16 ފެބުރުއަރީ 2021
ލަންޑަން (ފެބްރުއަރީ 16) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑް އަތުން 2-0 އިން މޮޅުވެ ޗެލްސީ ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.
ލަންޑަން (ފެބްރުއަރީ 16) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑް އަތުން 2-0 އިން މޮޅުވެ ޗެލްސީ ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.
ރޭ އެންމެ ފުރަތަމަ ލީގުގެ ހަތަރު ވަނަ އަށް އެރީ ޝެފީލްޑް ޔުނައިޓެޑް އަތުން 2-0 އިން މޮޅުވި ވެސްޓް ހޭމް ޔުނައިޓެޑް އެވެ. ޗެލްސީ މޮޅުވުމުން ވެސްޓް ހޭމް ފަސް ވަނަ އަށް ވެއްޓުނީ އެވެ. މި ހަފްތާގެ މެޗުތައް ފެށިއިރު ހަތަރެއްގައި އޮތް ލިވަޕޫލް މިހާރު އޮތީ ހަ ވަނައިގަ އެވެ.
އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 23 މެޗުން 53 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި ތިން ވަނައިގައި އޮތް ލެސްޓާ ސިޓީ އަށް ވަނީ 24 މެޗުން 46 ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް ޗެލްސީ އާއި ފަސް ވަނައިގައި އޮތް ވެސްޓް ހޭމް އަށް 24 މެޗުން ވަނީ 42 ޕޮއިންޓް ލިބިފަ އެވެ. ހަ ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އޮތީ 24 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވެ.
ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ ގަދަ ހަތަރަކަށް ވަންނަން ފުރުސަތު ލިބުމާ އެކު އެ ޓާގެޓަށް މަސައްކަތްކުރި ކަމަށާއި އެކަން ހާސިލްވުމަކީ ކުރިއަށް އެޅުނު ފިޔަވަޅެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
"އަހަރެން ހަވާލުވިއިރު ވަރަށް ބޮޑު ގެޕެއް (ފަރަގެއް) އޮތް ގަދަ ހަތަރަކާ ދެމެދު. އެކަމަށް ވިސްނުމެއް ނެތި ކުޅުންތެރިން ކުރި މަސައްކަތުން މިހާރު މި ތިބީ ބޭނުންވާ ހިސާބުގައި. މި ޓީމަށް އަަދިވެސް ކުރިއަށްދެވޭނެ. އެކަމަކު ރަނގަޅުކުރަން ޖެހޭ ކަންތައްތައް ވެސް އެބަހުރި،" ޓުޗެލް ބުންޏެވެ.
ޗެލްސީ އަށް ރޭގެ މެޗުގައި ލީޑުނަގައިދިނީ 31 ވަނަ މިނިޓްގައި އޮލިވިއޭ ޖިރޫޑް އެވެ. ޖިރޫޑް ފުރަތަމަ ހާފުގައި ކުޅެން އެރީ ޗެލްސީގެ ޓެމީ އަބްރަހަމް އަށް އަނިޔާވުމުން އޭނާގެ ބަދަލުގަ އެވެ. އޭގެ އަށް މިނިޓް ފަހުން ޗެލްސީގެ ދެ ވަނަ ގޯލު ޖެހީ ޓިމޯ ވާނާ އެވެ. މިއީ އެންމެ ފަހުން ޗެލްސީން ލީގުގައި ކުޅުނު 14 މެޗަށް ފަހު ވާނާ ޖެހި ފުރަތަމަ ގޯލެވެ. ރޭގެ ކުރިން ލީގުގައި ވާނާ އެންމެ ފަހުން ގޯލެއް ޖެހީ މިދިޔަ ނޮވެމްބަރު މަހުގަ އެވެ. އެއީ ލީގުގެ ފުލުގައި އޮތް ޝެފީލްޑާ ދެކޮޅަށެވެ.
ރޭގެ މެޗުގައި ޗެލްސީން ފުރަތަމަ އެގާރައިގައި ބޭނުންކުރީ އެ ޓީމުގެ ކުރީގެ އެއް ވަނަ ގޯލްކީިޕަރު ކެޕާ އަރިއްޒަބަލާގާ އެވެ. މިއީ ޓުޗެލް ހަވާލުވި ފަހުން ލީގުގެ މެޗެއްގައި ދުނިޔޭގެ އެންމެ އަގުބޮޑު ގޯލްކީޕަރުގެ ގޮތުގައި ޗެލްސީ އަށް ބަދަލުވި ކެޕާ ފެށި ފުރަތަމަ ފަަހަރެވެ.
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
ފުރަތަމަ ފުރުސަތުގައި މުޑްރިކް ދެއްކީ އުންމީދީ ކުޅުމެއް
ގޯސް ނިންމުންތަކެއް ނިންމުނުކަން ރެފްރީން އެއްބަސްވެއްޖެ
ޗެލްސީއަށް ހަމަނޭވާއެއް ދެންފެށި ޔޫރަޕު ޖާގައިގެ ވާހަކަ
ސިޓީން ދައްކާލީ ޑިބްރޭނާ އެނބުރި އަތުވެއްޖެކަން
ސިޓީއަށް ފުރަތަމަ ބަލި، ލިވަޕޫލަށް ދޯކާ ދިނީ ވީއޭއާރު
ޗެލްސީ ގޯހުން ގޯހަށް، އާސެނަލް ހުއްޓުވީ ސޮން
އަގުބޮޑު ޓްރާންސްފާތަކާއެކު ވެސް ޗެލްސީ އަދި މޮޅެއްނުވޭ
ޔުނައިޓެޑް ޗެމްޕިއަންސް ލީގުން ޖާގަ ޔަގީންކުރުމާ ގާތަށް
ނިއުކާސަލް އާއި ޗެލްސީ އަދި ޓޮޓެންހަމް ބަލިވެއްޖެ