Roadha Mihaaru
ގޯސް ނިންމުންތަކެއް ނިންމުނުކަން ރެފްރީން އެއްބަސްވެއްޖެ

ވީއޭއާރުން ގޯސް ނިންމުންތަކެއް ނިންމުނުކަން ރެފްރީން އެއްބަސްވެއްޖެ

05 ސެޕްޓެމްބަރ 2022

ލަންޑަން (ސެޕްޓެމްބަރު 5) - ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ޓެކްނޮލޮޖީ މެދުވެރިކޮށް ގޯސް ނިންމުންތަކެއް ނިންމުނުކަން އިނގިރޭސި ފުޓްބޯޅައިގެ ރެފްރީންގެ ބޮޑިން އެއްބަސްވެއްޖެ އެވެ.

ލަންޑަން (ސެޕްޓެމްބަރު 5) - ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ޓެކްނޮލޮޖީ މެދުވެރިކޮށް ގޯސް ނިންމުންތަކެއް ނިންމުނުކަން އިނގިރޭސި ފުޓްބޯޅައިގެ ރެފްރީންގެ ބޮޑިން އެއްބަސްވެއްޖެ އެވެ.

އެގޮތުން ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ނިއުކާސަލް ޖެހި ގޯލާއި ޗެލްސީ ކޮޅަށް ވެސްޓްހޭމް ޖެހި ގޯލް ބަލައި ނުގަންނަން ނިންމި ނިންމުމަކީ ގޯސް ނިންމުމެއް ކަމަށް ވަނީ އެއްބަސްވެފަ އެވެ.

އެ ދެ މެޗުގައި ވެސް ދަނޑުގައި ހުރި ރެފްރީ ވަނީ ނިއުކާސަލް އާއި ވެސްޓް ހޭމުން ޖެހި ގޯލް ތަކަކީ ސައްހަ ގޯލްތަކެއް ކަމަށް ފުރަތަމަ ކަނޑައަޅައިފަ އެވެ. ނަމަވެސް އެ ދެ ގޯލް ވެސް ބަލައިގަނެފައި ނުވަނީ ވީއޭއާރުން ބެލުމަށް ފަހު އެވެ.

އެ ނިންމުންތަކާ މެދު ކޯޗުން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. ފާޑު ކިޔާ ފަރާތްތަކުން ބުނެފައި ވަނީ ވީއޭއާރް ބަލަނީ ކަންކަން އިތުރަށް ރަނގަޅު ކުރުމަށް ކަމަށެވެ. ނަމަވެސް މިހާރު ވީއޭއާރުން އިތުރު ގޯސްތައް ހެދެމުންދާ ކަމަށް ފާޑު ކިޔާ ފަރާތްކުން ބުނެފައި ވެއެވެ.

ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސްޓްހޭމްގެ މެކްސްވެލް، އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނުމަށް މެޗުގެ 90 ވަނަ މިނެޓްގަައި ޖެހި ލަނޑު ބަލައި ނުގަތީ ވީއޭއާރުންނެވެ. ވީއޭއާރް އޮފިޝަލް ލަފާ ދިނީ ހަމަލާ އުފެއްދުމަށް ވެސްޓްހޭމުން ކުރި މަސައްކަތުގައި ޗެލްސީގެ ކީޕަރު އެޑްއާޑް މެންޑީ އަށް ވެސްޓްހޭމްގެ ކުޅުންތެރިން ފައުލު ކޮށްފައިވާ ކަމަށެވެ.

ޕެލަސް އާއި ނިއުކާސަލް މެޗުގައި، ޕެލަސްގެ ޓައިރިކް މިޗެލް އަތުން ބައިކޮޅަށް ވަން ލަނޑު، ވީއޭއާރުން ގަބޫލެއް ނުކުރި އެވެ.

ރެފްރިސް ބޮޑީން ވަނީ އެ ދެ ގޯލް ކަންކަމުގައި ދެން ކުރިއަށް ދެވޭނެ ގޮތަކާ މެދު ޕްރިމިއާ ލީގަށް އެއްބާރުލުން ދޭނެ ކަމަށް ބުނެފަ އެވެ.