Roadha Mihaaru
100 ކިލޯ ޑްރަގްސް: ކޯޓުން ދޫކޮށްލީ އިސް ދެ މީހުން

100 ކިލޯގެ ޑްރަގްސް: ކޯޓުން ދޫކޮށްލީ އިސް ދެ މީހުން

15 އޮކްޓޯބަރ 2021

މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި ބޮޑު އޮޕަރޭޝަނުގައި މި ފަހުން ހައްޔަރުކުރި 10 މީހުންގެ ތެރެއިން ކްރިމިނަލް ކޯޓުން ދޫކޮށްލީ، އެ އެއްޗެހި ރާއްޖެ ގެނައުމުގައި އެންމެ އިސްކޮށް އުޅުނު ކަމަށް ތުހުމަތުވާ ދެ މީހުން ކަމަށް ފުލުހުން ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި ބޮޑު އޮޕަރޭޝަނުގައި މި ފަހުން ހައްޔަރުކުރި 10 މީހުންގެ ތެރެއިން ކްރިމިނަލް ކޯޓުން ދޫކޮށްލީ، އެ އެއްޗެހި ރާއްޖެ ގެނައުމުގައި އެންމެ އިސްކޮށް އުޅުނު ކަމަށް ތުހުމަތުވާ ދެ މީހުން ކަމަށް ފުލުހުން ބުނެފި އެވެ.

މިދިޔަ ބުދަ ދުވަހު ފުލުހުން ފެށި އޮޕަރޭޝަނެއްގައި 10 ތަނެއް ފާސްކޮށް އަށް ދިވެހިންނާއި ދެ ބިދޭސީއަކު ހައްޔަރުކުރި އެވެ. އެއީ 19 އަހަރާއި 24 އަހަރުގެ ދެ މީހުންނާއި 25 އަހަރާއި 26 އަހަރާއި 27 އަހަރާއި 30 އަހަރާއި 34 އަހަރާއި 35 އަހަރު އަދި 61 އަހަރުގެ މީހެކެވެ. އެ އެންމެންނަކީ ވެސް ފިރިހެނުންނެވެ. ނަމަވެސް ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ ދެ މީހަކު ދޫކޮށްލައި، އަށް މީހުންގެ ބަންދުގެ މުއްދަތު ޖަހައިފަ އެވެ.

ބަންދުން ދޫކޮށްލި މީހުން ދޫކޮށްލާފައި ވަނީ ހައްޔަރުކުރަން ނެރުނު އަމުރުގެ ސަބަބުތަކެއް ދައްކާފައިކަން ވަނީ އެނގިފަ އެވެ.

ބާކީ ތިބި ހަތަރު މީހެއްގެ ބަންދަށް 15 ދުވަސް، ތިން މީހެއްގެ ބަންދަށް 10 ދުވަސް އަދި އެކަކަށް ފަސް ދުވަހުގެ މުއްދަތު ދީފައިވެ އެވެ.

އެ އޮޕަރޭޝަނުގައި މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކާއި ބައެއް ފަޅުރަށްތައް ބަލައި ފާސްކޮށްފައިވެ އެވެ. އެގޮތުން، 100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަތީ ފަޅުރަށެއްގައި ފޮރުވާފައި ހުއްޓަ އެވެ. ފުލުހުން ބުނީ އެ މައްސަލައިގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ދޫކޮށްލުމުން އެކަން އިސްތިއުނާފުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.