16 ފެބުރުއަރީ 2021
ކޮވިޑުގައި ރާއްޖޭގެ ހާލަތު އެންމެ ގޯސްވެފައިވާކަމަށް ބުނެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ޖެހީ އިންޒާރުގެ ވަރުގަދަ ރަނގަޅަބީލެވެ. އެ ބަލީގައި ހާލު ދެރަވާ މީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށްފައިވާ އެނދުތައް ފުރެމުންދާ ކަމަށް ބުނެ، މިދިޔަ ހުކުރު ދުވަހުން ފެށިގެން ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވެ އެވެ.
ކޮވިޑުގައި ރާއްޖޭގެ ހާލަތު އެންމެ ގޯސްވެފައިވާކަމަށް ބުނެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ޖެހީ އިންޒާރުގެ ވަރުގަދަ ރަނގަޅަބީލެވެ. އެ ބަލީގައި ހާލު ދެރަވާ މީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށްފައިވާ އެނދުތައް ފުރެމުންދާ ކަމަށް ބުނެ، މިދިޔަ ހުކުރު ދުވަހުން ފެށިގެން ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވެ އެވެ.
އެ ފިޔަވަޅުތަކުގެ ތެރޭގައި، ހަލުއިކަމާ އެކު ކޮވިޑު ފެތުރެމުންދާ މާލެ ސަރަހައްދުގައި ހަވީރު 6:00 އިން ހެނދުނު 6:00 އަށް ވެހިކަލް ދުއްވުން މަނާކުރުން ހިމެނެ އެވެ. އެކަމަކު ބޭރުގައި އުޅުން މަނާވާނީ ރޭގަނޑު 11:00 އިން ފަތިހު 4:30 އަށެވެ. އޭގެ އިތުރުން އެއްފަހަރާ 10 މީހުންނަށް ވުރެ ގިނައިން ބޭރަށް ނުކުތުން ވެސް މަނާކޮށްފައިވެ އެވެ.
މަނާ ވަގުތުތަކުގައި ވެހިކަލް ދުއްވާ މީހުން ހުއްޓުވަން ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވެ އެވެ. ނަމަވެސް ކަމާބެހޭ އިދާރާތަކުގެ އެންގުންތަކަށް ބޯލަނބާ މަންޒަރެއް މާލޭގެ މަގުތަކާއި ކެފޭ ރެސްޓޯރެންޓުތަކުން ނުފެނެ އެވެ.
ގައިދުރުކަމެއް ނެތި މަގުމަތީގައި އުޅޭ މީހުން މަދެއް ނުވި އެވެ. އެއް ބަޔަކު ގްރޫޕް ހަދާލައިގެން ވިޔަފާރިކުރުމުގަ އެވެ. ދެން ތިބި މީހުންނާ އެކު ކެފޭ ރެސްޓޯރެންޓުތައް އޮތީ ފުރިފަ އެވެ. ސިއްހަތަށް އެތައް ގެއްލުމެއް ލިބޭ ޝީޝާ އާއި ދުންފަތުގެ އިސްތިއުމާލުކުރަނީ އެވެ. އެޗްޕީއޭގެ އިންޒާރުތަކަށް ދިނީ ބީރު ކަންފަތެކެވެ.
ބަލިމަޑުކަމަކުން އަރައިނުގަނެވިގެން އުޅޭކަން ބައެއް މީހުން ހަނދާން ނެތީކަންނޭނގެ އެވެ.
ހަވީރުން ފެށިގެން 12 ގަޑިއިރަށް ވެހިކަލް ދުއްވުން މަނާކުރި އެއް ސަބަބެއް ކަމަށް އެޗްޕީއޭ އިން ބުނީ ރޭގަނޑު ބޭރުގައި އުޅޭ މީހުން މަދުކުރުމަށެވެ. އެޗްޕީއޭ އިން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ވެސް އެންމެ ގިނައިން ކޮވިޑް ޖެހިފައިވަނީ ޒުވާނުންނަށެވެ. އޭގެ ތެރޭގައި، ފިރިހެނުންގެ އަދަދު ވަރަށް ގިނަ އެވެ.
ވެހިކަލް ދުއްވުމުން މަނާ ގަޑީގައި ވެހިކަލް ދުއްވި ބަޔަކު ފުލުހުން ހިފަހައްޓުވައި މައުލޫމާތު ހޯދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ޒުވާނުންގެ ކެޓަގަރީގެ ތެރެއިން 21-30 ދެމެދުގެ 4،491 މީހަކަށް އަދި 31-40 އަހަރާ ދެމެދުގެ 4،520 މީހަކަށް ކޮވިޑް ޖެހިފައި ވެ އެވެ.
ބަލިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދިނުމާ އެކު ކޮވިޑް ޖެހޭ މީހުންގެ އަދަދު ކޮންމެ ދުވަހަކު ވެސް ހުރީ 100 އިން މަތީގަ އެވެ. ފާއިތުވި 24 ގަޑިއިރު ހެދި ޓެސްޓުތަކުން 125 މީހަކު ޕޮޒިޓިވްވެފައި ވެ އެވެ. އެކްޓިވް ކޭސްތައް ވެސް 2،300 އިން މައްޗަށް އަރައިފި އެވެ.
ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުން ދަނީ މާލެ ސަރަހައްދު ފުލް ލޮކްޑައުނަކަށް ނުގޮސް މި ކަމުން އަރައިގަންނާށެވެ. ނަމަވެސް އެކަން މިހާރު އޮތީ އާއްމުންގެ އަތްމަތީގަ އެވެ. އެ ފިޔަވަޅުތަކަށް އަމަލުނުކޮށްފި ނަމަ އަނެއްކާވެސް، މީގެ އަހަރެއްހާ ދުވަސް ކުރިން މާލެ ސަރަހައްދުގައި އެޅި ފަދަ ފިޔަވަޅުތައް އެޅުމުގެ ފުރުސަތު އެބައޮތެވެ.
ރޭގަނޑު 10 އިން ފަތިހު 5 އަށް، ކާފިއު ގަޑި
ކުޑަކުދިންނަށް ބޭރަށް ނުކުމެވޭނީ ޖޫން 10 ގެ ފަހުން
ފަތިސްނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދުކުރެވޭނެ
ބޮޑެތި ލުއިތަކެއް ދޭން ސަރުކާރުން ނިންމައިފި
މާލޭގެ ހަރުކަށި ފިޔަވަޅުތަކުގެ މުއްދަތު އިތުރުކޮށްފި
ލޮކްޑައުންއެއް، ފާސް ނެތި ބޭރުގައި އުޅުން މަނާ!
"މާލެ ސަރަހައްދު ލޮކްޑައުން ކުރަން އަދި ނިންމާފައެއް ނުވޭ"
ލޮކްޑައުނަށް އަހަރެއް: އަދިވެސް ބަންދެއްގައި!
އޮތީ ލެވެލް ނުވައެއްގައި، 10 އަކުން ލޮކްޑައުންއަށް!
ވެހިކަލް މަނާކުރީ އެއްވުންތައް ހުއްޓުވަން: އެޗްޕީއޭ