Roadha Mihaaru
ހުރިހާ ރަށެއްގައި ވެސް ހުކުރު ހުތުބާ ކުރުކޮށްލަނީ

ހުރިހާ ރަށެއްގައި ވެސް ހުކުރު ހުތުބާ ކުރު ކުރަން ނިންމައިފި

16 ފެބުރުއަރީ 2021

ކޮވިޑް-19އާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ގިނަ މީހުން އެއްތަނެއްގައި ތިބޭ ވަގުތު މަދުކުރުމުގެ ބޭނުމުގައި، ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ހުކުރު ހުތުބާ ކުރުކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކޮވިޑް-19އާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ގިނަ މީހުން އެއްތަނެއްގައި ތިބޭ ވަގުތު މަދުކުރުމުގެ ބޭނުމުގައި، ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ހުކުރު ހުތުބާ ކުރުކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީން ބުނީ، އަންނަ ހުކުރު ދުވަހުން ފެށިގެން، ރާއްޖޭގައި ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ވެސް ކިޔާ ހުތުބާ، ކުރިއަށް ވުރެ ކުރުވާނެ ކަމަށެވެ.

ކޮވިޑް-19 މާލޭގައި އެންމެ ގަދައަށް ފެތުރެން ފެށިއިރު، މާލޭގެ މިސްކިތުގައި ހުކުރު ހުތުބާ ވަނީ ކުރުކޮށްފަ އެވެ. އެކަމަކު ރަށްރަށަށް މި ބަދަލު ގެނައީ، މާލޭގެ އިތުރުން އެހެން ބޮޑެތި ރަށްރަށުގައި ވެސް ކޮވިޑް ފެތުރެން ފެށުމާއެކު އެވެ.

މާލެ ތެރެއިން އެންމެ ފުރަތަމަ ކޮވިޑް ފެނުނު ދުވަސްވަރު، މާލޭގެ މިސްކިތްތަކުގައި ހުކުރު ކުރުން ހުއްޓާލި އެވެ. އެއީ ރާއްޖޭގެ އިސްލާމީ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް މާލެ އާއި މާލެ ސަރަހައްދުގައި ހުކުރު ނުކޮށް ދޫކޮށްލި ފުރަތަމަ ފަހަރެވެ. ހުކުރު ކުރަން ފެށީ އޭގެ ތިން މަސް ފަހުންނެވެ.

ކޮވިޑްގެ ތިން ވަނަ ރާޅު މިހާރު ބިންދާލާފައިވާއިރު، މާލޭ ސަރަހައްދުން ވެސް ކޮންމެ ދުވަހަކު ޕޮޒިޓިވްްވާ މީހުންގެ އަަދަދު 100އަށް ވުރެ ގިނަ އެވެ. އެއާއެކު ރޭގަނޑުގެ ބައެއް ވަގުތުތަކުގައި ވެހިކަލް ދުއްވުން މަނާކޮށް، ހަރުކަށި ގިނަ ފިޔަވަޅުތަކެެއް ވަނީ އަޅައިފަ އެވެ.