބޫލުކަން ބޮޑުވެއްޖެ

31 އޯގަސްޓް 2021

މި މަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރި ސިދާތު މަލްއުތުރާގެ ފިލްމު "ޝޭރުޝާ" އަށް ބެލުންތެރިންގެ ފަރާތުން ލިބެމުން އަންނަ ބޮޑު ތަރުހީބާ ގުޅިގެން އެ ފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރްގެ އިތުރު ފިލްމަކަށް ސިދާތު ސޮއިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި މަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރި ސިދާތު މަލްއުތުރާގެ ފިލްމު "ޝޭރުޝާ" އަށް ބެލުންތެރިންގެ ފަރާތުން ލިބެމުން އަންނަ ބޮޑު ތަރުހީބާ ގުޅިގެން އެ ފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރްގެ އިތުރު ފިލްމަކަށް ސިދާތު ސޮއިކޮށްފި އެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ކަރަންގެ ދަރުމާ އިން ސިދާތާ އެކު ހަދަން ނިންމާފައިވާ އާ ފިލްމުގެ ޝޫޓިން އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ފަށައި، ވަރަށް އަވަހަށް އިއުލާންކުރާނެ އެވެެ.

އިންސްޓަންޓް ބޮލީވުޑުން ބުނި ގޮތުގައި މި ފިލްމަކީ ބޮޑު ބަޖެޓަކުން ހަދަން ނިންމާފައިވާ ވަރަށް ވަރުގަދަ އެކްޝަން ފިލްމެކެވެ. އަދި މީގެ ޑައިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ ސާގަރް އަމްބަރީ އެވެ. އޭނާ އަކީ ޝާހްރުކް ޚާން މިހާރު ކުޅެމުން އަންނަ ފިލްމު "ޕަތާން" ގައި ޑައިރެކްޓަރު ސިދާތު އާނަންދާ އެކު އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ މީހެކެވެ. ސާގަރު އެސިސްޓްކޮށްދީފައިވާ ފިލްމުތަކުގެ ތެރޭގައި ސިދާތުގެ 2019 ގެ "ވޯ" އާއި ސަލްމާން ޚާންގެ 2014 ގެ "ކިކް" ވެސް ހިމެނެ އެވެ.

އޭނާ ސިދާތާ އެކު ދަރުމާ ހަދާ ފިލްމު ވާނީ ރަސްމީކޮށް ޑައިރެކްޝަނަށް ނުކުންނަ ފުރަތަމަ ފިލްމަށެވެ.

ކަރަންގެ 2012 ގެ "ސްޓޫޑަންޓް އޮފް ދިޔާ" އިން ބޮލީވުޑަށް ނުކުތް ސިދާތު، 36، މިހާތަނަށް ދަރުމާގެ ހަތް ފިލްމެއް ކުޅެފައިވެ އެވެ. އެއީ ހަސީ ތޯ ޕަސީ (2014)، ބްރަދާޒް (2015)، ކަޕޫރް އެންޑް ސަންސް (2016)، ބާރު ބާރު ދޭކޯ (2016)، އިއްތިފާގު (2017) އަދި މި މަހުގެ 12 ގައި ޕްރީމިއާކުރި "ޝޭރުޝާ" އެވެ.

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ކުރި ކަރްގިލް ހަނގުރާމައިގެ ބަތަލެއް ކަމަށްވާ ވިކްރަމް ބަތުރާގެ ވާހަކަ ކިޔައިދިން ބައޮގްރަފިކަލް ހަނގުރާމަ ފިލްމު "ޝޭރުޝާ" އަކީ ވިޝްނޫ ވަރުދާން ޑައިރެކްޓްކުރި ފިލްމެކެވެ. ގިނަ ކްރިޓިކުން ބުނެފައިވާ ގޮތުގައި މި ފިލްމަކީ ސިދާތުގެ ކެރިއަރުގައި މިހާތަނަށް އެންމެ މޮޅު އެކްޓިންއެއް ދެއްކި ފިލްމެވެ.

"ޝޭރުޝާ" އަށް ކްރިޓިކުން ވަރަށް ބޮޑަށް ތައުރީފުކޮށްފައިވާ އިރު، މި ފިލްމު ކަމުގޮސްގެން ޓްވީޓްކުރި ނުޒޫފު ގަދަ ފިލްމީ ތަރިންގެ ތެރޭގައި ކަމަލް ހަސަނާއި ކަންގަނާ ރަނާވަތު ފާހަގަކޮށްލެވެ އެވެ.

ސިދާތުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ތޭންގް ގޯޑް" އާއި "މިޝަން މަޖުނޫ" ހިމެނެ އެވެ.