Roadha Mihaaru
ޕެސްޓުގެ ބަންދަށް 15 ދުވަސް ޖަހައިފި

ޕެސްޓުގެ ބަންދަށް 15 ދުވަސް ޖަހައިފި

14 ފެބުރުއަރީ 2021

ގިނަ އަދަދެއްގެ ޑްރަގާއެކު ހައްޔަރުކުރި ރާއްޖޭގެ މަޝްހޫރު ރެޕް އާޓިސްޓް، ސިމްބޮލިކް ރެކޯޑްސްގެ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) 15 ދުވަހަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން މިއަދު އަންގައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގިނަ އަދަދެއްގެ ޑްރަގާއެކު ހައްޔަރުކުރި ރާއްޖޭގެ މަޝްހޫރު ރެޕް އާޓިސްޓް، ސިމްބޮލިކް ރެކޯޑްސްގެ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) 15 ދުވަހަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން މިއަދު އަންގައިފި އެވެ.

ފުލުހުންނަށް ލިބުނު އިންޓެލިޖެންސް ރިޕޯޓަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އިން ރޭ މާލޭގައި ހިންގި އޮޕަރޭޝަނުން 2.5 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަތެވެ.

އެ މައްސަލައާ ގުޅިގެން ޖުމުލަ ފަސް މީހަކު ހައްޔަރުކޮށްފައި ވެ އެވެ. ޕެސްޓު ހިމެނެނީ އޭގެ ތެރޭގަ އެވެ.

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ފަސް މީހުން ވެސް 15 ދުވަހަށް ބަންދު ކޮށްގެން ތަހުގީގު ކުރިއަށް ގެންދަން އެ ކޯޓުން އެންގި އެވެ.

ޕެސްޓް މަޝްހޫރުކަން ހޯދީ 2011 ވަނަ އަހަރު، އުމުރުން 16 އަހަރުގައި އޭނާ ކިޔާފައިވާ "ރީތި ކުދިން" ލަވަޔާ އެކުގަ އެވެ. އޭގެ ފަހުން އޭނާ ވަނީ މަޝްހޫރުކަން ހޯދި އެތައް ލަވައެއް ކިޔައިފަ އެވެ.