16 ފެބުރުއަރީ 2021
ވެރިކަމުގެ ދެ ވަނަ ދައުރަކަށް ކުރިމަތިލެއްވުމާ މެދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގޮތެއް ނުނިންމަވާ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވާ ކަމަށާއި ޓީވީ ޕްރޮގްރާމެއްގައި މިއަދު އޭނާ ދެއްކެވީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށާއި ގައުމުގެ ހަމަޖެހުމަށްޓަކައި ވެރިކަމުގެ ދެ ދައުރު އެއް ބަޔަކަށް ލިބެންޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވާ ވާހަކަ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.
ވެރިކަމުގެ ދެ ވަނަ ދައުރަކަށް ކުރިމަތިލެއްވުމާ މެދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގޮތެއް ނުނިންމަވާ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވާ ކަމަށާއި ޓީވީ ޕްރޮގްރާމެއްގައި މިއަދު އޭނާ ދެއްކެވީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށާއި ގައުމުގެ ހަމަޖެހުމަށްޓަކައި ވެރިކަމުގެ ދެ ދައުރު އެއް ބަޔަކަށް ލިބެންޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވާ ވާހަކަ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.
ވެރިކަމަށް ވަޑައިގަންނަވާ ރައީސަކަށް ދެ ދައުރު ލިބެން ޖެހޭ ކަމަށް ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި މަބްރޫކް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިޝާރާތްކުރައްވައި ކަމަށް ވާހަކަ ދައްކާތީ އޭނާ ވަނީ ޓުވީޓަކުން އެ ވާހަކަ ތަފްސީލްކޮށްދެއްވައިފަ އެވެ.
Just for clarification: Today on RTV, I discussed the importance of giving political parties the opportunity to realize their vision for the country by allowing them to serve the people for more than one term. https://t.co/2TQFArLOZk pic.twitter.com/H4pYFRXX55
— Mabrook Azeez (@MvSpokesperson) February 16, 2021
މަބްރޫކްގެ ޓުވީޓް
މަބްރޫކް ވިދާޅުވީ ވެރިކަމުގެ ދެ ދައުރު އެއްބަޔަކަށް ލިބުން މުހިއްމުކަމަށް އޭނާ ދެކެވަޑައިގަންނަވާ ކަމަށެވެ. ޕްރެޒެންޓަރުގެ ސުވާލަކާ ގުޅިގެން އޭނާ ދެއްވި ޖަވާބުގައި ވެސް ވިދާޅުވީ ރާއްޖޭގައި އެ ސަގާފަތް އަށަގަންނަން މުހިއްމު ކަމަށް ދެކެވަޑައިގަންނަވާ ވާހަކަ ކަމަށެވެ. ތަރައްގީގެ މަޝްރޫއުތައް ފަށައި ވަކި ހިސާބަކުން ދައުރު ނިންމަން ޖެހުމުގެ ބަދަލުގައި ގައުމުގެ ހަމަޖެހުމާއި ރައްޔިތުންގެ ކުރިއެރުމަށް ސިޔާސަތުތުތައް ހިންގެން އޮތް ގޮތަކީ ދެ ދައުރެއް ފުރިހަމަކުރުމުގެ ޖާގަ ލިބުން ކަމަށް ވިދާޅުވި އެވެ.
"ވެރިކަމުގެ ދެ ވަނަ ދައުރެއްގެ ސުވާލު ރައީސްއާ ކުރެވުމުން އެމަނިކުފާނު އޮތީ ޖަވާބު ދެއްވާފައި. އެކަމާ މެދު ގޮތެއް ނުނިންމަވާ ކަމަށް. އަޅުގަނޑު [ޕްރޮގްރާމްގައި] ދެންނެވީ ގައުމު ސްޓޭބަލްކޮށް ކުރިއަށް ގެންދަން އެއް ޕާޓީއަކަށް ދެ ދައުރު ލިބުން މުހިއްމު ކަމަށް ދެކޭ ކަން،" މަބްރޫކް "މިހާރު"އަށް ވިދާޅުވި އެވެ.
މަބްރޫކް އެ ޕްރޮގްރާމްގައި ވިދާޅުވީ ރައީސް ކުރިމަތިލައްވާ ނަމަ ކެމްޕޭންގައި އުޅުއްވާނެ ކަމަށެވެ. ދެ ވަނަ ދައުރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރިމަތިލައްވަފާނެތޯ އަމިއްލަ ހައިސިއްޔަތުން ޖަވާބު ދެއްވަން ޕްރެޒެންޓަރު އެދިވަޑައިގަތުމުން މަބްރޫކް ވިދާޅުވީ "ރައީސް އަދި ވަކި ގޮތެއް ނުނިންމަވާ" ކަމަށެވެ.
"ހަމަގައިމުވެސް އެމްޑީޕީގެ ކެންޑިޑޭޓެއް ނުކުންނަވާނެތާ ދެއްތޯ؟ އޭރުން ގާތްގަނޑަކަށް ދެ ދައުރު، މި ބުނާ ވިސްނުންތާ އެއް ކަމެއްގެ ތެރެއިން ކުރިއަށް ދަނީ،" މަބްރޫކް ވިދާޅުވި އެވެ.
ދެ ވަނަ ދައުރަކަށް ކުރިމަތިލެއްވުމާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނީ ވެރިކަމުގެ ކުރީކޮޅު ދެ ވަނަ ދައުރަށް ވިސްނުމަކީ ހުދުމުހުތާރު ސިފައެއް ކަމަށެވެ. އެމަނިކުފާނުގެ އިސްކަންދެއްވަނީ ވައުދުތައް ފުއްދަވައި ގައުމުގެ ކުރިއެރުމަށް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
ރިޔާސީ އިންތިޚާބު ދެން އޮންނާނީ 2023 ގަ އެވެ. އެމްޑީޕީން ރިޔާސީ ކެންޑިޑޭޓު ހޮވަނީ އެ ޕާޓީގެ ޕްރައިމަރީގަ އެވެ.
ރިޕޯޓް ނުލިބުނަސް ދިރާސާ ފަށައިފިން: ސަރުކާރު
ޔާމީންގެ މައްސަލައިގައި އިދިކޮޅުން ރައީސްގެ އަރިހަށް
މެމްބަރު ވަހީދުގެ ދަރިފުޅު ރައީސް އޮފީހުން ވަކިކޮށްފި
މާދަމާ ސަރުކާރު ބަންދު!
ސިޔާސީ މަގާމުތައް މަދުކުރަން ފަށައިފި
މަޝްރޫއުތަކަށް އެއް ބިލިއަން ހަރަދުކޮށްފިން: ސަރުކާރު
ރޯދަ މަހުގެ ފަހު 10 ގައި ސަރުކާރު ބަންދުކޮށްފި
2023: ރޫޅުމާއި ވެއްޓުމާއި އާދަޔާ ޚިލާފު ކާމިޔާބީ!
އިދިކޮޅުގައި ތިބެ ގޯސް، ސަރުކާރުގައި ކުރަނީ ދިފާއު!
"އިމުގެ މައްސަލަ ސިޔާސީ ނުކޮށް، އިސްތިއުނާފް ކުރޭ"