Roadha Mihaaru
މޭގަންގެ ސްޓެޗޫ ވެސް ބަނޑުބޮޑުކޮށް

މޭގަންގެ ސްޓެޗޫ ވެސް ބަނޑުބޮޑުކޮށް

18 ފެބުރުއަރީ 2021

ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކަލް ދެވަނަ ދަރިއަކަށް އާލާސްކަންފުޅާ އިންނެވިކަން އާދިއްތަ ދުވަހު އިއުލާންކުރެއްވުމާ ގުޅިގެން، އޮސްޓްރޭލިއާގެ ސިޑްނީގައި ހުންނަ މެޑަމް ޓްސޯޑްސް މިއުޒިއަމްގައި ބަހައްޓާފައި ހުރި މޭގަންގެ ސްޓެޗޫ ވެސް ބަނޑުބޮޑުކޮށް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކަލް ދެވަނަ ދަރިއަކަށް އާލާސްކަންފުޅާ އިންނެވިކަން އާދިއްތަ ދުވަހު އިއުލާންކުރެއްވުމާ ގުޅިގެން، އޮސްޓްރޭލިއާގެ ސިޑްނީގައި ހުންނަ މެޑަމް ޓްސޯޑްސް މިއުޒިއަމްގައި ބަހައްޓާފައި ހުރި މޭގަންގެ ސްޓެޗޫ ވެސް ބަނޑުބޮޑުކޮށް ދައްކާލައިފި އެވެ.

އޭގެ ފޮޓޯތަކެއް އެތަނުން ވަނީ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފަ އެވެ. "މޭގަން" ގެ ގާތުގައި ކެންގަރޫއެއް އަށް މަޑުކޮށްލައިގެން ހުންނަ ފޮޓޯތަކުގެ ކެޕްޝަނުގައި ބުނީ މިއީ މޭގަން ދެވަނަ ދަރިފުޅަށް އާލާސްކަންފުޅާ އިންނެވުން ފާހަގަކުރަން ވެކްސް ސްޓެޗޫ އަށް ގެނައި ބަދަލެއް ކަމަށެވެ.

"އަދި އާޗީ ބޭބެއަކަށްވާން އުޅޭތީ އެކަމަށް ވެސް މަރުހަބާ ކިޔަން،" މެޑަމް ޓްސޯޑްސް ސިޑްނީން ބުންޏެވެ.

މޭގަން އާއި ހެރީގެ ފުރަތަމަ ދަރިކަލުން އާޗީ ހެރިސަން މައުންޓްބެޓަން ވިންޑްސާޒް އަށް އަންނަ މެއި މަހުގެ 6 ގައި ދެ އަހަރު ފުރޭނެ އެވެ. މޭގަން އަލުން އާލާސްކަންފުޅާ އިންނެވިކަން އިއުލާނުކުރެއްވީ މިދިޔަ އަހަރު ދެވަނަ ދަރިފުޅަށް ބަލިވެއިނދެ ބައިގެންގޮސްފައި ވަނިކޮށެވެ.

ހެރީ އާއި މޭގަން ޝާހީ ޒިންމާތަކާއި އިނގިރޭސިވިލާތް ވެސް ދޫކޮށްލައްވައި މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ މޭގަން ނިސްބަތްވެވަޑައިގަންނަވާ އެމެރިކާގެ ލޮސް އެންޖެލިސްގަ އެވެ.

ދެ ބޭފުޅުން ޝާހީ ޒިންމާތައް ދޫކޮށްލައްވަން ނިންމެވުމާ ގުޅިގެން ލަންޑަންގެ މެޑަމް ޓްސޯޑްސް އިން އެތަނުގައި ބަހައްޓާފައި ހުންނަ ޝާހީ އާއިލާގެ މެމްބަރުންގެ ސްޓެޗޫތަކާ ހެރީ އާއި މޭގަންގެ ސްޓެޗޫ މިދިޔަ އަހަރު ވަކިކޮށްފައިވެ އެވެ.