09 ނޮވެމްބަރ 2016
ގުދުސް (ނޮވެމްބަރު 9) - ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް މަސައްކަތް ކޮށްދެއްވުމަށް އެމެރިކާގެ ރައީސް ކަމަށް ހޮވިވަޑައިގެންނެވި ޑޮނަލްޑް ޓްރަމްޕުގެ ކިބައިން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އެދިވަޑައިގެންފި އެވެ.
ގުދުސް (ނޮވެމްބަރު 9) - ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް މަސައްކަތް ކޮށްދެއްވުމަށް އެމެރިކާގެ ރައީސް ކަމަށް ހޮވިވަޑައިގެންނެވި ޑޮނަލްޑް ޓްރަމްޕުގެ ކިބައިން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އެދިވަޑައިގެންފި އެވެ.
"ފަލަސްތީނުގެ މައްސަލަ އަށް ދެ ދައުލަތް އެކުލެވޭ ހައްލެއް ހޯދުމަށް އެމެރިކާގެ އާ ރައީސްއާ އެކު މަސައްކަތް ކުރުމަށް ފަލަސްތީން ތައްޔާރަށް އޮތްކަން ހާމަކުރަން،" ރައީސް އައްބާސްގެ އޮފީހުގެ ތަރުޖަމާން ނަބީ އަބޫ ރުދައިނާ އޭއެފްޕީ އަށް ވިދާޅުވި އެވެ.
ފަލަސްތީނުގެ ޒައާމަތު ވެސް ވަނީ ހުޅަނގު އައްސޭރީގައި ހިންގާ އައްބާސްގެ ފަތަހަ ޖަމާއަތާއި ގާޒާގައި ބާރު އޮންނަ ހަމާސް ޖަމާއަތާ ދެމެދު ބައިބައިވެފަ އެވެ.
ޓްރަމްޕުގެ ކާމިޔާބީއާ ގުޅިގެން ހަމާސް އިން ބުނެފައި ވަނީ ޓްރަމްޕް ވެރިކަމަށް ހޮވުނު ނަމަވެސް ފަލަސްތީނާ މެދު އެމެރިކާ އިން ގެންގުޅޭ ވަކި ކޮޅަކަށް ޖެހިފައިވާ ސިޔާސަތަށް ބަދަލެއް އަންނާނެ ކަމަށް އުއްމީދު ނުކުރާ ކަމަށެވެ.
"އެމެރިކާގެ ވެރިކަން ބަދަލުވި ނަމަވެސް ފަލަސްތީނާ މެދު އެމެރިކާ އިން ގެންގުޅޭ ވަކި އަތަކަށް ޖެހިފައިވާ ސިޔާސަތު ބަދަލުވެދާނެ ކަމަށް ފަލަސްތީނު މީހުން ގަބޫލެއް ނުކުރާނެ،" ހަމާސްގެ ތަރުޖަމާން ސާމީ އަބޫ ޒުހުރީ އޭއެފްޕީ އަށް ވިދާޅުވި އެވެ.
ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމަށް ފަހު ފަލަސްތީނާ މެދު ކަންތައްކުރާނެ ގޮތެއް އަދި ނޭނގެ އެވެ. ނަމަވެސް ކެމްޕޭނުގެ ތެރޭގައި ޓްރަމްޕް ވަނީ އެމެރިކާ އެމްބަސީ ތެލް އަވީވުން ގުދުސް އަށް ބަދަލުކޮށް އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް ބަލައިގަންނާނެ ކަމަށެވެ.
އިޒްރޭލުގެ އެޑިއުކޭޝަން މިނިސްޓަރު ވަނީ ޓްރަމްޕް ހޮވިވަޑައިގަތުމާ އެކު ފަލަސްތީނުން މިނިވަން ދައުލަތެއް އުފެއްދުމަށް ކުރާ މަސައްކަތް ނިމުމަކަށް އައީ ކަމަށް ވިދާޅުވި އެވެ.
ޓްރަމްޕާ އެކު ސުލްހަޔަށް މަސައްކަތްކުރާނަން: އައްބާސް
އެހީ ކަނޑާލައިގެން ޓްރަމްޕަށް ފަލަސްތީނަށް ބިރެއް ނުދެއްކޭނެ
ގުދުސް އަކީ ވިއްކާ ބިމެއް ނޫން: އައްބާސް
ސީސީ އާއި އައްބާސް މިއަދު ބައްދަލުކުރައްވަނީ
ސުލްހަ އަށް ހުރިހާ ކަމެއްވެސް ކޮށްދޭނަން: ޓްރަމްޕް
ފަލަސްތީނުގެ ރައީސްއާ ޓްރަމްޕް ބައްދަލު ކުރައްވަނީ
ފަލަސްތީނުގެ ރައީސް ވައިޓް ހައުސް އަށް
"އެމެރިކާ އެމްބަސީ ގުދުސަށް ބަދަލުކުރުމަކީ ގޯހެއް"
ޓްރްމްޕުގެ ކާމިޔާބީއާ އެކު ފަލަސްތީނުގެ ކަންތައް ނިމުނީ
ޔަހޫދީންނަށް ގެދޮރު އަޅައިދިނުން ހުއްދަ :ޓްރަމްޕް